އަދުގެ ޚާއްސަ

Print

رمضان كريم

ޝާޢިއުކުރީ ހަސަން ޝާކިރު މުޙައްމަދު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ޙަސަން ޝާކިރު މުޙައްމަދު

ރޯދި  ބަރަކާތާ    ނަސީބާއެކުއައީ  رمضان كريم
                ހޯދިދާ ނިޢުމަތުގެ ދޮރު  ހުޅުވައިލަދޭ  رمضان كريم

އަޅުކަމާ ތަޤްވާގެ  މަގުގައި  ކުރިއަރައި ދިޔުމަށްޓަކައި
                އަޅުތަކުންނަށް ލާބަހުރި ގޮތުގައި  އައީ رمضان كريم

ބިރުތަކާ ނާމާންކަމުގެ ބިޔަ ނަރަކައިން  މިންޖަށްއަދައި
                ނިރު ސަވާބުގެ އިންދުމަށް މިއައީއަލުން رمضان كريم

ހޭދަކޮށް ޞަދަޤާތްކުރުން ގިނަކޮށް ރަނގަޅު މަގުގައިއަލުން
                             ރޭދުވާ ތަކުރާރު ކުރުމަށް  އަދު އައީ  رمضان كريم

މާތްވި ޤުރްއާން ކިޔެވުމާއެކު  އިޢުތިކާފަށް  އިނުމުގައި
                             ގާތްވެ ހެޔޮހާ ޢަމަލުކުރުމަށް ބާރުދޭ   رمضان كريم

ލޯބިވެތިކަމުގައި  އެކަކު އަނެކާގެ  މައްޗަށް  ހެޔޮއަދައި
                             ހެޔޮ ހިތުން  "الله أكرم"  ދަންނަވާ رمضان كريم
                      * * * * * * * * * * * *
                              (ނިމުނީ)
މި ޅެން
  ފޮނުއްވުން:   އަލްފާޟިލް ޙަސަންޝާކިރު މުޙައްމަދު (ފަންވަތުގެ އެޑިޓޯރިއަލްބޯޑުގެ މެންބަރު އަދި އިދާރީ ލިޔުންތެރިއެއް)
  އަލުންބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
  ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


އިދާރާ

ވާހަކަ