އަދުގެ ޚާއްސަ

Print

ދިވެހިބަހުގެފުރަތަމަ ޕުރޮފެސަރު (2)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ޚާއްޞަ


އާދަމް ނަޞީރު އިބްރާހީމް

ފަޟީލަތުއްޝައިޚުގެ ފިޤުހީ ވިސްނުން

ފަޟީލަތުއްޝައިޚަކީ ވަރަށް މަންޠިޤީ ޢިލްމީ ވިސްނުންފުޅެއް ގެންގުޅުއްވި ބޭފުޅެކެވެ. ދީނުގެ ކަންކަމުގައި ވެސް ފުންކޮށް ދިރާސާ ކުރައްވައި މައްސަލައިގެ އަސްލަށް ވަޑައިގަންނަވައެވެ. ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީނު ވިދާޅުވާ ގޮތުގައި ދިވެހިންގެ ތެރޭގައި އެ ޒަމާނުގައި އޮތް، ދީނުގެ ކަންކަމުގައި [އަކުރުގައި ހިފައި ދެމުން] ނިމުމަކަށް ގެންނަވައި ޙަޤީޤީ ފިޤުހީ މަންހަޖެއް ތަޢާރުފުކޮށްދެއްވީ އެ މަނިކުފާނުގެ ލޮބުވެތި އުސްތާޛު، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނެވެ.
ހެދުން އެޅުމާ ބެހޭ ގޮތުން ފަޟީލަތުއްޝައިޚު ފާޅު ކުރައްވައިފައިވާ ރައުޔު ބައްލަވައިލައްވާށެވެ! [ކޮންމެހޫނުމޫސުމަކަށް ފިނިޒާތުގެތުނިތަކެތި، ފިނިމޫސުމަކަށް ބޯޒާތުގެ ގަރަމްތަކެތިލުމަށް އަދިއިސްރާފެކޭ މީހަކުނުކިޔާނެއެވެ.  އަޖައިބުވަނީ އެވެނިބަޔަކު ހެދޭހެދުމެއްވެ ކޮންމެހެން ހެދޭންމިވެނިބަޔަކަށް ރީތިވެ ކޮންމެހެން އެވައްތަރު ޖައްސާންއުޅޭއުޅުމަށެވެ. އެއިރުއެވައްތަރާއި ތިމާމެނާއި ތިމާމެންތިބިތަނާއި އަރައިއަރަފޯދިގެން އެއްވެސްގޮތަކުން ނުވިޔަސް ވަރިހަމަކަމުގައި ހަދައި، ހަމައެކަނި
ކަނުވެގެންވާ ތަޤުލީދުގެލޮލަކުން ނޫނީ ރީތިހުތުރަކަށް ނުބަލަތެވެ.]


ޢިލްމަށް އަމާނާތްތެރިވެވަޑައިގަތުމާއި ތަވާޟުޢުވެރިކަން

ފަގީރުވެދާނެތީ ބިރުން މުދާ ބައްކުރުމަކީ ބައެއް މީހުންކިބައިން ފާޅުވާ ނާތަހުޒީބު ސިފައެއް ދޮގެއްތޯ އެވެ؟ ހަމަ އެފަދައިން ތިމާގެ ހައިބަތު ކަމީނާ ވެދާނެތީ އެހެން ކޮންމެ މީހަކަށް ވުރެ މަތީގައި މޮޅުގައި ތިމާ ހުރުމަށް އެދުމަކީ ވެސް ބައެއް މީހުންގެ ކިބައިން ފެންނަ ދެރަ ނިކަމެތި ސިފައެކެވެ. ނަމަވެސް ފަޟީލަތުއްޝައިޚު ވަނީ މި ފަދަ [ނަފުސާނީ ބަލިތަކުން] މިންޖުވެވަޑައިގެންނެވެ. އެ މަނިކުފާނަކީ ޢިލްމަށް އަމާނާތްތެރި ބޭފުޅެއްކަމުގެ ހެކި އެބަހުއްޓެވެ. އެހެނީ ޝާޢިރުލް ޢުމޫމީ އަކީ އެމަނިކުފާނުގެ ދަރިވަރެކެވެ. ނަމަވެސް ފަޟީލަތުއްޝައިޚުގެ ޅެންފޮތުގައި ޝާޢިރުލް އުމޫމީގެ ޅެމެއް ހިމަނުއްވައި އެ ޅެމުގެ ފެށޭތާނގައި ލިޔުއްވައިފައިވެ އެވެ. މިއީ ޗަވިޔަންޏަށް ނިމޭގޮތަށް ޅެމެއް ހަދަން އުޅެ އުޅެ އަހުރެންނަށް ނޭނގިގެން ފަޟީލަތުއްޝައިޚު ޢަބްދުﷲ ފަހުމީދީ އުއްތަމަ ފަނޑިޔާރު މަނިކުފާނަށް ދެންނެވުމުން އެ މަނިކުފާނު ހައްދަވައިދެއްވި ޅެމެކެވެ.

ސަމާސާ އަދަބު
ދިވެހި އަދަބުގައި ސަމާސާ އަދަބުގެ ބައްޕަ އަކީ ވެސް ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުކަމުގައި ދެންނެވިދާނެ އެވެ. އެ މަނިކުފާނު ލިޔުއްވި [ދިވެހީންގެ ވާހަކަ] ބައްލަވާށެވެ. [ފުރޭތަ ފެންނަ ގޮތް] [ބަންދަލް މުޚުތާރު] ފަދަ ލިޔުއްވުންތަކަކީ ސަމާސާ އަދަބުގެ ދާއިރާގައި  އާދަޔާ ޚިލާފަށް މޮޅު އަދަބީ ގިލަފަތިތަކެވެ. ދިވެހިބަހުގެ މިޒަމާނުގެ އުސްތާޛު އަލްފާޟިލް ޢަބްދުﷲ ޞާދިޤު ވިދާޅުވެ ދެއްވި އެވެ. ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނު ހިންގެވި ޤުރުއާން ކިޔަވައިދޭން ދަސްކޮށްދޭ ކިލާހެއްގައި ބައިވެރިވެވުނެވެ. އަކުރުތަކުގެ މަޚުރަޖަށް ފަރުވާލެއް ނެތި ކިޔެވި ކުއްޖަކަށް }فعقروها{ މިހެން ކިޔަންވީ ތާނެއްގައި ކިޔުނު ގޮތުން އަޑު އިވުނީ [ފާގަރޫހާ] މި ކަހަލަ ގޮތަކަށެވެ. ވަގުތުން ފަޟީލަތުއްޝައިޚު ވިދާޅުވި އެވެ. [ހޫނ ހޫނ ރަނގަޅޭ ރަނގަޅޭ ފާގަޔަކީ ރޫ ހުންނަ އެއްޗެކޭ. އެކަމަކު ތިޔަ ތާނގައި ތިޔަ އޮތީ އެ ވާހަކަ އެއް ނޫނޭ. فعقروها[މިހެން ކިޔާށެވެ.

ނިންމުން
މި އަދު ތިބާ ދިވެބި ބަހުން މަތީ ތަޢުލީމު ޙާޞިލު  ކުރައްވައިފާނު އެވެ. މަތީ ވަނަތައް ވެސް ހޯއްދަވައިފާނު އެވެ. އެކަމަކު އިހުގެ އެދުރުން އުއްކެވި އެމުގެ އެހީގަ އެވެ. އެބޭފުޅުން އިބާރާތް ކުރެއްވި ގޮތާއި ޅެންތައް ދިރާސާ ކުރައްވައިގެންނެވެ. ފަޟީލާތުއްޝައިޚު ޙުސައިން ޞަލާޙުއްދީނު މި ފަދަ މޮޅު އުފެއްދުންތަކެއް އުފައްދަވައި ޤާބިލު ބޭފުޅަކަށް ވެވަޑައިގަތީ އެ ފަދަ އެއްވެސް މިސާލެއް ނެތިއެވެ. ދިވެހިބަހުން އެމަނިކުފާނު ކުރެއްވި ފަދަ އިބާރާތްތަކެއް އޭގެ ކުރިޔަކު ނެތެވެ. ޢިލްމީ ފޮތްފޮތެއް ވެސް ނެތެވެ. އުނގެނިވަޑައިގަތް މަދަރުސާއެއް ކޮލެޖެއް ޔުނިވަރސިޓީ އެއް ވެސް ނެތެވެ. އެއާ އެކު އެ މަނިކުފާނު އުފެއްދެވި ކޮންމެ އަދަބީ އުފެއްދެވުމަކީ ނަމޫނާ އެކެވެ. މޮޅު އުފެއްދެވުމެކެވެ. ދިވެހިބަސްފޮތުގައި ޕުރޮފެސަރުގެ ފުރަތަމަ މާނަޔަކަށް އޮތީ [އެކަމެއްގެ ޢިލްމު ރަނގަޅަށް ދަންނަ  މީހާ] އެވެ. އެހެންކަމަށްވާނަމަ އިސްވެ ދަންނަވައިލެވުނު ޢިލްމީ ހެކިތަކުގެ އަލީގައި ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަކީ ފެންނަން ހުރި މަޢުލޫމާތަށް ބަލައި، ދިވެހިބަހުގެ ފުރަތަމަ ޕްރޮފެސަރުކަމުގައި ދެންނެވުމަކީ އެހެންބޭފުޅުންނަށް ކުރެވޭ ބޭއިންސާފަކަށް ވެދާނެތޯ އެވެ؟


ފަޟީލަތުއްޝައިޚު ލިޔުއްވިބައެއްފޮތްތަކުގެކުރުބަޔާނަކާއިއެފޮތްތަކުގެފިހުރިސްތު

1-    އައްދުއްރަތުލްބަހިއްޔާފީތަރްޖަމަތިލްއަޙްކާމިއްޝަރްޢިއްޔާ (ޞަފްޙާ 56) މިފޮތަކީފިގުހުގެކުޑަރިސާލާއެކެވެ. މިއީދައުލަތުގެފަރާތުންޗާޕުކުރައްވައިގެންމުޅިރާއްޖޭގެކޮންމެގެއަކަށްފޮތެއްވާނޭމަގުންބެއްސެވިފޮތެކެވެ. މިއީމިފަދަފޮތެއްރާއްޖެތެރެއަށްބެއްސެވުމަކީ،ކޮންމެހެންބޭނުންކަމެއްކަމުގައި،އެއިރުދައުލަތުގެކަންތައްހިންގަވާންއިސްވެހުންނެވި
އަލްއަމީރުޢަބްދުލްމަޖީދުދީދީބިންއަލްއަމީރިއަލްޙާއްޖިއިބްރާހީމްދޮށިމޭނާކިލެގެފާނުންނަށްފެނިވަޑައިގެންކުރެއްވިއަމުރުފުޅަށްއެކުލެއްވި
ފޮތެކެވެ.

2-    އަލްބުރުހާނުޢަލަލްއީމާނި (32 ޞަފްޙާ) މިފޮތަކީ،ޅަކުދީންނަށްއީމާންކަމާއިއިސްލާމްކަންދަސްކުރާންފަސޭހަވާނޭމަގުންއެކުލަވަ
އިފައިއޮތްފޮތެކެވެ. މިފޮތްޗާޕުކުރީ 1350 ހ. ވަނައަހަރުމާލޭގައެވެ.

3-    އަލްޙަސަނާތުފީތަރްޖަމަތިލްއަޛްކާރިވައްދަޢަވާތިލްވާރިދަތި،ފިއްޞަލަވާތިލްމަފްރޫޟާތި (100 ޞަފްޙާ) މިފޮތަކީ،ފަރުޟުނަމާދުގައިކިޔެވޭޒިކުރުތަކާއިނަމާދުގެފަހުގައިކިޔަވާޒިކުރުތަޞްބީޙަތަކާއިދުޢާތައްދިވެހިބަހުންތަރުޖަމާކުޅަފޮތެކެވެ. މިފޮތްދެފަހަރުމަތީންކަލްކަތާގައިޗާޕުކުރުވައިގެންމާލެގެނެސްވިއްކިއެވެ. ޗާޕުކުރުވީދަރަވަންދޫގޭޢަބްދުﷲކަމާލުއްދީންބަންޑާރަނައިބުމަނިކުފާނެވެ.
 އެއީ 1348 ހ.، 1350 ހ.،މިދެއަހަރުގައެވެ. ކޮންމެފަހަރަކު 1000 ނަކަލެވެ.
4-    އަންނަހުޖަތުއްސަވިއްޔާފީތަރްޖަމަތިލްއަރްބަޢީންނަވަވިއްޔާ (62 ޞަފްޙާ) މިފޮތް 1334 ހ. ވަނައަހަރުކަލްކަތާގައިޗާޕުކުރެއްވީހެންވޭރުގޭމުޙައްމަދުޢަބްދުއްޞަމަދުދީދީއެވެ.

5-    ތަސްދީދުލްއަޛްހާނި،ފީތަޖްވީދިލްޤުރްއާނި (48 ޞަފްޙާ) ޗާޕުވީ 1350 ހ. ގައިމާލޭގައެވެ.

6-    އިލައިކުމްއައްޔުހައްނުވާބު (24 ޞަފްޙާ) ކާވަނީގެޙުކުމްތަކެއް. ދައުލަތުގެފަރާތުންރަށްރަށުގެނާއިބުންނަށްބެއްސެވިފޮތެއް.
މިފޮތް 1344 ހ. ވަނައަހަރުކަލްކަތާގައެވެ.

7-    ކާވަނީގެސުވާލުތައް: (40 ޞަފްޙާ) ކާވަންޏަށްފަނޑިޔާރުގެއަށްއަންނަމީހުންނާކުރެވޭސުވާލުތަކާއިއޭގެޖަވާބުތަކުގެމިސާލުތަކުގެމައްޗަށްއެއްކުރެވުނުފޮތެކެވެ. ޗާޕުކުޅައީމާލޭގައެވެ.

8-    އައްތުޙްފަތުލްއަދަބިއްޔާލިޠުއްލާބިއްލުޣަތިލްމަޙަލްދީބިއްޔާ (48 ޞަފްޙާ). މިފޮތަކީދިވެހިބަސްލިޔެކިޔައިއުޅުމުގެމަގުތައްހިސާބަކަށްބަޔާންކޮށްފައިވާފޮތެކެވެ. ޗާޕުކުރެއްވީކޮޅުނބުގައި،
އަލްއަމީރުޢަބްދުލްމަޖީދުދީދީއެވެ. 1347 ހ. ގައެވެ. މިފޮތްއެކަށައަޅުއްވައިހެއްދެވީ 1352 ހ. ވަނައަހަރުކޮޅުނބުގައެވެ.

9-    ޖައުހަރަތުއްތައުޙީދި. (28 ޞަފްޙާ) ތައުޙީދުޢިލްމުގެކުޑަމަންޒޫމާއެކެވެ. ދިވެހިބަހުން،މަޘްނަވީގެވަޒަނަށްޅެމުންއެކަށައަޅުއްވައި،
ހައްދަވާފައިވާފޮތެކެވެ. މިފޮތްކަލްކަތާގައިޗާޕުކުޅައީހިމިތީމުޙައްމަދުއިސްމާޢީލްކަލޭގެފާނުއެވެ. 1358ހ. މިވަނައަހަރުގައެވެ. ނަކަލުގެ
ޢަދަދަކީ 1000 އެވެ.

10-    އައްސުލްޠާންޙަސަންނޫރުއްދީންރަދުންނަށްރަސްކަމުގެކޮލިލުމަށްފަހުރަދުންގެފަރާތްޕުޅުންމާލޭގެހަތަރުއަވަށާއި،ރާއްޖެއަށްނެރުއްވި
އަމުރުފުޅުތައް (28 ޞަފްޙާ) ޗާޕުކުޅައީމާލޭގައެވެ.

11-    އައްސީރަތުއްނަބަވިއްޔާއަލްމުތަރްޖަމަތިބިއްލުޣަތިލްމަޙަލްދީބިއްޔާ،މިފޮތުގެ 3 މުޖައްލަދު. މިތިންމުޖައްލަދުގައި 950 ޞަފްޙާ. މިއީދައުލަތުގެފަރާތުންޗާޕުކުރައްވައި،ރާއްޖޭގެކޮންމެރަށަކަށްދެފޮތްވާނޭމަގުންނާއި،އަދިމާލޭގައިތިއްބެވިގަދަރުހުރި މީހުންނަށްބެއްސެވިފޮތެކެވެ.
 ޗާޕުކުރީ 1356ހ. ވަނައަހަރުކަލްކަތާގައެވެ.

12-    ތަސްބީޙުތަހްލީލުކިޔާގޮތް (ކުދި 8 ޞަފްޙާ) ޗާޕުކުރީ 1357ހ. ވަނައަހަރުމާލޭގައެވެ.

13-    ދިންނަވާނޭމަގު: އަޅުކަމާބެހޭފޮތެއް. (58 ޞަފްޙާ) 1354 ހ. ވަނައަހަރުކޮޅުމަޑުލުއޮމަދޫގައިހުންނަވައިތުއްތުގޮމައަށްލިޔެދެއް
ވިފޮތެކެވެ. ޗާޕުވީމާލޭގައެވެ.

14-    ޝަރަފުލްއަނާމްމިއީތުޙުފަތުލްކިރާމްގެތަރުޖަމާއެކެވެ. (ޞަފްޙާ 24) މިއީ 1354ހ. މިވަނައަހަރުއޮމަދޫގައިހުންނަވައި
ލިޔުއްވިފޮތެކެވެ.

15-    ތާނަޚުޠުބާފޮތް.

16-    ތައުބާނަމާދު.

17-    އުތީމުއަލްޣާޒީމުޙައްމަދުސިރީސަވާދީއްތަމަހާރަދުންގެވާހަކަ (349 ޞަފްޙާ) ފުލުސްކޭޕްސައިޒުގެ.

18-    ރިވާޔަތުކަރީމުއްދީން (340 ޞަފްޙާ) ފުލްސްކޭޕްސައިޒް. މިވާހަކަލިޔުއްވާފައިވަނީ 1329 ހ. ގައެވެ.

19-    ރިވާޔަތުނުޢުމާންވަމަރްޔަމް (338 ޞަފްޙާ) މިއީ 1352ހ. ވަނައަހަރުސިލޯނުގައިހުންނަވައިލިޔުއްވިވާހަކައެކެވެ.

20-    ސަފަރުނާމާއެޢަބްދުލްމަޖީދު: (289 ޞަފްޙާ) މިފޮތަކީއަލްއަމީރުޢަބްދުލްމަޖީދުރަންނަބަނޑޭރިކިލެގެފާނުން 1347ހ. މިވަނައަހަރުކުރެއްވިޙައްޖުދަތުރުފުޅުގެވާހަކައެވެ. މިފޮތުގެމުސްވައްދާލިޔުއްވީކިލެގެފާނެވެ. ތަރުތީބުކުރައްވައިޢިބާރާތްހަމަޖެއްސެވީޞަލާޙުއްދީނެވެ.

21-    އައްލަމްޢަތުއްޡާހިރާފީތަރްޖަމަތިކިތާބިއްދުއްރަތިލްފާޚިރާލިލްއިމާމިޙުއްޖަތިލްއިސްލާމިއަލްޣަޒާލީ (216 ޞަފްޙާ) އާޚިރަތުގެވާހަކަ.
 މިއީ 1361ހ. ވަނައަހަރުލިޔުއްވިފޮތެކެވެ.

22-    ފަތުޙުލްމަލިކިލްމުޖީބިފީތަރްޖަމަތިމަސްލަކުލްޤަރީބް. އަޅުކަމާބެހޭފޮތެއް. މިއީ 1324 ހ. މިވަނައަހަރުއައްޑޫމީދޫގައިހުންނަވައިއެރަށުއެޅެގޭމުޙައްމަދުދީދީވިދާޅުވެގެންތަރުޖަމާކޮށްދެއްވިފޮތެކެވެ. 162 ޞަފްޙާގެމިފޮތުގެފަހަތުގައިމަންހަޖުލްއާބިދީންލިލްއިމާމިއަލްޣަޒާލީމިފޮތުގެޢަޤަބަތުއްތައުބާތަރުޖަމާކުރައްވައިފައިވެއެވެ.

23-    ކިތާބުއްނަޡަރާލިއަހްލިއްތަފައްކުރިވަލްޢިބްރާ. (278 ޞަފްޙާ) މިފޮތަކީ،ގަލޮޅުގޭމުޙައްމަދުދީދީވިދާޅުވެގެންލިޔުއްވިފޮތެކެވެ. މިފޮތުގައިލިޔުއްވައިފައިވަނީއިސްލާމްދީނުގެޢަޤީދާތަކުގެވާހަކައެވެ.

24-    ސޫރަތުލްފާތިޙާގެމަޢުނަ (ޞަފްޙާ – 12) 1359ހ. ގައިލިޔުއްވިފޮތެއް.

25-    ތަރްޖަމަތުއްސިޔާސަތިއްޝަރްޢިއްޔާލިލްޢައްލާމާޖަމާލުއްދީންއަލްއަފްޣާނީ (ޞަފްޙާ – 67) 1340 ހ.

26-    ހާރުދަމުގެވައި،ޚިޔާލީވާހަކައެއް. (ޞަފްޙާ 18) 1340ހ.

27-    ހިދާޔަތުއްރަޙްމާނިއިލާތަރްޖަމަތިރަސާއިލިއްސައްޔިދިއަޙްމަދުޒައިނީދަޙްލާން. މިފޮތަކީމިޞްރުގައިހުންނަވައިއަލްއަމީރުޢަބްދުލްމަޖީދުރަންނަބަނޑޭރިކިލެގެފާނުފޮނުއްވައިގެން 1359ހ. ވަނައަހަރުތަރުޖަމާކުރެއްވިފޮތެކެވެ.

28-    ނަމާދު – މުތަރްޖަމަތުންމަންޤޫލަތުންމިންކިތާބިޚުލާޞަތިލްކަލާމިފީއަރްކާނިލްއިސްލާމި. 1359 ހ.

29-    އައްތަރްޤިޔަތުފިއްތަރްބިއްޔަތި. މާބަނޑުމީހުންއުޅެންވީގޮތާއިކުދީންބޮޑުކުރުމުގެވާހަކަ (ޞަފްޙާ – 129) މުޅިންނުނިމިއޮތްފޮތެއް.

30-    އެކިއެކިއެދުރުންގެކިބައިންލިބިފައިހުރިބޭހުގެނުސްޚާޖަމާކުރިފޮތް. (ޞަފްޙާ 171) 1358ހ.

31-    އަލްޢިބްރަތުލިއަހްލިލްޚިބްރާ (ޞަފްޙާ 135) 1337 ހ. މިފޮތަކީބޮޑުހަނގުރާމައިގެބައެއްވާހަކައާއިއެދުވަސްވަރުރާއްޖެއަށްޖެހުނުތަދުޙާލުގެވާހަކަބަޔާންކޮށްލިޔުއްވިފޮތެވެ.

32-    ތަރުޖަމާއަލްބުރުހާނުލްމުބީންފިއްރިސާލަތިނަބިއްޔިނާމުޙައްމަދިންކާނަތުރަޙްމަތައްލިލްޢާލަމީން (ޞަފްޙާ 48) މިއީއައްސައްޔިދުލްޢައްލާމާޞަދަޤާތުދަޙްލާންހެއްދެވިމިޢުރާޖުމައުލޫދުގެތަރުޖަމާއެވެ. 1348 ހ.

33-    ދިވެހިބަހުންތަރުޖަމާކޮށްފައިހުރިޚުޠުބާތަކެއްލިޔުއްވިފޮތް. މިފޮތަކީމާލޭހުކުރުމިސްކިތުގައިއެކިއެކިދުވަހުކިޔައިފައިހުރިޚުޠުބާއެވެ.
 (ޞަފްޙާ 339)

34-    އައްތަޤްރީރާތުލްމަދްރަސިއްޔާ (ޞަފްޙާ – 254) މަދްރަސަތުއްސަނިއްޔާގައިއެކިދުވަހުދެއްވައިފައިހުރިތަޤްރީރު.

35-    ތަޤްރީރާތެޞަލާޙުއްދީން. (ޞަފްޙާ 450) މިއީދައުލަތުގެއެކިއެކިކަންކަމުގެތެރޭގައިދެއްވައިފައިވާތަޤްރީރުތަކެވެ. މިފޮތްލިޔުއްވުމަށްފަހުސުމުއްވުލްއަމީރުމުޙައްމަދުއަމީންދޮށިމޭނާކިލެގެފާނަށްވެދުމަށްއެރުއްވެވީއެވެ. 1359 ހ.

36-    ފުރަބަންޑާރަފަރާތުންމާލޭގައިކިޔާހަތަރުމައުލޫދުގެތަޤްރީރު (ޞަފްޙާ 58)

37-    ސުވޭހުކައިވެނިފުޅު (ޞަފްޙާ 141) އައްސުލްޠާންއަލްޙާއްޖުމުޙައްމަދުޢިމާދުއްދީންރަދުންގެސުވޭހުކައިވެނިފުޅުގެޚަބަރުތަކާއިއެރަދުންގެރަސްކަންބަދަލުވީދުވަސްވަރުގެޚަބަރުތައް. އެދުވަސްވަރުޞަލާޙުއްދީންހުންނެވީރަދުންގެއަރިސްބޭފުޅެއްގެގޮތުގައި ރަދުންގެނުހަނުރުއްސުވުމާއެކުގައިކަމަށްވެފައި،ރަދުންނަށްޚުޝާމަދުކުރައްވައިދޮގުތާރީފުކުރެއްވުމުގެބަދަލުގައިޞަލާޙުއްދީންމިފޮތުގައިލިޔުއްވާފައި
ހުރީމުޅީންމެޙަޤީޤަތެވެ. ރަދުންނަށްކުރެއްވުނުގޯސްކަންތައްތަކުގެވާހަކައެއްވެސްފޮރުވުމެއްނެތިހާމަކުރައްވާފައިވެއެވެ. މިފޮތްބައްލަވާފައިޢިމާދުއްދީންރަދުންވިދާޅުވިކަމަށްވަނީމިއީއަހުރެންގެމައްޗަށްތާރީފެއްކޮށްފައިއޮތްފޮތެއްނޫނެއްކަމަކުތާރީހަށްޓަކައިކުރެވިފައިއޮތްބޮޑު
ހިދުމަތެކެވެ. ތެދުވެރިމުވައްރިހުންގެލިޔުއްވުންތައްހުންނާންވީމަގަކީމިއެވެ.

38-    އިބްނުބަޠޫޠާގެދަތުރުނާމާއިންދިވެހިރާއްޖޭގެވާހަކަހުރިހިސާބުގެތަރުޖަމާ. (ޞަފްޙާ 98) 1340ހ.

39-    އައްޑޫމީދޫއެދުރުގޭއައްޝައިޚްއަލްފަޤީހްއަޙްމަދުދީދީއެފްރިކާގެމުމްބާސާގައިއަވަހާރަވީވާހަކައާއިދެކުނުހަތްއޮޑިއެފްރިކާއަށްބެހުނުވާހަކަ،
މިފޮތުގެމުގައްދިމާ. 1342ހ.

40-    ދިވެހީންގެސަފަރުނާމާ (ޞަފްޙާ 120) ދިވެހީންގެ 42 މީހުންނާއި،ޞަލާޙުއްދީނުގެބައްޕާބޮޑުގަލުގޭމޫސާދީދީއާގޮވައިގެންޙައްޖަށްކުރެއްވިދަތުރުގެވާހަކަ. މިދަތުރުކުރެއްވީ 1346 ހ. ގައެވެ. ފޮތްނި
ންމަވައިފައިވަނީ 1347 ހ. ގައެވެ.

41-    ކުދިވާހަކަފޮތް. (ޞަފްޙާ 224) މިފޮތުގައިވަނީ 28 ވާހަކައެވެ. ލިޔުއްވާފަައިވަނީ 1358 ހ. ވަނައަހަރުގައެވެ. (މިފޮތްމި
ހާރުވަނީޗާޕުވެފައެވެ.)

42-    ރޮކަމްބޯލްގެދަރީގެވާހަކައިގެތަރުޖަމާ – (ޞަފްޙާ 153) 1358 ހ. ގައިލިޔުއްވިވާހަކައެކެވެ.

43-    ބައްތިއުނދުނާއިބަދިގޭއުނދުން (ޞަފްޙާ 47) 1348 ހ.

44-    ޙައްޖުގެވާހަކައާއިތަޔައްމުމުގެވާހަކަ (ޞަފްޙާ 68) ފާޠިމަތުސަޢީދުދީދީޙައްޖަށްވަޑައިގަންނަވާންއުޅުއްވިއިރުލިޔުއްވިފޮތެއް.

45-    އަލްޢުމްދާފީތަރްޖަމަތިލްބުރްދާ (ޞަފްޙާ 91) ފުލްސްކޭޕްސައިޒް. 1348 ހ.

އަރަބިބަހުންލިޔުއްވިތަކެތި

1-    ހުކުރުޚުޠުބާފޮތް (2) މިއިންކޮންމެފޮތެއްގައިމެ 48 ޞަފްޙާ. މިފޮތް 1345ހ. ވަނައަހަރުޗާޕުކުރީކަލްކަތާގައެވެ. މިއީ،ރާއްޖޭގެޚަޠީބުންނާއިމުދިމުންނަށްދައުލަތުގެފަރާތުންބެއްސެވިފޮތެކެވެ.

2-    މާލޭގައިޗާޕުކުރެއްވިޚުޠުބާފޮތް (ޞަފްޙާ 54) މިއީވެސްރާއްޖޭގެޚަޠީބުންނާއިމުދިމުންނަށްދައުލަތުގެފަރާތުންބެއްސެވިފޮތެކެވެ.

3-    އަޙްސަނުލްޢިބަރިފީޚައިރިވިލާދަތިސައްޔިދިލްބަޝަރި – ކުރުމާލޫދެއް – މިފޮތްޗާޕުކުރީބުމްބާގައެވެ. ވޯރާވިޔަފާރިވެރިއެއްގެ
ހަރަދުގައެވެ. ޗާޕުކުރީ 2000 ނަކަލު.

4-    ރަބީޢުލްއައްވަލުމަހުގައިކިޔާދުޢާތައް. 8 ދުޢާ. މީގެތެރޭގައިފޮނަދޫޚަޠީބުކަންކުރެއްވިއަލްފަޤީހުސިރާޖުއްދީންހެއްދެވިމުނައްޒަހުދުޢާއާއިއައްޝައިޚްއަލްފަޤީހްއަލްޤާޟީއިބްރާހީމްމަޖްދުއްދީން
ފަނޑިޔާރުތަކުރުފާނުހެއްދެވިމުޤައްދަސްދުޢާއާއިދެކުނުގޭދޮންމަނިކުހެއްދެވިދުޢާއަކާއޮންނާނެއެވެ.

5-    އަންނަފްޙަތުލްޢަންބަރިއްޔާފީއަޚްބާރިވިލާދަތިޚައިރިލްބަރިއްޔާ. މާލޫދެއް.

6-    ނަފްޙަތުލްމިސްކިއްޒަކިއްޔިފީބަޢުޟިމަންޡޫމާތިއައްޝައިޚްޢަލީއައްނުސްކިއްޔިވަކިތާބުއިރުޝާދުލްއަރީބިއިލާމިންނަޡުފިއްޝިޢާރި
ބިލްޢަރަބިއްޔަތިމިންޢުލަމާއިމަޙަލްދީބަ. (ޞަފްޙާ 231) 1357 ހ.
--------------------

  (ނިމުނީ)

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ