އަދުގެ ޚާއްސަ

Print

އަބަދުގެ އާދޭސް

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 
ކަނީރު  ޢަބްދުއްރަޙީމް
                     
http://www.fanvai.info/images/stories/dua1.jpg     ޣައްފާރު ޔާ! ރަޙީމް ސަލާމަތް ކުރައްވަވާ
                          ކުށް ފާފައިން އަޅާ އަބަދުމެ ދުރު ކުރައްވަވާ
      މަރުމަތި އަމާންވެ ކަށްވަޅު އަލި ކުރައްވަވާ
                          ޢަރުޝީގެ ފިނިހިޔާ މަޙުޝަރުދުވަހު ދެއްވަވާ
      ބެއްލެވުމުގައި އަޅާގެ ހިސާބުލުއިކުރައްވަވާ
                         ގެއްލެނި ކުރައްވަވާ  ބައިގައި ނުހިމަނުއްވަވާ
       ކުރެވޭ ދަތުރު ޞިރާޠުމަގުން  ފަހި ކުރައްވަވާ
                            އުރެދުނުއަޅުން  ތިބޭ   ނަރަކައިގައި   ނުލައްވަވާ
      ތިޔަޒާތުފުޅު ދެކެން  މިއަޅަށް  ވާގި  ދެއްވަވާ
                            ތިޔަ ޙަޒުރަތުން  އެދުވަހުގެ  ބަރަކާތު    ލައްވަވާ
      ވޮޑިގެން އެދުވަހުމަޙުޝަރުގައި ވަގުތު ޚާއްސަވާ
                           ވޮޑިގަން ސަޖިދަ ކުރުން   ކުޅެދޭ ދަރުމަ   ދެއްވަވާ    
     ގަދަރާއި އިއްޒަތާ އެއްކައުވަންތަކަން   ތިޔަ ވާ
                          އަދަބާ އެކީ ހެކިވެ   ހުރުމުގެ      އުމުރު ދަންމަވާ
     އާދޭސް!  އަޅާ  ސަލާމަތްއެދި އަބަދު ދަންނަވާ
                        ފާނދޭ! އިޖާބަ  ރުހިވޮޑިގަތުމުން          ކުރައްވަވާ
               

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟