އަދުގެ ޚާއްސަ

Print

އުފާވެރި ދިރިއުޅުމަކަށް ރަނގަޅީ މާލެހެއްޔެވެ؟ ނުވަތަ ރަށްފުށް ހެއްޔެވެ؟

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވާހަކަ


މުޙައްމަދު މުއާޒު

ކޮންމެ މީހަކީވެސް އުފާވެރި ދިރިއުޅުމެއް ބޭނުންވާނެ މީހެކެވެ. އަދި މިފަދަ ދިރިއުޅުމެއް ލިބޭނީ ރަނގަޅު ވަސީލަތްތަކެއް ހުރެގެންނެވެ. އަދި ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި އުފާވެރި ދިރިއުޅުމެއް ލިބޭނީ މަލޭގައެވެ. އަދި އަނެއްބޔަކު ޤަބޫލު ކުރާގޮތުގައި ރަނގަޅު އުފާވެރި ދިރިއުޅުމެއް ލިބޭނީ ރަށްފުށުގައި ދިރިއުޅެގެންނެވެ. އެހެންކަމުން އުފާވެރި ދިރިއުޅުމެއް ލިބޭނީ މާލޭގައި ދިރިއުޅެގެންތޯ ނުވަތަ ރަށްފުށުގައި ދިރިއުޅެގެންތޯ ބަލާލުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.
 
އުފާވެރި ދިރިއުޅުމަކަށް މާލެ ރަނގަޅުވަނީ، ފެންވަރު ރަނގަޅު ޞިއްޙީ ވަސީލަތްތަކެއް ލިބެންހުރުމުންނެވެ. އެގޮތުން ރަނގަޅު ޑޮކޮޓަރުންނާއި އަދި ތަފާތު އެތަކެއް ބަލިތަކަށް ފަރުވާ ކުރެވޭ އެތަކެއް މެޝިނަރީސްތައް ހުރީ މާލޭގައެވެ. މިފަދަ އެތަކެއް ޞިއްހީ ހިދުމަތްމަތްތަކެއް މާލެއިން ލިބޭތީ މާލޭގައި ދިރިއުޅުން މުހިއްމެވެ.
 
އުފާވެރި ދިރިއުޅުމަކަށް ރަށްފުށް ރަނގަޅު ވަނީ، އެތަނުން ރަނގަޅު ތާޒާ ވައި ލިބޭތީއެވެ.އެގޮތުން އަތިރިމަތިންނާއި ރަށުގެ އެކި ހިސާބުން ތާޒާ ވައިތަކުން ހިތްތަކަށް ފިނިކަން ލިބެއެވެ.އެހެނީ ހިތް ހަމަޖެހިގެން ނޫނީ އުފާވެރި ދިރިއުޅުމެއް ނުލިބޭނެތީއެވެ.

އުފަވެރިވެރި ދިރިއުޅުމަކަށް މާލެ ރަނގަޅުވާ އަނެއް ސަބަބަކީ، މާލޭގެ ސްކޫލް ތަކުގެ ފެންވަރު ރަނގަޅުވުމެވެ. އަދި ސްކޫލް ތަކުގައި އުޅޭ ޓީޗަރުންނަކީ ވަރަށް ޤާބިލް ބައެކެވެ.އަދި ހަމައެހެންމެ  މާލޭގެ ޕްރީ ސްކޫލް ތަކުގެ ފެންވަރު ރަނގަޅުވުމާއިއެކު ދަރިންނަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމަށް  އެންމެ ބޭނުންތެރި ފައިދާ ހުރި ތަނަކީ މާލެއެވެ.
      
ކޮންމެއަކަސް، އުފާވެރި ދިރިއުޅުމަކަށް ރަށްފުށް ރަނގަޅުވާ  އަނެއް ސަބަބަކީ ތޮއްނުޖެހި ރަށްފުށުގައި އުޅެވޭތީއެވެ.  އަދި ތޮއްނުޖެހި އުޅެވޭނަމަ ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން މާ ބޮޑުވާނެއެވެ. އަދި ހަމަ އެހެންމެ ކޮޓަރިއެއް ނުވަތަ ގައެއް ކުއްޔަށް ހިފިޔަސް ދައްކަންޖެހޭ ކުލި ވަރަށް ކުޑަވާނެއެވެ. ކަންމިހެން އޮތުމާއި އެކު ރަށް ފުށުގައި ދިރިއުޅެން ފަސޭހަވެއެވެ.
       
އެހެންކަމުންއުފާވެރި ދިރިއުޅުމަކަށް  ރަށްފުށަށްވުރެ މާލެ ރަނގަޅެވެ. ސަބަބަކީ މާލޭގެ ސްކޫލް ތަކުގެ ފެންވަރު ރަނގަޅުވުމާއި ޞިއްހީ ހިދުމަތްތަކާއި ވަސީލަތްތައް ރަނގަޅުވުމެވެ. އަދި މިޔާއެކުވެސް އެންމެ ބޮޑަށް ވަޒީފާގެ ފުރުސަތު ތަނަވަސް ވެފައިވާތަނަކީވެސް  މާލެއެވެ. އެހެންކަމުން ރަށްފުށަށްވުރެ އުފެރިދިރިއުޅުމެއް ލިބޭނެ ތަނަކީ މާލެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ