Print

ވިސްނަވައިލެއްވީމުތޯ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު, މާޒީ، ލ. މާވަށް

ވިސްނަވައިލެއްވީމުތޯ  ވަގުތާ  މެދަށް  ފާއިތު  މިވާ....؟
                އިސްވެ ދިޔަ މާޒީ އަލުން  އަންނާނެތޯއޭ؟ . . ރޭދުވާ

ކޮންމެ ދުވަހަކު އިރުއަރައި، މެންދުރުވެ، ދެން އިރު އޮއްސިގެން
                ކޮންމެ މަހަކާ  އަހަރަކާ  އަބަދާ އަބަދު  ފާއިތު މިވާ

އިއްޔެ ކުޑަކުޑަކުއްޖަކަށް ހުރެފައި  މިއަދު  ބޮޑު މީހަކަށް-
             ވިއްޔެ، މާދަން  ވާނެނީ  މުސްކުޅިޔަކަށް.... ބާރެއް ނުވާ

ކޮންމެ ނަފުސެއް ދުނިޔެއަށް އައިސްފައި ވަނީ ވަކި އަޖަލަކަށް
                        އެންމެ "ޚަލްޤެއް"  ވެސް  "މިތާ" ދިރި ނޫޅެޔޭ އަޖަލެއް ނުވާ

ވިސްނިޔަސް އަދި ގިސްލިޔަސް ރޮއިފާ ކަރުނަ އޮހޮރައިލިޔަސް
                        އިސްވެ ދިޔަ   ވަގުތެއް  އަލުން   އަންނާނެހޭ   މާޒީ މިވާ؟

މި ބުނެދިންހާ ސަބަބުތައް  ހުރުމުންނެ  ވަގުތުގެ  އަގުބޮޑީ
                        ފިޠުރަތީ   މަތިވެރި  އުޞޫލޭ   ކަށަވަރުން    މީ  ހިންގަވާ

އަދުކުރަންޖެހިފައިމެވާ ޢަމަލެއް ނުކޮށް މާދަންކުރަން-
                       މަޑުކުރާ  ނަމަ،    ގެއްލިދާ   ވަގުތޭ    އެއީ    ބޭކާރުވާ

އަގުވަޒަންކުރެވެންޖެހޭނޭ  އެންމެނަށް  ހަމަ  އެއްވަރަށް
                       އަގު އެޔަށްވުރެ  ބޮޑު  އެހެން އެއްޗެއް  ނުވާކަން   ވިސްނަވާ

ވަގުތަކީ ވާ  ހާދަ  އަގުހުރި  އެއްޗެކޭ  ފާއިތު  މިވާ
                       އަގު ވަޒަންކުރުމާ  އެކީ،   ގަޑިޔަށް    ސަމާލުވެ   ލައްވަވާ!
                          --------
                          (ނިމުނީ)
މި ޅެން:
       ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިޔެއް)
       އަލުން ބެލުން: ޙަސަން ޝާކިރު މުޙައްމަދު (ފަންވަތުގެ އެޑިޓޯރިއަލްބޯޑުގެ މެންބަރެއް)
       ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އެޑިޓޯރިއަލްބޯޑުގެ މެންބަރެއް)


ހަމަމިގަލަމުން

އިދާރާ

ވާހަކަ