އަދުގެ ޚާއްސަ

Print

ދުނިޔޭގެ އެންމެ މަޤުބޫލު ސޯޝަލް ނެޓްވޯރކްތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

މިހާރު ގިނަބަޔަކު އިންޓަރނެޓް ބޭނުންކުރުމުގައި ދެވިހިފާފައިވަނީ ސޯޝަލް ނެޓްވޯރކުތަކަށެވެ. މިގޮތުން ބަލާއިރު، ފޭސްބުކް އާއި މައިސްޕޭސް އަކީ، ދުނިޔޭގެ ފެންވަރުގައި އެންމެ ގިނަ ބަޔެއްގެ މެދުގައި މަޤްބޫލުކަން ހޯދައިފައިވާ ދެ ސޯޝަލް ނެޓްވޯރކެވެ.



އަޅުގަނޑުމެން ދިވެހިންގެ ގިނަ ބަޔަކު ބޭނުންކުރަމުންދަނީ ފޭސްބުކްކަމަށްވެފައި، މަދުބަޔަކު މައިސްޕޭސް ބޭނުންކުރަމުންދާއިރު، ދެ ނެޓްވޯރކުގެ އިތުރުން، ދުނިޔޭގެ އާބާދީބޮޑު އެކި ހިސާބުތަކުގައި ތަފާތު އެކި ނެޓްވޯރކުތައް މީހުން ބޭނުންކުރަމުންދެއެވެ. މިލިޔުމުގައި މި ބަލާލަނީ އެފަދަ 5 ނެޓްވޯރކަކަށެވެ.



xiaonei އަކީ، ޗައިނާގައި ވަރަށް މަޤްބޫލު ނެޓްވޯރކެކެވެ. މިއީ ފޭސްބުކްގެ ކްލޯންކުރުމެއްކަމަށް ސައިޓުތަކުގައި ލިޔެވިފައި އެބަހުއްޓެވެ. މި ނެޓްވޯރކުގެ ޕްރޮފައިލް އޮޕްޝަންއާއި ލޭއައުޓްވެސް ފޭސްބުކްއާ ވަރަށް ވައްތަރެވެ. މިނެޓްވޯރކު އަމާޒުކުރެވިފައިވަނީ ކޮލެޖުފުރާގެ ޗައިނާ ކުދިންނަށެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މި ނެޓްވޯރކުގައި 15 މިލިޔަން މެމްބަރުން ރަޖިސްޓަރީވެފައިވެއެވެ. އަދި މީގެ ތެރޭން 9 މިލިޔަން މީހުން ކޮންމެ ދުވަހަކު މި ނެޓްވޯރކު ބޭނުންކުރެއެވެ. މީގައިވެސް، ފޮޓޯ އާއި ވީޑިއޯ ރަޙްމަތްތެރިންނާ ޙިއްޞާކުރުމާއި އެނޫންވެސް ސޯޝަލް ނެޓްވޯރކެއްގައި އާންމުކޮށް ހުންނަ ހުރިހާ ޚިދުމަތްތަކެއް ހިމަނާފައިވެއެވެ.



StudiVZ އަކީ، ޖަރުމަނުގައި އެންމެ މަޤްބޫލު ސޯޝަލް ނެޓްވޯރކެވެ. މިއީ، ދުނިޔޭގެ އެންމެ މަޝްހޫރު ސޯޝަލް ނެޓްވޯރކުކަމަށްބެލެވޭ ފޭސްބުކްއާ ވަރަށް ވައްތަރުކޮށް ހަދާފައިވާ އޭގެ ކޮޕީއެއްކަމަށް ވަރަށްގިނަ ފަރާތްތަކުން ބުނެއެވެ. އަދި މީގެ ޞަފްޙާތަކަށް ބަލާލިނަމަވެސް ފެންނަނީ ބޭނުންކޮއްފައިވާ ކުލަޔާއި، ބަހުރުވަ ފިޔަވާ ފޭސްބުކް އާއި އެއްވެސް ތަފާތެއް ނެތްކަމެވެ. މިކަމާގުޅިގެން ފޭސްބުކް އިންވަނީ އިންޓެލެކްޗުއަލް ޕްރޮޕަރޓީއާބެހޭ ޤާނޫނުގެ ދަށުން ކޯޓަށް މައްސަލަވެސް ހުށައަޅާފައެވެ. މިނެޓްވޯރކުގައި 9 މިލިޔަން މެންބަރުން ރަޖިސްޓަރީވެފައިވާކަމަށްވެއެވެ.



mixi އަކީ، ޖަޕާނުގައި އެންމެ މަޤްބޫލު ސޯޝަލް ނެޓްވޯރކެވެ. މީގެ މެންބަރަކަށް ވެވެނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. އަދި ފްރެންޑް ރިކުއެސްޓް ފޮނުވޭނީވެސް މި ނެޓްވޯރކުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށެވެ. އަދި އެހެން ފަރާތްތަކުން މިނެޓުވޯރކަށް އެޕްލިކޭޝަންތައް ތައްޔާރުކުރުމަށް ފުރްޞަތެއް މިނެޓުވޯރކްއަކުން ނުދެއެވެ. ކޮންމެއަކަސް، ކަންތައްތައް މިހެން ހުރިނަމަވެސް، އަދިވެސް ޖަޕާނުގައި އެންމެ ހިނގަނީ ހަމަ މިނެޓްވޯރކެވެ.



cyworld އަކީ، ސައުތް އެފްރިކާގައި އެންމެ ގިނަޔަބަޔަކު ބޭނުންކުރާ ސޯޝަލް ނެޓްވޯރކެވެ. އާބާދީގެ ނިސްބަތުން ވަރަށް މަތީ އިންސައްތައެއްގެބަޔަކު މި ނެޓްވޯރކު ބޭނުންކުރެވެއެވެ. މިނެޓްވޯރކުގެ ފަރާތުން މިހާރުވަނީ، ނެޓްވޯރކު އިތުރަށް މަޝްހޫރު ކުރުމަށް ކޮރެއާބަހުގެ އިތުރުން، އެމެރިކާއަށާއި، ޗައިނާއާއި، ޓައިވާނާއި، ޖަޕާނާއި ވިއެޓްނާމަށް ޚާއްޞަކޮއްގެން ނެޓްވޯރކުގެ ސައިޓުތައް ތައްޔާރުކޮއްފައެވެ.


ނިންމުން
މިލިޔުމުގައި ބަލާލެވިފައިވަނީ، މައިގަނޑު ނެޓްވޯރކުތަކަށެވެ. މީގެއިތުރުންވެސް ދުނިޔޭގެ އެންމެ އާބާދީބޮޑު ދެވަނަ ޤައުމުކަމަށްވާ އިންޑިޔާގައި ތަފާތު ނެޓްވޯރކުތައް ބޭނުންކުރާވާހަކަ ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ. މިގޮތުން މިފާހަގަކޮއްލަނީ އެ ނެޓްވޯރކުތަކެވެ.


http://www.orkut.com/
http://www.ibibo.com/
http://www.bigadda.com/
http://www.in.com/

23 ޑިސެމްބަރ 2008

ހަމަމިގަލަމުން

އިދާރާ

ވާހަކަ