އަދުގެ ޚާއްސަ

Print

ކުރިޔަށް އޮތް ޕެރެގްރާފް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ



ޢަބްދުﷲ ނަޢީމު އިބްރާހީމް

ވާހަކަ ލިޔާ މީހަކު ވަރަށް ދިގު ވާހަކައެއް ލިޔުނެވެ. މިވާހަކަ ފެނިފައި އޭނާގެ ރަޙުމަތްތެރިޔަކު ބުނެލިއެވެ. "އަސްތާ- ހާދަހާ ދިގު ވާހަކައެކޭ-! މި ވާހަކަ ލިޔަމުންގޮސް ފޫހިވާ ގޮތެއް ނުވޭތަ-؟"
ލިޔުންތެރިޔާ އެއްވެސް ޖެހިލުމެއްނެތި ޖަވާބު ދިނެވެ. "އެއްގޮތަކަށްވެސް ނުވޭ– އަހަރެންގެ ވިސްނުމުގައި އަބަދުވެސް އޮންނަނީ ކުރިއަށް އޮތް ޕެރެގްރާފް-"

އިންސާނާގެ ޙަޔާތަކީވެސް ދިގު ވާހަކައެކެވެ. ކާމިޔާބީއާއި، ނާކާމިޔާބީގެ ޙާދިޘާ ތަކުން ފުރިފައިވާ ވަރުގަދަ ދާސްތާނެކެވެ. މިވާހަކަޔާ ގަޔާވެގެން ފޫހިނުވެ ކުރިޔަށް ދެވޭނޭ އޮންނާނީ އެންމެ ގޮތެކެވެ. އެއީ އަބަދުވެސް ކުރިއަށް އޮތް ޕެރެގްރާފާމެދު ވިސްނުމެވެ.

އާޚިރަތަށް ބަލާއިރުވެސް ކަންތައް އޮތީ މިހެންނެވެ. މި ދުނިޔޭގައި ޙައްޤާ އެއްގޮތަށް ދިރިއުޅެން ކަނޑައަޅާ މީހާ އޭނާ ހިނގައިގެން ނުވާނޭ އެއްވެސް މަގަކުން ނުހިނގާނެއެވެ. އޭނާ ބަލާނީ އަބަދުވެސް ޙައްޤު ގޮތުގައި ހުރެވޭތޯއެވެ. އޭނާ އިޚްތިޔާރު ކުރި މަގަކީ އެއްޗެއް ލިބުމުގެ ބަދަލުގައި، ހުރި އެއްޗެތި އަތުން ބީވެގެންދާފަދަ މަގެއްކަން އެނގުނަސް ހެޔޮ މަގު ދޫކޮށެއް ނުލާނެއެވެ. މި ދުނިޔޭގައި އޭނާގެ މަސައްކަތާއި، ޤުރުބާނީގެ އަގު ނުލިބޭނެކަން އޭނާ ދަންނާނެއެވެ.

މިފަދަ މީހަކު ބަޔަކު ގުޅުވައިދޭން އުޅުމުން ޝަކުވާގެ ލިސްޓެއް ހުށަހެޅުމަށްފަހު އޭނާޔާ ދުރަށް ޖެހިލާނެއެވެ. ރަޙްމަތްތެރިންކަމަށް ބެލި މީހުން ދެކޮޅުވެރިކަމާއެކު މޫނު އަނބުރާލާނެއެވެ. އެބަޔަކަށްޓަކައި މުޅި ދިރިއުޅުން ނަގާލި މީހުންގެ ފަރާތުން އޭނާއަށް ލިބޭނީ ހަމައެކަނި ހުތުރު އިލްޒާމެވެ. އޭނާގެ މަސައްކަތުން ފައިދާ ނަގާނީ އެހެން މީހުންނެވެ. އޭނާގެ މަސައްކަތުން ހޯދި ތަކެތިން ގަނޑުވަރު އަޅާނީ އެހެން މީހުންނެވެ. ބުރަ އެތައް މަސައްކަތަކަށްފަހުވެސް އޭނާ އުޅޭނީ ދެރަ ޖިފުޓިއެއްގައެވެ.
މިފަދަ ޙާލަތެއްގައި ޙައްޤުގެ މަގުގައި ސާބިތުވެ ހުރެވޭނީ ތިމާގެ ވިސްނުން އާޚިރަތާ ދިމާއަށް އެނބުރުވިގެންނެވެ. ވިސްނުމުގައި "ކުރިއަށް އޮތް ޕެރެގްރާފް" ބާއްވައިގެންނެވެ.

މޮޅު ކާމިޔާބީއެއް ލިބޭނީ "މިއަދު" ގެ ގެއްލުންތަކުގެ ބަދަލުގައި "މާދަމާ" ގެ އިނާމުތަކަށް ނަޒަރު ހިންގާ މީހުންނަށެވެ. މާދަމާ ލިބެންއޮތް އެއްޗެއްގެ އެދުމުގައި މިއަދުގެ މަތިން ހަނދާން ނައްތާލާ މީހުންނަށެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ