އަދުގެ ޚާއްސަ

Print

ހަމަގޮތުގައި ބޭނުން ކުރުން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

ޖޫން 1984 ގައި އަމްރިތްސަރްގެ ސަވްރަން މަންދިރާ (ފައްޅިއެއް) ޚިލާފަށް ސިފައިންގެ ކޯޓްގައި ޝަރީޢަތެއް ފެށުނެވެ. އިންޑިއާގެ ސިފައިން ހިންގި މި ތަޙުޤީޤު ގެނަމަކަށް ކިޔާފައިވަނީ އޮޕަރޭޝަން ބްލޫސްޓަރ އެވެ. ސަވްރަން މަންދިރަކީ ސިކުންގެ ވަރަށް މުޤައްދަސް ތަނެކެވެ. މި ޙާދިސާގެ ސަބަބުން ސިކުންގެ ތެރޭގައި "ޝަހީދު" ވުމުގެ ފޯރި އުތުރު އަރައިގެންފިއެވެ. އެންމެ ފަހުން ގޮސް 31 އޮކްޓޯބަރ 1984 ގައި އިންޑިއާގެ އޭރުގެ ބޮޑުވަޒީރު އިންދިރާ ގާނދީގެ ގައިކޮޅަށް ބަޑިޖަހާ އަވަހާރަކޮށްލައިފިއެވެ. މިކަމެއް ކުރީ އެކަމަނާގެ ބޮޑީގާޑަކަށް ހުރި ސިކުންގެ މީހެކެވެ.

އޭގެ ފަހުން އޮތީ ޝަރީޢަތެވެ. 11 ފެބްރުއަރީ 1985 ގައި ޗީފް މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް އެސް. އެލް. ކަންނާގެ ކޯޓަށް ޤާތިލާ ދެކޮޅަށް 20 ޞަފްޙާގެ ޗާޖްޝީޓެއް ހުށަހެޅުނެވެ. މި މައްސަލަޔާ ގުޅިގެން ނޫހުގައި ލިޔުނު ރިޕޯޓްތަކުގެ ތެރެއިން އެއް ރިޕޯޓެއްގައި ލިޔެފައިވެއެވެ.
Satwant Singh has further been charged under section 27 of the Arms Act for using a weapon lawfully supplied to him to commit murder.

"ހަތިޔާރާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ޤާތިލް ސަތުވަންތް ސިންގ ގެ މައްޗަށް ކުރެވޭ ދަޢުވާގެ ތެރޭގައި ޖާއިޒު ގޮތުގައި އޭނާއަށް ލިބިފައިވާ ހަތިޔާރެއްގެ ބޭނުން ކޮށްގެން މީހަކު މަރާލުން ހިމެނެއެވެ." (ޓައިމްސް އޮފް އިންޑިއާ – 12 ފެބްރުއަރީ 1985)

ސަތުވަންތަ ސިންގާ ޙަވާލު ކުރެވުނު އޮޓަމެޓިކް ބަޑިއަކީ ބޮޑުވަޒީރު ޙިމާޔަތް ކުރަން ޙަވާލު ކުރެވުނު އެއްޗެކެވެ. ބޮޑުވަޒީރު އަވަހާރަ ކޮށްލަން ދިން އެއްޗެއް ނޫނެވެ. ވުމާއެކު އެ ބަޑިވެގެން ދިޔައީ ޖާއިޒު ގޮތުގައި ލިބިފައިވާ ހަތިޔާރަކަށެވެ. އެހެންނަމަވެސް އެ ހަތިޔާރު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން ޤާނޫނުގެ ކުރިމަތީގައި އޭނާ ކުށްވެރި އަކަށް ވެގެން ދިޔައީއެވެ. އެ ހަތިޔާރެއް ބޭނުން ކުރުމުގެ ސަބަބުން އޭނާއަށް އިނާމެއް ލިބިދާނޭ ފަދަ ހަތިޔާރެއް އޭނާ ބޭނުން ކުރި ގޮތް ނުބައިވުމުގެ ސަބަބުން އަދަބު ލިބެން ޖެހޭ މީހަކަށް އޭނާ ވެގެން ދިޔައީއެވެ.

ހަމަ މި ބީދައިން ﷲ އިންސާނާއަށް ދެއްވާފައިވާ ނިޢުމަތްތަކަކީ އޭނާގެ ޖާއިޒު ޙައްޤެކެވެ. އެއީ އޭގެ ބޭނުން ޖާއިޒު ގޮތުގައި ކުރާނަމައެވެ. އެ ނިޢުމަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުންދާނަމަ ﷲ ގެ ޙަޟްރަތުގައި އެމީހަކު ވެގެން ދާނީ ކުށްވެރި އަކަށެވެ. އާޚިރަތުގެ ޢަދާލަތުގައި އޭނާއަށް ލިބޭނީ ދުވަހަކުވެސް ސަލާމަތް ނުވެވޭ ވަރުގެ ބޮޑު އަދަބެކެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ