Print

ދަރީންނަށް މަގު އޮޅުން ގާތޭ.........

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

          

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ



ދަރީންނަށް މަގު އޮޅުން ގާތޭ،  ޝަރީޢަތް ރަނގަޅު ނޭނގެންޏާ،
        ހަރިންމައިން، މައިންބަފައިން ދީނީ،  ބަރީއަވެ އެއްކިބާ ވަންޏާ،

މި ދޭހަށް އެންމެ   ފުރަތަމަލާ،     އަލަތު ނޭވާ  ލުމާއެކުގާ،
        ބެދޭ މަޅިއެއްކަމަށް ނުބަލައި،  ބިދޭސީ   އުނގަކު  ވަޑުވަންޏާ  

އެދުން ހިތުގާ ހިނގާ މޮޅަކަސް، ކުދީންނަށް ލާބަ އެދެވުނަކަސް،
        މަދުންނަމަވެސް ބުނާ ބަސް ބަސް،  ދޮގުން ގިރިޓީ ކުރައްވަންޏާ

އިނާމޭމީ ކުލުނު ޖައްސާ، ކިޔާފައި މާލު      އިނދަޖައްސާ،
        ބުނާހާ ޢަދަދަކަށް ފައިސާ،    ގުނާލާފައި    އަތަށް   ދެންޏާ

ޢުޤޫބާތެއް ނުވުން އެދި ގާތް، މަގުން ހެޔޮ ދެއްވިޔަސް ނަފަޤާތް
        ޙުޤޫޤާ ޙައްދުތަކުގެ އެމާތް،    މުގޫ ދޫކޮށް       މޮހާލަންޏާ

ތިޔާގިކަމެއް    ނަސީބުވުމުން،  ހިޔާވަހި ބާއްޖަވެރި ވެވުމުން،
        ނިޔާމަ ޙަޔާތަކަށް އެދެމުން،     ޚިޔާލުގެ   ލޯ   މަރާލަންޏާ

ވެށީގައި ގޭގެ ބޮޑުވާއިރު،  ވަށައިގެން އެކިދަރިން އެކިވަރު،
        ''ދޮށީ ދަަރިފުޅު''ގެ  ލޯބި ވެބަރު،   ކަށީގައި  ހަރުލަމުން ދަންޏާ


މި ވެށްޓާ ނުހަނު ބީރައްޓެހި، މި ދީނާ ނެތްކަމެއް ރައްޓެހި،
        ހެވެއް ނެތް ކަންކަމަށް ހިތްޖެހި، ނިވައްތައި ގަންނަ ގޮތް ވަންޏާ

 ދުވާލަށް ރޭގަނޑޭ ކިޔަމުން،   ސުވާސާ ރަންކަމަށް ބުނަމުން،
        ހުވާކޮށް   ދެމަފިރިން ނަށަމުން،   ޒުވާބެއް    ގޭތެރޭ ވަންޏާ

ބަހާރެއް ލޯބިވެތި ވަނިކޮށް،   ގަހާގެހި   ކުރިލަމުން ދަނިކޮށް،
        މޮހާލަން ކާވަނީގެ  ވަގޮށް  ޖަހާ   އަތުކުރި      އޮޅާލަންޏާ

ޙިމާޔަތްތެރިކަމެއް އެދިގެން، ތިމާމެން ޙައްޤު ދެނެތިބެެގެން،
        ދިމާޔަށް   ގަސްތުގައި ރުހިގެން،    އިމާ ބާޠިލްގެ ގާތްވަންޏާ

ޢަޤީދާއޭ ކިޔާ މަތިވެރި، ބަގީޗާއިން ނުވެވި އެކަހެރި
        ޔަޤީނާއެކު  ނިކަން ވަސްހުރި،    ޙަޤީޤީ   މާ ނުބިނދެވެންޏާ

އިމާމުންނަށް ކަމޭހިތަމުން، މިމާތް ދީނަށް ނަޞުރު އެދެމުން،
        ޖަމާޢަތުގައި ބަހާ ޢަމަލުން،     ނަމޫނާތައް     ނުދެއްކެންޏާ
-----------------
   (ނިމުނީ)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ