އަދުގެ ޚާއްސަ

Print

ރާއްޖެ ފަދަ ގައުމަކަށް ތިމާވެށީގެ މުހިންމުކަން

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އިޖުތިމާޢީ

 
މުޙައްމަދު މުވާޒު
                
އިންޑިއާ ކަނޑުގައި މާ ފައްޗެއްހެން ގަތާލެވިފައިވާ މި ދިވެހި ރާއްޖެ އަކީ ކުޑަ ޖަޒީރާ ޤައުމެކެވެ. އެހެން ކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ އެއް ޤައުމަކީ މި ދިވެހި ރާއްޖެ އެވެ. އެގޮތުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އެތަކެއް ގެއްލުންތަކެއް ލިބެއެވެ. އެހެންކަމުން ރާއްޖެ ފަދަ ޤައުމަކަށް ތިމާވެށި މުހިއްމުވަނީ ކިހިނެއްކަން ބަލާލުން މުހިއްމެވެ.
                
މިކަމާ ދޭތެރޭ ވިސްނާލާއިރު ރާއްޖެ އަކީ ބިންތިރި ޖަޒީރާ ޤައުމަކަށް ވީ ހިނދު މޫސުމަށް އަންނަ ބަދަލު ތަކުން ލިބޭ ގެއްލުންތަކުން ސަލާމަތް ކުރަން ޖެހިއްޖެއެވެ. އެގޮތުންދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު 2 މީޓަރަށް އުސްވުމުން މި ދުނިޔޭގައި މި ދިވެހި ރާއްޖެ އޮންނާނެ ބާވައެވެ. އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކާއި މެދު ވިސްނައި ފިކުރުކޮށް އެ ކަންކަމަށް ސަމާލުކަން ދެނީ ވަރަށް މަދު ބައެކެވެ.

އެގޮތުން، އުމްރާނީ ތަރައްޤީއަށްޓަކައި  ގަސްގަހާގެހި ކަނޑައި ހަދާ އިރު މި ކަންކަމާއި މެދު ވިސްނާލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ބާވައެވެ. މިހެން ކަންތައްތައް ވަމުން ދާނަމަ ވިހަ ގޭސް ތައް ޖައްވަށް ބޭރުވުމަށް މަގުފަހި ވެއެވެ. އެހެންކަމުން، އޯޒޯން ފަށަލަ ތުނިވެ އިންސާނުނަށް ކެތް ނުވާވަރަށްދުނިޔެ ހޫނުވެއްޖެ ނަމަ ވަރަށް ބޮޑެތި މައްސަލަ ތަކަކާ ދިމާވާނެ އެވެ.

އަޅުގަނޑުމެންނަށް މިހާރު ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ފަރުތައް ހަލާކުވުމަކީ ފާހަގަ ކޮށްލަން މުހިއްމު މައްސަލައެކެވެ. އެގޮތުން ގިނަ ބަޔަކު ވިސްނާނުލާ ކުރެވޭ ކުދިކުދި ކަންތައްތައް ބޮޑެތި މައްސަލަތަކާ ކުރިމަތި ލާން ޖެހެއެވެ. އެގޮތުން، ކުނިތައް މޫދަށް އެޅުމުން ޤުދުރަތީ ރީތި ފަރުތައް ހަލާކުވުމުގެ އިތުރުން އެތަކެއް ދިރުންތަކެއް މަރުވެއެވެ.އަދި މީގެ އިތުރުންވެސް ރަށްތައް ހިމާޔަތް ނުކުރެވުމުގެ ސަބަބުން ރަށް ގިރުމުގެ މައްސަލަތަކާއި ދިމާވެ ރަށްތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުންދެއެވެ.
                
ރާއްޖެ ފަދަ ޤައުމަކަށް ތިމާވެށި މުހިއްމު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަޑިއަށް ދާނެ ކަމުގެ ބިރު އޮތުމާއި އެކު ރާއްޖޭގެ ފަރުތައް ހަލާކުވަމުން ދާތީއެވެ. އަދި މީގެ އިތުރުންވެސްއުމްރާނީ ތަރައްޤީއަށްޓަކައި ގަސްގަހާ ގެހި ކެނޑުމުގެ ސަބަބުން ލިބެމުން ދާ ގެއްލުންތަކަށް ގިނަ ބަޔަކު ހޭލުންތެރި ކުރުމުގެ ބޭނުމުގައެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ