އަދުގެ ޚާއްސަ

Print

އަނގަމަޑުރާނީ(2)

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

ސުވާލުކުރާ މީހާ: މާތްރަސްކަލާގެ މިއުޑާއި ބިމާއި ދެމެދުގައި ލައްވާފައިވާ އެއްޗެއްވެ އެވެ. އެކަމަކު އެއްޗެއް މި އުޑާއި ބިމާއި ދެމެދުގައިވާ ޖާގައަށް ވުރެ މާ ތަނަވަސްކަން ބޮޑެވެ. އެއީ ކޮން އެއެްޗެއް ހެއްޔެވެ؟
ދަތުރުވެރިޔާ: އެއީ މާރަސްކަލާންގެ معرفة  ވެރިކަމުގެ  އިލްމުން ނޫރު ލެއްވިފައިވާ ޢިލްމުގެ ވެރިޔާގެ ހިތެވެ. އެހިތުގެ ވެރިޔާގެ ޢިލްމު ވެރިކަމުގެ ނޫރު ބިމާއި އުޑާއި ދެމެދުގައިވާ ޖާގަ ފަހަނަޅައި، އުޑުގެމަތީގައި ވާތަނާއި، ބިމުގެ އަޑީގައި ވާތަނަށް އޭނާ ހިތުގެ ނޫރުގެ އަލިކަން ފޯރުވައިފައިވެއެވެ.

ސުވާލުކުރާ މީހާ: އެ މޭވާއަށް ވުރެ ހިތި އެހެން މޭވާއެއް ނުވާފަދަ ހިތިމޭވާއެއް ވެއެވެ. އެކަމަކު ކޮންމެ މީހަކު ވެސް އެމޭވާގެ ރަހަ ބަލާނެއެވެ. އެއި ކޮން މޭވާއެއް ހެއްޔެވެ؟

ދަތުރުވެރިޔާ: އެއީ މަރެއެވެ. ދިރިހުރި ކޮންމެ އެއްޗެއް ވެސް މަރުގެ ރަހަ ދެކޭނެ އެވެ. އެއަށްވުރެ ހިތިރަހަ ގަދަ އެއްވެސް އެއްޗެއް ދިރިހުރި މަޙުލޫޤެއެއްގެ ހަލްޤުގެ ތެރެޔަކަށް ވާސިލެއް ނުވާނެއެވެ.

ސުވާލުކުރާ މީހާ: އެއަށްވުރެ ފޮނި އެއްވެސް މޭވާއެއް ނުވާފަދަ ފޮނި މޭވާއެއް ވެއެވެ. ކިތަންމެއް ގިނަވިއަސް އަދިވެސް ވާނީ މަދެއެވެ. އެއީ ކޮންމޭވާ ހެއްޔެވެ؟

ދަތުރުވެރިޔާ: އެި ތިމާއަށް ލިބޭ ދަރިންނެވެ. ތިމާއަށް ލިބޭ ދަރިންގެ ދަރިން ގިނަވެގެން ދާއިރު ވެސް، މައިދަރިވަންތަކަމުގެ ކުލުނުވެރިކަން ނިޔާކުރާ ގޮތުން ދަރިން ގިނަވެގެން ކަމުނުދާ ވަރެއް ނޯވެއެވެ. އެހެން ނުވާނަމަ ކޮންމެ އެއްޗެއްގެ ވެސް ނަސްލު ނެތިގެން ދިއުން ކައިރިވީހެވެ.

ސުވާލުކުރާ މީހާ: އެއްޒަމާނެއްގައި ކަނޑު ކައިރީ ރަށަކަށް ވަރަށް ބޮޑު މަޙްލޫޤަކު އަރައި، މީހުންނާއި ތަކެތި ހަލާކު ކޮށްފައި ފަތިހު މޫދަށް ފައިބާގެން ހިގައިދެއެވެ. އަނެއް މަހު އަރެއެވެ. އެއަށް އެއްވެސް ގޮތެއް ހެދޭވަރުގެ ހަތިޔާރެއްވީ ނެތް ކަމުގައެވެ. އޭތީގެ ނަމަކީ ކޮބައިހެއްޔެވެ؟

ދަތުރުވެރިޔާ: އޭގެ ނަމަކީ خلوقا  އެވެ. އެ خلوقا އަށް އޭތީގެ ސިފަ ފެނިފައެއް ނުވެއެވެ. އޭތި ހީކުރަނީ އޭގެ ދެވަނަ އެއްޗެއް ނޫޅޭކަމަށެވެ. އޭތި މަރައިލުމަށްޓަކައި، އެމީހުން ބޭނުން ކުރީ حكيم  އެއްގެ ބުއްދިވެރިކަމުގެ ދަށުން ތައްޔާރު ކުރި ކަންނާޑީއެކެވެ. އެރަށުގެ ބިއްލޫރި މަސައްކަތް ކުރާ އެންމެން އެ حكيم ކަލޭގެފާނުގެ ބުނުވިގޮތަށް ބޮޑު ކަންނާޑީއެއް ތައްޔާރުކޮށްފައި އޭތި ކަނޑުން އަރާމަގުގައި ބެހެއްޓީ އެވެ. އޭތި އެއްގަމަށް އެރުމުން ކަންނާޑީގެ މަތިގައިވާ ފޮތި ގަނޑުކަހައިލި އެވެ. އޭއްޗަށް އޭތީގެ އަމިއްލަ ހިޔަނި ފެނިގެން އެނާ ނޫނަސް އެކަހަލަ އެއްޗެއް އުޅެނީ ކަމަށް ހީކޮށް ރުޅި އައިސްގެން ފުފެމުން ފުފެމުން ގޮސް ވައި ކޮޅިއްސައެއްހެން  އަމިއްލައަށް އޭގެ ބަނޑު ފަޅައިގެން ގޮސް މަރުވީ އެވެ.
 
ސުވާލުކުރާމިހާ: މާތްރަސްކަލާގެ خزأنة އެއް ލައްވާފައި ވެއެވެ. އެ خزأنة ލިބިފައިވާ މީހާ އެ خزأنة އިން ހޭދަކުރި ވަރަކަށް ގިނަވަމުން ގިނަވަމުން ދެއެވެ. އެ خزأنة އިން ހޭދަނުކޮށް ބަހައްޓައި ފިނަމަ އުނިވަމުން އުނިވަމުން، މަދުވަމުން މަދުވަމުން ދެއެވެ.  އެއި ކޮން خزأنة ހެއްޔެވެ؟

ދަތުރުވެރިޔާ: އެއީ އިލްމު ވެރިކަމުގެ خزأنة އެވެ. އިލްމުވެރިކަމުގެ ޚަޒާނާ ލިބިފައިވާ މީހާ خزأنة އިން ހޭދަކުރި ވަރަކަށް ގިނަވަމުން ގިނަވަމުން ދެއެވެ. އެ ޚަޒާނާގެ ވެރިޔާ އެއިން ހޭދަނުކުރާނަމަ އޭނާގެ ހިތުގައިވާ ޢިލްމީ خزأنة  ހަދާން ނެތުމުގެ ތެރެއަށް ގެއްލި އުނިވަމުން ގޮސް އޭނާއާއެކު އެނެތި ހިގައިދާނެއެވެ.

ސުވާލުކުރާމީހާ ފުން މާނޭވާއެއްލައިފާ އޭނާގެ ދެފަރާތުގައިވާ މީހުންނަށް ބަލާފައި ބުންޏެވެ. މިދަތުރުވެރި ޒުވާނާ ސުވާލުތަކުގެ ޖަވާބު ރަގަޅު ކޮށްފިއެވެ. ދެން މީނާ ދެވަނަ ދޮރޯއްޓަށް ގެންދާށެވެ. އަނގަމަޑު ރާނީގެ ކާވެނި ލިބޭނީ އެދޮރޯށިން ދައްކާ ކަމެއް ކުރުމަށް ފަހުގައެވެ.

ދަތުރުވެރި ޒުވާނާއަށް ދެވަނަ ދޮރާށިން ޖެހުނީ ސަހަރުގެ ބޮޑުވަޅުން ސަހަރުގެ އެންމެންނަށް ފުދޭވަރަކަށް ފެންނާގާށެވެ. އެވަޅުން ފެންނަގާ ވަޑާންގަނޑު ހަދާފައިވާނީ ވަޅުގެ ކާރީގެ ހުރެގެން ހެންޑެއްޔަކުން މަސައްކަތް ކޮށްގެން ފެން ނެގޭގޮތަށެވެ. އެހެންޑެލީގައި ހިފާއިރު ފައިއެޅޭ ހިލަ، އެހިލަ މައްޗަށް މީހަކު އެރީމާ އަޑިޔަށް ގެބިލައެވެ. ދެން ހެންޑެލްއިން ވަރަށް ފަސޭއިން ފެންނެގެއެވެ. ނަމަވެސް މީހުން ހަދާގޮތަކީ ހެންޑެލްގައި ހިފައިފާ ވަޅު ތުންފަތުގައި ފައިވިދެފައި ދަމައިގަތީމާ މިހާ ވަރުބަލިވެ ގުނބު ހިލޭއިރުވެސް އެކަށީގެން ވުމާ ގާތްކުރާ ވަރަކަށް ވެސް ފެނެއް ނުނެގެއެވެ. ވަނީ ނާކާމީޔާބު އެވެ. މިފަހަރުގެ ދަތުރުވެރިޔާ ކަންތައް ކުރިގޮތަކީ އެހިލަމަތީގައި ހުރެފާ ހެންޑެެލްއިން މަސައްކަތް ކުރަން ފެށުމުން ވަރަށް ފަސޭހައިން ފެންނެގޭގޮތް ވެއްޖެއެވެ. ދެން ފެންނެގުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދެއެވެ. ފެންގަނޑު سيل  ހެދިގެން ސަހަރު ތެރޭގައި ދުއްވައި ގެންފިއެވެ. މުޅި ޓައުނުގައި ފެންބޮޑުވެ މީހުންނަށް މިކަމުގެ އުދަޤޫ ބޮޑު ވެއްޖެއެވެ. މިކަމުގެ ސަބަބުން އެންމެންނަށް ވެސް އެގެންވީ އެއްޗެއް އެގިއްޖެއެވެ. އަނގަމަޑުރާނީގެ ކާވެނި ޙައްޤު ވެރިޔާ ރަށަށް އަރައްޖެކަން އެންމެންނަށް ވެސް އެގިއްޖެއެވެ.
 
ސަރުކާރުގެ ފަރާތުން އައި ބަޔަކު ދަންނަވައިގެން ދަތުރުވެރިޔާ ފެން ނެގުމުގެ މަސައްކަތް ހުއްޓުވާ އޭނާ دارالحكوية އަށް ގެންދެވިއްޖެއެވެ. އޭގެ ފަހުގައި رسمى قواعد ތަކުގެ މަތިން އަނގަމަޑު ރާނީގެ ކާވެނި، އެކާވެނީގެ ޝަރުތުތައް ފުރިހަމަކުރި ދަތުރުވެރިޔާ އާއި ކުރެވި ކާވެނި މަޚްފިލްތައް ނިމއްޖެއެވެ. ކުރިން އަގަމަނޑު ރާނީގެ ރަސްކަމުގެ ކަންތައްތައް ކުރަމުން ގެންދިޔައީ ރާނީގެ އެއްބަނޑު އެއްބަފާ ދެފިރިހެން ކޮއްކޮ އެވެ.  

އަނގަމަޑުރާނީގެ ކާވެނީގެ ކަންތައް ނިމުމުން ރަސްކަމުގެ ރަސްމީ ކަންތައް ހިންގެވުން އަނގަމަޑުރާނީ އާއި ކާވެނިކުރެވުނު ދަތުރުވެރިޔާ އާއި ޙަވާލު ކުރެއްވިޖެއެވެ. ދަތުރުވެރިޔާ އާއި ރަސްކަމުގެ ކަންތައްތައް ޙަވާލުކުރެވުމުން حكومئَة ތައް ހިންގަވަން ފައްޓަވައިފި އެވެ. އެންމެ އިސް އަމުރުފުޅަކަށްވީ، އަނގަމަޑުރާނީ އާއި ކާވެނި ކުރުމަށް އައިސް އެރަށުގައި އަޅުވެތިވެފައިވާ މީހުން އެމީހުން ތިބި ޙާލަތަކާއި އެކު ބައްދަލު ކުރެއްވުމެވެ. އެކިމީހުންނަށް އެކި ވަރުގެ މިނިވަންކަމާއި ލުއިތައް ދެއްވުމެއެވެ. މިގެ ތެރޭގައިވާ، މިވާހަކައިގެ ބަޠަލު އަބިންނަށް ނުބައި ރަސްގެފަނު އެދަތުރުވެރިޔާ، މިހާރުގެ خكومئَة  ރަސްގެފާނު ފާހަގަ ކުރައްވައިފި އެވެ.

އޭނާ ހުންނެވީ ރަށުގެ ބޮޑު ސައުދާޤަރުގެ އަޅަކަށް ވެފައެވެ. އޭނާ އާއި ޙަވާލު ކުރެވިފައިވާ މަސައްކަތަކީ ސައުދާޤަރުގެ ތެޔޮ ހާނާ މީހުންގެ މަސައްކަތެވެ. މީހާ އާއި، މީހާގެ ހެދުން ވެސް ވަނި ތެލުން ތެމި ތަތްތެޅި ފޫމާތީ ފޫޖަހައި ވަސްނުބައި ވެފައެެވެ. خكومئَة  ރަސްގެފާނު މީނާ ބޮޑު ސައުދާގަރުގެ އަތުން އޭނާ ގަތް އަގުގެ ދެބައި ދެއްވާފައި ބައްލަވައި ގެންފި އެވެ. އޭނާގެ ލައިގެންހުރި ތެލުން ތަތް ތެޅުނު ހެދުން ބާލައްވައި، خكومئَة ރަސްގެފާނު ވިދާޅުވި އެވެ. ކަލޭ ކުރި ހިތްވަރުގަދަ މަސައްކަތުގެ ހަދާނެއްގެ ގޮތުންނާއި ކަލޭގެ އާޘާރީ ޙައްގެއްކަމުގައިވާ މިހެދުން އަހަރެންގެ އަތުގައި ބާއްވާނަމެވެ. އޭގެ ބޭނުންވާ ވަގުތު ކަލޭގެ ޙައްޤު ކަލެއަށް ދެއްވާނަމެ އެވެ. މިހެން ވިދާޅުވަފައި އެހެދުން ފޮރުވައިފި އެވެ.
 
ދެން އޭނާ حجام ން ނާ ޙަވާލު ކުރެވި حمام އަށް ފޮނުވައި ފެންވަރުވާ ވިލާތު ސައިބޯނީގެ ހަތްސައިބޯނި ހުސްވީ އިރު މީހާގެ ގައިހަން އެގޭ ވަރަށް ތާހިރު ކުރެވިއްޖެ އެވެ. ދެން  حمام ން ގެނެސް ބާވަތެއްގެ ދުމެއް އަޅައި އެދުން އޭނާގެ މުޅިހަށިގަޑުގައި ބުރުވައި، ވައްތަރެއްގެ ތެލެއް އުގުޅައި މީރު ވަސް ދުވާ ތަކެތި މުޅި ގައިގާ ހޭކުމުން ކަރުތެޔޮ ކަންމުޑު ވަސް ކެޑިއްޖެއެވެ. ދެން އޭނާއަށް ރަގަޅު ފޭރާން ދެއްވައި ގަޑުވަރު ތެރޭ ބޮޑު ބަދިގޭން ކޮއްތު ދެއްވި އެވެ. އޭނާއާ ޙަވާލު ކުރެވުނު މަސައްކަތަކީ خكومئَة ރަސްގެފާނު ދަރުބާރު ކުރައްވާ ކޮޓަރި ކޮޅު ކުނިކަހައި ތާހިރުކޮށް ގޮޑިމޭޒު އަތުރައި ދަރުބާރުގެ ވަގުތުގައި أمر އަކު ވަޒީރަކު ވިދާޅުވެއްޖެނަމަ ފެންތައްޓެއް ގެނައުން ފަދަ ކަންކަމެވެ.

އޭނާ އާއި ޙަވާލު ކުރެވުނު މަސައްކަތް އޭނާ ކުރާލެއް ރަގަޅުކަމަށް  خكومئَة ރަސްގެފާނު ތަޢުރީފު ކުރައްވައި ގާތްއެކުވެރިއެއްގެ ގޮތުގައި ބައްލަވަމުން ގެންދެއެވެ. އެންމެ ފަހުން އޭނާގެ މަސައްކަތް ބަދަލު ކުރައްވައިފިއެވެ. މިހާރު އޭނާގެ މަސައްކަތަކީ خكومئَة ރަސްގެފާނުގެ އަވަހާރަފުލު ލައްޕަވާ ކޮޓަރިކޮޅު ސާފުކުރުމާއި، އަވަހާރަފުޅަށް އޮންނަ އިރު ކުޅުފޮދު ޖަހަން ބޭނުންވާ ވަގުތު ކުޅުޖަހާ އެތި ދިއްކޮށްލުމާއި، ހެދުނު ރަސްގެފާނު ތެދުވެ ވަޑައިގެން ނާނޭފުޅު ފިއްލެވުމުން ހިކި ފޭރާންކޮޅުތައް ތައްޔާރުކޮށް ދެއްވުމާއި، ދަރުބާރުން ނިމިވަޑައިގެން ވަޑައިގަތުމުން ފައިންޕުޅުގައި އޮތްފައިވާން ޖޯޑުކޮޅު ބާލައްވައި އާފައިވާން ޖޯޑުކޮޅު ލައްވައި، ފައިންޕުޅުންް ބޭލުއްވި ފައިވާން ޖޯޑުކޮޅު ތާހިރުކޮށް ސާފުކޮށް އަނެއް ފަހަރަށް ތައްޔާރުކުރުން ފަދަ ކަންތަކެވެ.

 خكومئَة ރަސްގެފާނު ރޭގަނޑު އަވަހާރަފުޅަށް އޮންނަވާއިރު، އަވަހާރަޕުޅު ލެއްޕެވޭދެން އޭނާ އިންނަންޖެހެނީ ފައިމޮޑޭށެވެ. އޭނާ އެގޮތަށް ފައިމޮޑެން އިންނައިރު خكومئَة ރަސްގެފާނު އޭނާއާ ވާހަކަފުޅު ދައްކަވައި އެނާގެ ރަށް އަހައި ނަން އަހައި އޭނާގެ ވަނަވަރުތައް އޭނާ ލައްވައި ކިއުއްވަމުން ގެންދެއެވެ. އޭނާއާއި ވާހަކަ ދެއްކުމުގެ ތެރޭގައި އޭނާއަކީ ރަސްކަލެއް ކަމާއި، އޭނާއަށް އަނގަމަޑުރާނީގެ ކާވެންޏަށް ކުރިމަތިލާން ޖެހުނު ސަބަބަކީ އޭނާގެ އަންހެނުން عمىرة ގެ އަނގަގަދަކަމާއި ހެދިކަމަސް ދެންނެވި އެވެ. خكومئَة ރަސްގެފާނު ވިދާޅުވިއެވެ. ދެންކަލެއަށް ކަލޭގެ އަމިއްލަ ރަސްކަމަށް އަބުރައި ދެވިއްޖެނަމަ، ކަލޭގެ އަނގަގަދަ އަނބިމިހާއާމެދު ކަންތައް ކުރާނި ކިހިނަކުން ހެއްޔެވެ؟ އޭނާ ދެންނެވި އެވެ. އެ އަނގަގަދަ އަނބިމީހާ ކޮންމެގޮތަކަށް ވެސް ގަނޑުވަރުން ބޭރުކުރާނަމެވެ. ދެން خكومئَة ރަސްގެފާނު ވިދާޅުވިއެވެ. އަހަރެން ކަލެއަށް ވަރަށް ބޮޑަށް رحم ކުރަމެވެ. އަހުރެންނަކީ ވެސް ކޮންމެވެސް ސަހަރެއްގެ ރަސްކަލަކީމެވެ. އަހަރެން ޤަސްދުކުރަނީ، އަނގަމޑުރާނީ ކަލެއްއަށް ދީފާ އަހަރެން އަހަރެންގެ ސަހަރަށް އެބުރިދާށެވެ.

އަނެއް ދުވަހު ދަރުބާރު ހުޅުވުމުން خكومئَة ރަސްގެފާނު، އެރަސްގެފާނު ބޮޑުސައުދާގަރު އަތުން ބައްލަވައިގަތް އަޅުކަލޭގެއަށް، އަނގަމަޑުރާނީ އާއިީ އެރާނީގެ ރަސްކަން ދެއްވިކަމުގެ ވިދާޅި ބަސްފުޅު އިއްވައިފި އެވެ. އަނގަމަޑު ރާނީގެ ކާވެނީގެ ޝަރުތުތައް ނިޔާކުރާގޮތުން دارالحكومة އެގޮތް ޤަބޫލުފުޅު ކުރައްވައިފި އެވެ. ދެން އާރަސްގެފާނު އަނގަމަޑުރާނީގެ މިލްކުވެރިޔާ ކުޑަ ދުވަސްކޮޅެއްވާދެން ރަސްކަން ކުރެއްވުމަށް ފަހު، އަނގަމަޑު ރާނީ ގޮވައިގެން އޭނާގެ ސަހަރަށް ވަޑައިގަންނަވާ ވާހަކަފުޅު ދަރުބާރުގެ ބޭފުޅުންނަށް އިއްވައިފި އެވެ. ދެން ދެތިންދުވަހެއްގެ ތެރޭގައި ދަތުރަށް ތައްޔާރު ކުރައްވައި އެކަށީގެންވާ ލަޝްކަރަކާއެކު، އެރަސްގެފާނު އަނގަމަޑުރާނީ ގޮވައިގެން އެރަސްގެފާނުގެ ސަހަރަށް ވަޑައިގަންނަވައިފި އެވެ. ރަށްބޭރުގައި ލަޝްކަރު މަޑުކޮށްލުމުން އެރަސްގެފާނުގެ އަބިކަބަލުން عمىدة، އެކަށީގެންވާ އިއްޒަތާއިއެކު އެރަސްގެފާނާ އަނގަމަޑުރާނީ ގަނޑުވަރަށް ބައިލައްވާފިއެވެ. ދަރުބާރާއި ތަހުތުވަނީ مناسبة އާ އެއްގޮތަށް ޒީނަތް ކުރެވިފައިއެވެ. ރަސްގެފާނު ތަހުތުގައި އިށީދެވަޑައިގެން އެންމެ ފުރަތަމަ އަމުރުފުޅަކަށްވީ،  އެރަސްގެފާނުގެ އަނބިކަބަލުން عمىرة  އާއި ދިމާލަށް ބައްލަވައި ލައްވައިފާ ފަހުރުވެރިކަމާއެކު ވިދާޅުވިއެވެ. މިހާރު މިއިނީ މިގަނޑުވަރަށް އަނގަމަޑުރާނީ ގެނެސްފަ އެވެ. ދެންމެ އެންމެ ހިދުކޮޅަކަށް ވެސް ލަސްނުވެ، ކަމަނާ ކަމަނާގެ ގެއަށް ވަޑައިގަންނަވާށެވެ. މިގަނޑުވަރުން ނުކުމެ ވަޑައިގަންނަވާށެވެ. عمىرة  ދެންނެވިއެވެ. އާދޭހެއެވެ. އަޅުގަޑުގެ އަތުގައި މަނިކުފާނުގެ ހައްޤެއް އެބައޮތެއެވެ. އަޅުގަޑު ވަޢުދުވީ ފަދައިން މަނިކުފާނުގެ ޙައްޤު މަނިކުފާނަށް ރައްދުކޮށްފާ އަޅުގަޑު އަޅުގަޑު ގެއަށް އެބަދަމެވެ. މިހެން ދަންނަވައިފައި އެއްކަލަ ތެލުން ތަތްތެޅި ފޫ ޖަހައިފާވާ ހެދުން ބޮޑި ތަހުތުގެ ކުރިމައްޗަށް ޖައްސަވައިފި އެވެ. މުޅިތަނުގެ ވަސްނުބައިވެ މީހުން އޯކަށާ ދެމި ހޮޑުލެވޭ ވަރުވި އެވެ. ރަސްގެފާނު ގަތްލަަދުފުޅުންނާއި ވީ ހައިރާންގެ ބޮޑުކަމުން ވިދާޅުވާނެ ބަސްފުޅެއް ނޭގި ދެބަންދިޔަހަރުވެ އަނގަހުޅުވި މަތިތަށްޔަށް ވައި ވަދެ ތަހުތުގައި އެބައިންނެވި އެވެ. ހިތްޕުޅަށް އެރިއެވެ. ދެން އަހަރެން ބެޒާރުވުމަށް ވުރެ ދެރަ ހުތުރު އެއްވެސް ކަމެއް ނޯންނާނެ އެވެ. عمىرة އަކީ މިގަނޑުވަރާ މިސަހަރުގެ ރާނީ އެވެ. އެކަމަނާގެ މައްޗަށް އެއްވެސް ރާނިއެއް އިހެއް ނުކުރެވޭނެ އެވެ.

ބަހަކު ބުނި ތެރޭގައެ ޔަހަރީތި ގަންނަވާފައެ
    ސަހަރަށް މަގޮސްފާ ބުނެމެ އަހަރެން ހުރީ މުގުލުގައެ

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ