އަދުގެ ޚާއްސަ

Print

ޓެކްނޮލޮޖީގެ ބައެއް ސުވާލާއި ޖަވާބު

ޝާޢިއުކުރީ ޝަމްސުލް ފަލާޙް . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

މި ލިޔުމުގައި މި ފާހަގަކޮށްލަނީ ޓެކްނޮލޮޖީއާ ވަރަށް ގުޅުންހުރި ވަރަށް އާންމުކޮށްކުރެވޭ ސުވާލުތަކަކާއި ޖަވާބުތަކެކެވެ. އެހެންކަމުން، އަޅުގަނޑު އުއްމީދު ކުރަނީ މިލިޔުމުގެ ޒަރީޢާއިންވެސް ކިޔުންތެރިންނަށް އިތުރު މަޢުލޫމާތުތަކެއް ލިބިގެންދާނެކަމުގައެވެ. މިއީ ސިލްސިލާކޮށް ގެނެސްދެވޭނެ ބައެކެވެ.


ސ. އިންޓަރނެޓުގައި ޑޭޓާ ބެކްއަޕް ނަގާނެ އެންމެ ފަސޭހަގޮތަކީ ކޮބާތޯ؟

ޖ. އެންމެ ފަސޭހަ އިންޓަރނެޓް ބެކްއަޕް ޚިދުމަތަކީ މޮޒީހޯމް އެވެ. އެ ސައިޓަށް ވަޑައިގެންނެވުމަށްޓަކައި މިތަނަށް ކްލިކްކޮށްލައްވާށެވެ. އެސައިޓުގައި ރަޖިސްޓަރީކުރުމުން، ކޮމްޕިޔުޓަރުން މަސައްކަތް ކުރަމުންދާ ވަގުތު، ބެކްގްރައުންޑް މަސައްކަތެއްގެ ގޮތުގައި ބެކްއަޕް ނެގެމުންދާނެއެވެ. މިކަމަށް އެންމެ ފުރަތަމަ ފަހަރު ދުވަސްކޮޅެއް ނެގިނަމަވެސް މިއީ އެންމެ ފަސޭހައިން ހިލޭ މިކަންކުރެއްވޭނޭ ގޮތެވެ. ނަމަވެސް، މިއަށްވުރެ އަވަހަށް ބެކްއަޕް ނެގޭނޭ އެހެން ސައިޓުތައް އިންޓަރނެޓްގައި ވެއެވެ. އަދި ހައްދެއްނެތި ބެކްއަޕް ޖާގަ ލިބެނީ މަހަކު 5 ޔޫ.އެސް ޑޮލަރަށެވެ. އެފަދަ ވަރަށް ގިނަ ސައިޓުތައް އިންޓަރނެޓުގައި ވެއެވެ.


ސ. ސްކޭންކުރަން އެންމެ ރަނގަޅީ ޕްރިންޓަކުންތަ؟ ނޫނީ ނެގެޓިވްއަކުންތޯ؟

ޖ. ތިޔަރީގައިވާގޮތުން، ސްކޭން ކުރަންޖެހޭނީ ނެގެޓިވް އިންނެވެ. ފޮޓޯ އެންމެ ރީތިކޮށް ފެންނާނީ އޭރުންނެވެ. ނަމަވެސް، ހުރިހާ ސްކޭނަރުތަކަކުން، ނެގެޓިވްއާއި ޓްރާންސްޕޭރެންސީ ސްކޭން ކުރައްވާއިރު، އެހާ ސާފުނުވެދާނެއެވެ. ނެގެޓިވް އިން ސްކޭން ކުރައްވާނަމަ، އިންޗިއަކަށް 2000 ޑޮޓް ނުވަތަ އެއަށްވުރެ މަތީ ރިޒޮލިއުޝަނެއްގައި ސްކޭން ކުރައްވާށެވެ.


ސ. އުނދަގޫ ޕާސްވޯރޑް ބޭނުންކުރާނީ ކިހިނެއްތޯ؟

ޖ. ފައިލެއްގެ ނުވަތަ ޑޭޓާބޭސްއެއްގެ ޕާސްވޯރޑަކީ ފަސޭހަ ޕާސްވޯޑެއްނަމަ، މީހަކު، އެ ފައިލެއް ނުވަތަ ޑޭޓާބޭސް އެއް ހުޅުވުމަށް ޕާސްވޯރޑު ލަފާކުރުމަކީ އެހާ އުނދަގޫކަމަކަށް ނުވާނެއެވެ. އެހެންކަމުން، ޕާސްވޯރޑެއް ލައްވާނަމަ، އެ ޕާސްވޯރޑު ދިގުކުރެއްވުމަށާއި، އަކުރުތަކުގެ އިތުރުން، އޭގައި ނަންބަރު ބޭނުންކުރެއްވުން މުހިންމެވެ. އަބަދުވެސް ބައްލަވަންވީ، ލެވޭ ޕާސްވޯރަކީ، ހަނދުމަފުޅު ބަހައްޓަވަން ފަސޭހަ، އެހެންމީހަކަށް ލަފާކުރަން މުސްތަޙީލް ޕާސްވޯރޑަކަށް ހެއްދެވުމަށެވެ. ޕާސްވޯރޑެއް ލައްވާއިރު، ތިބާގެ ނަމާއި އެޑްރެހާއި އުފަންދުވަސް ބޭނުންކުރެއްވުން އެހާ ބުއްދިވެރިއެއް ނޫނެވެ.

ހުރިހާ ފައިލެއްގައި ނުވަތަ ވެބްސައިޓުތަކުގައި ރަޖިސްޓަރީވެ ވަޑައިގަންނަވާއިރު، އެއް ޕާސްވޯރޑެއް ބޭނުން ނުކުރައްވާށެވެ. އެކި ތަންތަނުގައި ތަފާތު އެކި ޕާސްވޯރޑުތައް ބޭނުންކުރައްވާށެވެ. މިކަމަށް އެހީތެރިކަން ހޯއްދެވުމަށްޓަކައި މިތަނަށް ކްލިކްކޮށްލައްވާށެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ