އަދުގެ ޚާއްސަ

Print

ރޯދަ ހިފުން؛ ސައިންސުގެ އަލީގައި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޕްރޮފެސަރ ޙަސަން ޢުޤައިލް

ރޯދަހިފުމަކީ ދީނީކަމަކަށްވެފައި ދީނީގޮތުން ރަނގަޅު ހެޔޮ ކަންތައްތަކަކާއި ގުޅިފައިވާ ކަމެކެވެ. މިސާލަކަށް، ރަމަޟާންމަހު ދުނިޔޭގެ އެކިކަންކޮޅުތަކަށް ނިސްބަތްވާ ސައްތައިން ސައްތަ މުސްލިމުންގެ 1.79 ބިލިއަން މީހުން ރޯދަ އިގެ މަތިވެރި އަޅުކަމުގައި މަޝްޣޫލުވެ އެއްކައުވަންތަ ކަލާނގެއާ ކުއްތަންވުމަށް ތައްޔާރުވެއެވެ. މުސްލިމުން އެ މަހުގެ ފުރިހަމަ ސަވާބު ލިބިގަތުމުގައި އަވަދިނެތި އުޅެމުންދާއިރު، ރޯދައަށް ހުރުމުން އިންސާނާއަށް ޞިއްޙީގޮތުން ލިބިދޭ އެތަކެއް ފައިދާތަކެއްވާކަން، ފަހުގެ ޞިއްޙީ ހޯދުންތަކުންވަނީ އެނގިފައެވެ.  

ރޯދައަށް ހުރުން [ސަރޖަރީއަކާނުލާ ކުރެވޭ އޮޕަރޭޝަނެއް]


ޝައްކެއް ނެތް ގޮތުގައި ރޯދަ އަށް ހުރުމަކީ ބަޔޮލޮޖިކަލީ އިންސާނާއަށް ފަރުވާ ދެވޭނެ އެންމެ ރަނގަޅު އެއްގޮތެވެ. އެހެންކަމުން ރޯދަ އަށް ހުރުމަކީ ސަރޖަރީއަކާ ނުލައި ކުރެވޭ އޮޕަރޭޝަނެކޭ ބުނެވިދާނެ ކިތަންމެ ފުރުޞަތުތަކެއް އެބަހުއްޓެވެ. އިންސާނާ އަށް ލިބިފައި ވާ ލޮޑުކަމުގެ އިޙްސާސް ފިލުވައިލުމުގެ އެއް ފަރުވާއަކީ ވެސް ރޯދަ އަށް ހުރުމޭ ބުނެވިދާނެއެވެ. އަދި ހަމަ އެއާއެކު ގިނަ ވަގުތަށް ދެމިގެންދާ ރޯދައަކީ އިންސާނާގެ ހަށިގަނޑަށް ލުއިކަމެއް ގެނެސް އޭނާގެ ބަރުދަން ލުއިކޮށްދޭ ކަމެއް ކަން ސައިންސްގެ ހޯދުންތަކުން ވަނީ އެނގިފައެވެ. މި ކަމުގައި ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

ފިނީގައި ދިރިއުޅޭ ސާރިދޯޅާއި، އެއްތަނުން އަނެއްތަނަށް ދަތުރުކޮށް އުޅޭ ބޮޑުމަހާއި، ކުދިކުދި ސޫފާސޫފިތަކުގެތެރޭ ހިމެނޭ ކޮކާ ފަންޏާއި، ސެލްމަން މަހާއި، ހެޖްގޮހެގްސްއާއި، ހަރުފަޔާއި، ހޯނުގެ ޢާއިލާއަށް ނިސްބަތް ވާ ސެލެމެންޑާސް އާއި ފައިދިގު މަކުނާއި ވެލާފަދަ އެއްޗެހި އަހަރެއްގެތެރެއިން ހުސް ބަނޑާ އެތައް މަހެއް ވޭތުކުރާއިރު އަޅުގަޑުމެންގެ ހަށިގަނޑުވަނީ ޤުދުރަތީގޮތުން މިފަދަ ކަންކަމަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ހުސް ބަނޑާ ހުރުމުން ނުވަތަ ރޯދައަށް ހުރުމުން ހަށިގަނޑުގައި އެކުލެވިފައި ވާ ދުވަސްވީ ޓިޝޫތަކާއި ސެލްތަކާއި އަދި އަނދާ މަރުވެފައިވާ ޓިޝޫތައް ނައްތާލުމުގައި އެހީތެރިވެދެއެވެ.

ހަމައެއާއެކު ރޯދައަށް ހުންނަ ދަނޑިވަޅުތަކުގައި ހަށިގަނޑުގައި އުފައްދައިދޭ ނަޖިސް މަދުކޮށްދިނުމާއެކު، ބޭކާރު މެޓަބޮލިކްސްއާއެކު ހަށިގަނޑުގައި އުފެދޭ ސަރުބީ ވެސް މަދުކޮށްދެއެވެ.

ރޯދައަށް ހުންނަ ވަގުތު އިންސާނާގެ ޑައިޖެސްޓިވް ސިސްޓަމަށް ލުއިކަމެއް ގެނުވައިދެއެވެ.


ރޯދައަށް ހުންނަ ވަގުތު އިންސާނާގެ ކާނާ ހަޖަމުކުރުވައިދޭ ސިސްޓަމަށް ލުއިކަމެއް ގެނުވައިދިނުމުގައި އެހީތެރިވެދެއެވެ. އެގޮތުން ތާޒާ މޭވާއާއި ތަރުކާރީ ޖޫހަކީ ހަޖަމުކުރުމުގައި ލުއިކަމެއް ގެނުވައިދޭ ބާވަތްތަކެކެވެ.  ހަށިގަނޑުގައި އެކުލެވޭ ހަކަތައިގެ %10 ހުސްވެފައިވަނީ ހަށިގަނޑުގައި ގުޅިފައިވާ މެސްޓިކޭޝަން އެސިމިލޭޝަން އަދި ހަޖަމުގެ ބަޔަށެވެ. ސައިންސްގެ އަލީގައި ބަލާއިރު، ރޯދައަށް ހުރުމަކީ އިންސާނާގެ ޢުމުރު ދިގުކޮށްދިނުމުގައި އެހީތެރިވެދޭކަމެކެވެ. މިސާލަކަށް ޑޮކްޓަރ ފާރމަން އޭނާ ލިޔުއްވި ފޮތް [ފާސްޓިންގެ އެންޑް އީޓިންގް ފޮރ ހެލްތު] މި ފޮތުގައި ލިޔުއްވާފައި ވާ ލިޔުންކޮޅެއްގައި ބަޔާންކުރައްވާފައިވެއެވެ. އޭނާ ބަޔާން ކުރައްވާފައި ވާ ގޮތުގައި، އަޅުގަޑުމެން ޖަނަވާރެއްގެ ހަށިގަނޑުގައި އުފެދޭ ކެލޮރީސް މަދުކުރުމަށް އެ އަށް ކާންދިނުމުގައި ޚާއްޞަ މިންގަނޑެއް ގެންގުޅެފި ނަމަ ނުވަތަ ހުސް ބަނޑާ ވަކި ވަގުތަކާ ހަމައަށް ބާއްވައިފިނަމަ އެއީ އެ ދުނިޔޭގައި އުޅޭ ޙަޔާތުން ދުވަސްކޮޅެއް އިތުރުކުރެވުމުގެ ސިގްނަލެކެވެ. ހަމައެހެންމެ ހުސްބަނޑާ ވަގުތުކޮޅަކަށް ނުވަތަ ރޯދައަށް ބޭއްވޭ ޖަނަވާރުތަކުގެ ޙަޔާތް ދެ ގުނަ އިތުރުވެގެންދިއުމުގައި އެހީތެރިވެދެއެވެ.

ރޯދައަށް ހުރުމަކީ އިންސާނާގެ ތޫނުފިލިކަން އިތުރުކޮށްދޭ ކަމެއް


ރޯދައަށް ހުރުމުން އިންސާނާގެ ތޫނުފިލިކަން އިތުރުވެދާނެކަމުގެ ޔަޤީންކޮށްދީފައި ވަނީ ޑޮކްޓަރ ހަރބަޓް ޝެލްޓޮންއެވެ. މި ކަން ސާބިތުކުރުމަށްޓަކައި ރޯދައަށް ތިބޭ ސާޅީސްހާސް މީހުން އޭނާ ވަނީ 50 އަހަރުތެރޭ ސުޕަވައިޒްކޮށްފައެވެ. އޭނާގެ މެސްޖްގައި ބުނާގޮތުން ރޯދައަށް ހުންނަ ވަގުތު އިންސާނާގެ ހަށިގަނޑުގައިވާ ޑެޑް ސެލްތައް ނެތި ދިޔުމަކީ އޭނާގެ ވިސްނުން ކުރިއެރުވުމަށް އެހީތެރިވެދޭކަމެކެވެ. މިފަދަ ކަންކަމުގެ ޙަޤީޤަތްތަކަކީ ސައިކޮލޮޖިކަލް ސަބަބުތަކަށްވުން ވެސް ވަރަށް ގާތެވެ. އިންސާނާކަށް އޭނާ ކާކެއުން ހަޖަމުކުރުމަށްޓަކައި ގިނަ ޢަދަދެއްގެ ލެޔާއެކު ހަކަތަ ވެސް ހަށިގަނޑުގައި ދައުރުވުމަށް ބޭނުންވެއެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ބައިތައް ނެތިއްޖެނަމަ ދެން އިންސާނާ ބޭނުންކުރަނީ ސިކުނޑީގެ ވިސްނުމުގެ ބާރެވެ. ރޯދައަށް ހުރުމުގެ ސަބަބުން އެ އަންނަ ތޫނުފިލިކަން އަންނަނީ އިންސާނާ ރޯދައަށް ހުންނަތާ ދެތިން ދުވަސްފަހުންނެވެ. ސަބަބަކީ އެ ދުވަސްކޮޅަކީ އޭނާގެ ހަށިގަނޑުގައި ވާ ޓޮކްސިންފަދަ ބާވަތްތައް ސާފުކުރުމުގައި ހަށިގަނޑުގެ ސިސްޓަމް އަވަދިނެތި އުޅޭ ދުވަސްކޮޅެވެ. އެހެންކަމުން ގިނަ ފަހަރަށް މި ދުވަސްވަރު އިންސާނާ ޑިޕްރެޝަނަށް ދިޔުމާއެކު ބޮލުގައި ރިހުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. އަދި ހަށިގަނޑުގައި އުފެދިފައިވާ މިފަދަ ބައިތައް ނެތިދިޔުމުން ރޯދައަށް ހުރުމުގައި އޭނާއަށް ފަސޭހަވެގެންދެއެވެ.

އެހެންކަމުން ބައެއް މީހުންގެ ހަށިގަނޑާއި ސިކުނޑި އެކީ ސާފުވެގެން ދިއުމާއެކު ކަންކަމުގައި ވިސްނައިގަތުމަށް ފަސޭހަވެ ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ފަސޭހަވެގެންދެއެވެ. އަދި އަނެއްބައިމީހުން އަބަދުވެސް ލިބިދާނެ އިންޒާރަކަށް ތައްޔާރަށްތިބެ އެމީހުންގެ ވިސްނުން ފުޅާކުރުމުގައި ތައްޔާރަށްތިބެއެވެ. މެންޓަލީގޮތުންނާއި ނަފްސާނީ ހިއްސުތަކަށް ލިބިގެންދާ ކުރިއެރުމާއެކު ގިނަ ވަގުތު ރޯދައަށް ހުރުމުގެ ސަބަބުން ބައެއްފަހަރު އޭނާއަށް ޔޫފޮރިއާގެ އިހްސާސްވުމަކީ ވެސް އެކަށީގެންވާކަމެކެވެ. ބައެއްމީހުންނަށް ފުރަތަމަ އެކަން ތަޖްރިބާކުރެވޭނީ އިމޯޝަނަލް ބާރެއްގެގޮތުގައެވެ. ހަށިގަނޑުގެ ވަރު ދޫވެ މޫނުމައްޗަށް އަނދިރި ވާ ގޮތްވުން ދިމާވުމަށް އެންމެ ބޮޑަށް މެދުވެރި ވާ ކަމަކީ އޭނާއަށް ކެއުމުގައި ބޭނުންކުރެވޭ ބާވަތްތަކެވެ. އޭގެތެރޭގައި، ކެފެއިން އެކުލެވޭ ބާވަތްތަކާއި، މާގިނައިން ހަކުރު އެކުލެވޭ ބާވަތްތައް އަދި ޓޮބޭކޯ ހިމެނެއެވެ.

ތިރީގައިމިވަނީ ސައިންސްވެރީން ދެކޭގޮތުގައި ރޯދައަށް ހުރުމުން ލިބޭ ފައިދާތައް:


-    މެންޓަލީ އިންސާނާއަށް ކުރިއެރުން ލިބި ސިކުނޑީގައި ވާ ނުތަނަވަސްކަން ފިލައިގެންދިޔުން.

-    ސަލާމަތްކަމާ ފަސޭހަކަމާ ހަލުވިކަމާއެކު ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުން.

-    އިންސާނާއަށް އިހްސާސްކުރެވޭ ނުތަނަވަސްކަން ހަމަހަމަވެފައިވުން.

-    އާދައިގައި ނިދަން ބޭނުންވާވަރަށްވުރެ މަދު ނިންޖެއް ލިބުމާއެކު، ކިޔުމުގައި އިންސާނާއަށް ލިބިފައިވާ ހުނަރު ތަރައްޤީވެގެންދިއުން. އަދި ގިނަ ވަގުތަށް ރޯދައަށް ހުރުމުން ލިބިގެންދާ ހަކަތައިގެ މިންވަރު އިތުރުވުން.

-    ހަށިގަނޑުގައި ވާ އޯގަންސްތައް ރީޗާރޖްވުން.

-    ސެލިޔުލަރ ބަޔޯކެމިސްޓްރީ އެ ހުންނަން ވާ ވަރަށް ދިމާވެފައި ހުރުން.

-    ހަމަށް އޮމާންކަން ލިބިގެންދިއުން.

-    ތަންތަނަށް ދިއުމުގައި ހަށިގަނޑަށް ގެންނަ ޙަރަކާތްތައް އަވަސްވެގެންދިޔުން.

-    ނޭވާލުމުގައި އެއްވެސް ދަތިކަމެއް ނެތި ފަސޭހަވެގެންދިޔުން.
----------------
(ނިމުނީ)

އިދާރާ

ވާހަކަ