އަދުގެ ޚާއްސަ

Print

މި ކަމުގައި، ލަދެކޭ ގަތީ، އަތްބައްތިއެއް ނޫން... ނަންގަތިން!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް (2006)

ކާފަމެން އަތްބައްތި ފުމެ ނިއްވާލިތަން އެއް އަރިމަތިން
            ސާފުކޮށް ފެނުނޭ އަހަރެމެންނަށް  ދިމާ   ލޯ ކުރިމަތިން،

އޭރު މިގެ މީ ފަންފުރާޅެއް   ހަތަރު މުޑިޔަށް ބަރުކުރާ،
            ބޭރު ބިތުގައި ވޭ ވަށައިގެން ތިންރެހަށް ފަންބަރި ދެތިން،



ގޭ ބަގީޗާއެއް،       ތިޖޫރީއެއް    ނެތީމާ  އޭރުގާ،
            ބޭނުމެއް ނޫން ފޯރި މެެރުމަށް ބަޔަކު   ގޭ ތިރިޔާ މަތިން،

ރޭގަނޑަށް ވަންނަން އުޅޭ ވަގުވެސް ފުޅަލި ހުޅުވާލުމުން،
            ގޭގެ ހުސްކަންފެނިލުމާއެކު، ދޭ އެނބުރި   ވާ ހިތްދަތިން،  

ކަންމިހެން އޮއްވާ ނަސީބުގެ ބައްތިއެއް އަލި ދިއްލުމުން،
            ކަންކަމަށް މި އައީ ބަދަލު ރަޙްމަތްފުޅާއެކު،   މާ މަތިން،

އަހަރެމެންނަށް ޢިލްމު ލިބި، ދުޅަހެޔޮކަމާ އެކު ބޮޑުވުމުން،
            އަހަރެމެން، ގެ މި ބަދަލު ކޮށްލީ ގޭގެ ތެރެއާ   މަލަމަތިން،

ގަނޑުވަރެއް ފަދައިން މުޅިން ޒީނަތްވެ ޙަރަކާތް ގިނަވެގޮސް،
            ފަނޑުވުމެއް ނެތް ހާއުފާ އެންމެން  އެކީގާ    ލިބިގަތިން،

ރައްޓެހިން، ބީރައްޓެހިން، ގާތާ   ދުރުން އެކި ރަށްރަށުން،
            ހުއްޓިލާ ތިބެ ކަޅި އަޅާލީ، ދެން، ގެޔަށް   ކޮޅުކޮޅުމަތިން،

ރަޙުމު ހުރި ލޮލަކުން، ނަޒަރު އެވެރިން   އަމާޒު ކުރާނެހޭ؟   
            ޒަހަރަކަށް އާޚިރު ނަތީޖާ ވާނެޔޭ    އަހަރެން    ހިތިން،

ފޮނި ހިމޭން ހިނިތުންވުމާ، އެވެރިންގެ ދަޅަ ރީތިވި ބަޔަކު،   
            މިނިވަނުންނޭ ހީވި އިރު، ދަށުލައިފި ހިތް  މަކަރުގެ ދަތިން،

ކަން އެހެން ހަމަ ވާނެތާ، މި ނުބައި ފިލީގައި ޖެއްސުމަށް،
            ތަންމަތީގައި ވަޑުވަނީ  ޅަކުދީން ނަގައި   އަތްދަނޑިމަތިން،   

މުޅި ޙަޔާތް    ފާގަތިވެފައިވީމާ، މި ހީލަތުގައި   ހެމުން،
           ކުޅިވަރަށް އުޅެގެންފި ބައްތި ނިވާލުމަށް   ޅަ ކުދިން ދެތިން

މި ކަމުގާ ވިސްނާލި އިރު    ކާފަގެ އިހުގެ    އަތްބައްތިޔާ
            މިކުޅެވޭ ނޫރާ   ތަފާތޭ     ބަލަ އެތައް ހާސް ގޮތްމަތިން،

މި އަދު ގޭތެރެ އޮތްގޮތާއި،      ތަންދޮރު    ފިލާފާވާގޮތާ
            މި އަލި ނޫރުގެ ހައިބަތާ، މި ކަމަށް ނަޒަރު ހިންގަން އޮތިން

ކެކި އަރާ ދުވެ ފުމެ ނަށައި،  އަތްހޫރުވާ  ކުރި މިންނަތުން،  
            މި ކަމުގައި ލަދެކޭ ގަތީ، އަތްބައްތިއެއް ނޫން.. ނަންގަތިން،

ސާދަ ފަނަރައިގާ އަރާ ބުރުހަމަ ހަަނދަށް ފުމުނަސް އަނގައިން،
            އާދެ ވާޅުވެ ގުނބުހިލުން ނޫނީ ނެތޭ     މި ދުނިޔެމަތިން،  
                   ---------------------------
                        17 ޖޫން 2006

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ