އަދުގެ ޚާއްސަ

Print

ބާރެއްނެތް ފަރާތަކުން އެހީއަށް ނޭދޭށެވެ!

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

ފަރަންސޭސިވިލާތުގައި ސިހުރު ހެދުމާއި، ފާލުބެލުންފަދަ ކަންތައްތައް ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. ދިރާސާތަކުން ދައްކާގޮތުގައި 1984 ވަނަ އަހަރު ފަރަންސޭސިވިލާތުގައި ތިބި މީހުންގެ ތެރެއިން 8 މިލިއަން މީހުން ސިހުރުވެރިންނާއި، ރަމަލުވެރިންގެ ބޭނުން ހިފައެވެ. މާނައަކީ ކޮންމެ ހަތަރު މީހަކުން އެކަކު ސިހުރާއި، ފާލުބެލުން ފަދަ ކަންތައްތައް ޤަބޫލު ކުރެއެވެ.

ފަރަންސޭސިވިލާތުގައި ސިހުރު ހެދުމާއި، ފާލުބެލުން ވަނީ ވިޔަފާރިއަކަށް ވެފައެވެ. ޓެކްސް ނަގާ މަޙުކަމާއިން ބަޔާންކުރާ ގޮތުގައި އެތާނގައި މިބާވަތުގެ ފަންސާސްހާސް މީހުން ޤަވާޢިދުން ރަޖިސްޓްރީ ކުރެވިފައި ވެއެވެ. މިއީ ފަރަންސޭސިވިލާތުގައި އުޅޭ ފާދިރީންނާއި، ޑޮކްޓަރުންނަށްވުރެ މާގިނަ ޢަދަދެކެވެ. މިވެރިންގެ އާމްދަނީ އަހަރެއްގެ މައްޗަށް 500 އާއި 600 މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދަކަށް އަރައެވެ.
ޕެރިހުން ފޮނުވި ރިޕޯޓެއްގައި އޭއެފްޕީ ނޫސް އެޖެންސީން ބަޔާން ކޮށްފައި ވެއެވެ.

With the deepening economic recession, more and more people are turning to the occult for relief for their physical and psychological ailments.

"އިޤްތިޞާދީ ޙާލަތު ދަށަށް ދިއުމުން ތިމާގެ ޖިސްމާނީ އަދި ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދަން ކަހީނުންގެ ގާތަށްދާ މީހުން ދަނީ ގިނަވަމުންނެވެ." (ޓައިމްސް އޮފް އިންޑިއާ – 5 މާޗް 1985)
ހަމަ ލޮލަށް ފެންނަން ހުންނަ ސަބަބުތަކުން ނުވަތަ ކަންތައްތަކުން އެހީ ހޯދުމަކީ މުޅިން ރަނގަޅު ކަމެއް ނޫން ކަމަށް އިންސާނާ ތަކުރާރުކޮށް ތަޖުރިބާ ކުރަމުން ދެއެވެ. މި ތަޖުރިބާ ކުރެވުމާއެކު އިންސާނާ މަސައްކަތް ކުރަނީ ފެންނަން ނެތް ވަސީލަތްތަކަކުން އެހީ ހޯދާށެވެ. ފެންނަން ނެތް ވަސީލަތްތަކުން އެހީ ހޯދަން އިންސާނުންނާ ދިމާއަށް އަތްދިއްކުރުމަކީ ކަނޑައެޅިގެން ކުށެކެވެ. އެއީ އެހީއެއް ފޯރުވޭނޭ ބާރެއްނެތް ފަރާތަކުން އެހީއަށް އެދުމެވެ.

ޙަޤީޤަތުގައި އިންސާނާއަށް އެހީއެއް ފޯރުވުމުގެ ބާރު ލިބިފައިވަނީ އެންމެ ފަރާތަކަށެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. މާއްދީ ވަސީލަތްތަކުން ތިމާ ބޭނުންވާ ހުރިހާ ބޭނުމެއް ނުފުދެނީ އިންސާނާ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ބޯލަނބަން ޖެހޭތީއެވެ. މާއްދީ ވަސީލަތްތަކުން އެހީ ނުލިބިގެން، އެއްވެސް ބާރެއްނެތް ފަރާތަކަށް ރުޖޫޢަވާ މީހާއަކީ ތެދުމަގުގެ އަލި ފެނިފައި އެމަގު ގެއްލިއްޖެ މީހެކެވެ.

(ނިމުނީ)

މި ލިޔުން؛

    ފޮނުވުން:   އަލްފާޟިލް ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    ޝާއިޢުކުރުން:     ''                 

ހަމަމިގަލަމުން

އިދާރާ

ވާހަކަ