އަދުގެ ޚާއްސަ

Print

ވިންޑޯސް ފިތުގެ ކުރުމަގުތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

މިލިޔުމުގައި މިބަލާލަނީ، ކީބޯރޑުގައިވާ ވިންޑޯސް ފިތް ބޭނުންކޮށްގެން، ކަންތައްތައް ކުރާނޭ ކުރުމަގުތައް (ޝޯރޓް ކަޓް) ބޭނުންކުރާނެ ގޮތްތަކެވެ.

ވިންޑޯސް ފިތަށް އޮބާލުމުން، ނުވަތަ ވިންޑޯސްފިތާއި އެހެން ފިތަކަށް އެއްފަހަރާ އޮބާލުމުންވެސް ތަފާތު ކުރުމަގުތައް ވެއެވެ. މިކުރުމަގުތައް ބޭނުންކުރާއިރު، އޮބަންވީ ފިތްތަކުގެ ފަހަތުން ފެންނަ ކޯލޯން " : " އަކީ ކޮމާންޑުގެ ބައެއް ނޫންކަން ހަނދުމައިގައި ބަހައްޓާށެވެ. އަދި ބޭނުންކޮށްފައިވާ " + " އަކީވެސް ކޮމާންޑުގެ ބައެއްނޫނެވެ.

ވިންޑޯސް : ސްޓާރޓް މެނޫ ހުޅުވޭނެއެވެ.

ވިންޑޯސް ފިތް + D : ހުޅުވިފައިވާ ހުރިހާ ވިންޑޯތަކެއް މިނިމައިޒްކޮށްދޭނެއެވެ.

ވިންޑޯސް + E : ވިންޑޯސް އެކްސްޕްލޯރަރ ހުޅުވޭނެއެވެ.

ވިންޑޯސް + F : ސާރޗް ޑައިލޮގްބޮކްސް ހުޅުވޭނެއެވެ.

ވިންޑޯސް + Ctrl + F : ކޮމްޕިޔުޓަރު ސާރޗްކުރާ ވިންޑޯ ހުޅުވޭނެއެވެ.

ވިންޑޯސް + F1 + : ހެލްޕް އެންޑް ސަޕޯރޓް ސެންޓަރ ހުޅުވޭނެއެވެ.

ވިންޑޯސް + R  : ރަން ޑައިލޮގްބޮކްސް ހުޅުވޭނެއެވެ.

ވިންޑޯސް + break : ސިސްޓަމް ޕްރޮޕަރޓީސް ޑައިލޮގްބޮކްސް ހުޅުވޭނެއެވެ.

ވިންޑޯސް + shift + M  : މިނިމައިކްކޮށްފައިވާ ހުރިހާ ވިންޑޯއެއް ހުޅުވޭނެއެވެ.

ވިންޑޯސް + L : ކޮމްޕިޔުޓަރު ލޮކް ކޮށްލާނެއެވެ.

ވިންޑޯސް + U : ކޮމްޕިޔުޓަރުގެ ޔުޓިލިޓީ މެނޭޖަރު ހުޅުވޭނެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ