www.fanvai.info

Print

Nokia-Oro ނޮކިއާ އޯރޯ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ



ޢަބްދުﷲ ފިރާޤް

މިއީ، ނޮކިއާއިން 2011 އޮގަސްޓް މަހު ބާޒާރަށް ނެރެފައިވާ ފޯނެކެވެ. ބަލައިލަން ރީތި، ފެންވަރު ރަނގަޅު އަދި އަގުވެސް ބޮޑު ފޯނެކެވެ. ނޮކިއާގެ މި އުފެއްދުމަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައި ވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މިފޯނުގެ އެންމެ ހާއްސަކަމަކީ މީ 18 ކެރެޓް ގޯލްޑް ޕްލެޓް ކޮށްފައިވާ ފޯނަކަށްވުމެވެ.

•    ނެޓްވޯކް:-
o    2 ޖީ ނެޓްވޯރކް:  GSM 900 / 1800 / 1900
o    3 ޖީ ނެޓްވޯރކް: 2100/1900/1700/900/850HSDPA   

•    މިފޯނުގެ ބަރުދަނަކީ 132 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 117.3 މިލިމީޓަރެވެ. ފުޅާމިނަކީ 57.5 މިލިމީޓަރެވެ. އަދި ބޯމިނުގައި ހުންނަނީ 12.2 މިލިމީޓަރެވެ.

•    މިފޯނުގެ އިސްކިރީނަކީ އެންމެފަހުގެ އޭ.އެމް.އޯ.އެލް.އީ.ޑީ ކެޕޭސިޓިވް ޓަޗް އިސްކިރީނެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 3.5 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 640 × 360 ޕިކްސެލްސް އެވެ. އަދި މިފޯނުގެ އިސްކިރީނަކީ ކޫރުން ނޭޅޭ ގޮތަށް ފަރުމާކުރެވިފައިވާ އިސްކިރީނެކެވެ.

•    މި ފޯނުގައި ރިންގޓޯންގެ ގޮތުގައި ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯން ވެސް ބޭނުންކުރެވޭނެ އެވެ. އަދި މިވައްތަރުތަކުގެ ރިންގްޓޯންސް ޑައުންލޯޑް ވެސް ކުރެވޭނެއެވެ. ލައުޑް އިސްޕީކަރާއި، 3.5އެމް.އެމް ގެ އޯޑިއޯ ޖެކެއް ވެސް ހިމެނެއެވެ.

•    ފޯނު ނަމްބަރ ތައް "ސޭވްކުރުމަށް" ވަކި ލިމިޓެއް މިފޯނުގައި ނުވެއެވެ. ފޮޓޯ އާއި އެކުވެސް ފޯނު ނަމްބަރތައް ރައްކާކުރެވޭނެއެވެ. އަދި ކޯލްތަކުގެ ރެކޯރޑްސްތައް 30 ދުވަސްވަންދެން ހުންނާނެއެވެ.

•    މިފޯނުގެ އިންޓާރނަލް މެމޮރީގެ މިންވަރަކީ 8 ގިގަބައިޓެވެ. އަދި މައިކްރޯ އެސް.ޑީ ކާޑް ޖެހޭނެ ސްލޮޓެއްވެސް މިފޯނުގައިވެއެވެ. 32GB އާއި ހަމައަށް މައިކްރޯ އެސް.ޑީ ކާޑް ބޭނުންކުރެވޭނެއެވެ. މިފޯނުގެ RAM ގެ މިންވަރަކީ 256MB އެވެ.

•    ނޮކިއާގެ މި ފޯނުގައި ވައިފައި ހިމެނޭއިރު، ބްލޫޓޫތު ވާރޝަން 3 ގެ ހިދުމަތްވެސް މިފޯނުހައި ހިމެނެއެވެ.  

•    8 މެގަޕިކްސެލް ކެމެރާއެއް މިފޯނުގައި ހިމެނޭއިރު، ޑްއަލް ލެޑް ފްލެޝް ވެސް ހިމެނެއެވެ. ވީޑިއޯކޯލް ކުރުމަށްޓަކައި ސެކަންޑަރީ ކެމެރާއެއްވެސް މިފޯނުގައި ހިމެނެއެވެ.  

•    މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް އަދި އީ-މެއިލް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ލިބޭނެއެވެ.

•    ނޮކިއާގެ މިފޯނުގައި FM ރޭޑިއޯ ހިމެނޭއިރު، ގިނަ ފޯމެޓް ތަކުގެ ލަވަޖަހާލެވޭ، ވީޑިއޯވެސް ބަލާލެވޭ ޕްލޭޔަރެއް ހިމެނެއެވެ.

•    ނޮކިއާގެ ފަހުގެ ފޯނުތަކުގައި ހިމެނޭ ޖީ.ޕީ.އެސް ގެ ޚިދުމަތް މިފޯނުގައިވެސް ހިމެނެއެވެ.

•    ފޯނުގައިހިމެނޭ އެހެނިހެން ކަންތައްތަކަށް ބަލާލާއިރު، ވެބް ޓީ.ވީ، ޓީ.ވީ އައުޓް ޖެކް، ޑިޖިޓަލް ކޮމްޕަސް، ކްއިކް އޮފީސްފަދަ ހިދުމަތްތައްވެސް ހިމެނެއެވެ. މިނޫންވެސް ވަރަށްގިނަ ފަސޭހަތައް މިފޯނުގައި ހިމެނެއެވެ.    

•    މިފޯނުގައި ބޭނުންކޮށްފައިވަނީ 1200 މިލިއެމްޕެއަރުގެ ބެޓެރީއެކެވެ. 2ޖީ ނެޓްވޯރކްގައި ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 9 ގަޑި 36 މިނެޓް އިރެވެ. އަދި 3ޖީ ނެޓްވޯރކެއްނަމަ 5 ގަޑި 18 މިނެޓް އިރެވެ. ސްޓޭންޑްބައިގެ ގޮތުގައި 2ޖީ ނެޓްވޯރކްގައި 555 ގަޑިއިރު ބޭނުންކުރެވޭއިރު 3ޖީ ނެޓްވޯކްގައި ބޭނުންކުރެވެނީ 656 ގަޑިއިރެވެ. "މިއުޒިކް ޕްލޭ" ކުރާނަމަވެސް 54 ގަޑިއިރު ބޭނުންކުރެވޭނެއެވެ.

•    މިފޯނުގެ އަގު މިވަގުތުހުރީ 800 ޔޫރޯއަށެވެ. މީ ގާތްގަނޑަކަށް 17،500 ދިވެހި ރުފިޔާއެވެ.

•    ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.
--------------
(ނިމުނީ)

www.fanvai.info