ކުރިމަގަށް އާދެ! ޤައުމަށް އަމާންކަން ދެމާ!
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އިޖްތިމާޢީ ކޮރަޕްޝަން ހިނގާފިލުވަމާ!
އަދި ސިޔާސީ ކޮރަޕްޝަން އެކީ ފޮހެލަމާ!
އަދި އިދާރީ ކޮރަޕްޝަން މުޅިން ނައްތަމާ!
މުޅި ފަސާދައިގެ ގޮތްތައް މުލުން ލުހެލަމާ!
ކުރިމަގަށް އާދެ! ޤައުމަށް އަމާންކަން ދެމާ!
(1) ބަދަލުކޮށްލެވޭ އެންމެ ހަދިޔާ އަކުން
މަކަރު ޙީލަތުގެ ކުޑަ ޖަރީމާ އަކުން
ޢަދުލުވެރިކަމާ އަދި އަމާނާތް ނެތުން
ޣަދަރުވެރިކަމާ މިފަދަ ކަންކަން އޮތުން
މިއީ ހުސް ކޮރަޕްޝަން ކަމޭ ދަންނަމާ!
(2) ތިމާއަށް ނަފާ ނަހަމަ ގޮތަކަށް ލިބުން
ބިމާ އުޑުގެ ލަޢުނަތް ލިބޭނޭ ގޮތުން
"އިމާމާ"ގެ ބަސްފުޅު ބޮލާލައި ޖެހުން
ޙިމާޔަތް ނުލިބި ޤައުމު މިކަމާ އުޅުން
މިއީ ހުސް ކޮރަޕްޝަން ކަމަށް ވިސްނަމާ!
(3) އިޤްތިޞާދީ ދުވެލި ވެސް މުޅިން މަޑުވެދާނޭ
ދިމިޤްރާޠީ ނިޒާމަށް ގުޑުން އަތުވެދާނޭ
އިޖުތިމާޢީ ގުޅުންތައް ނިކަން ކުޑަވެދާނޭ
ފިތުނަތައް ވެސް މި ޤައުމަށް އެކީ ފެތުރިދާނޭ
މުޅި މިޤައުމުން ކޮރަޕްޝަން ހިނގާ ފިލުވަމާ!
---------------
(ނިމުނީ)
(ނިމުނީ)