އަދުގެ ޚާއްސަ

Print

މިއަދު މި ގިސްލުމުގައި

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

cry                   
ކަނީރު
         
ނެތިއްޖެ ހިއްވަރު ޖޯޝާ  ދިވެހިފަޚުރު ހިތުގައި
ފެތިއްޖެ ހުރިވަރުކޮޅު ހުސްވެ  ފުން މި ވިސްނުމު ގައި
ހިތާމަޔާ ފިކުރާ ހާސްވެ ކަން ބޮޑުވެ   ނިތުގައި
ގިތާވެ ހަތަރު ފަށުގެ ރޫ   ދެމިއްޖެ  މި އަވައި  ގައި
މިވާގޮތާ  ވިގޮތާ  ވާނެގޮތް  އޮޅުން  ނުފިލައި
ދުވާލު ރޭވެ އަނދިރި  އަލި ވަނީ  މި  ގިސްލުމު ގައި
މިއައިއުސޫލު މިހެން މުޅި ދުނިޔެ ނުރައްކަލު ގައި

   
މިއައި އައުން މިތަނަށް ގެނުވި  ބޮޑު ބަދަލު ވުމު ގައި
ދިމިކުރަތީ ފަތުރައި ގައުމުތައް  ފަސާދައި ގައި
މިމޮޅު ރަނގަޅު ކަމުގައި  މި ތިބެނީ  ޔަގީން ކަމު ގައި
މިހެންމިކަން ރާވައި ދުނިޔެ އަށް މިމަޅިފައްތައި
މިހެން ހެދީމަ ލިބޭ    ބޮޑު ނަފާ   ބަޔަކު އަތު ގައި
މިއިން ފެށޭ ހަނގުރާމައިގެ ހޫނު  ހަމަލައި ގައި
މިއިން ވިކޭހަތިޔާރުން   ދެ  ލާބަ     ހޯދުމު  ގައި
ނުބައި މިފަދަ ރޭވުން ރޭވުމުގެ  މަތި  ފަޑީގައި
ނުބައިވެ ދުނިޔެ އެދޭ  ގިނަ ބަޔަކު  ތިބީ   އުހު ގައި
މިއަދުއަލުން އާ ތަކުރާއި މަނިކުގެ   ބޭނުމުގައި
މިއަދުގެ ދިވެހި މި އެއްމެން  ތިބީ    ދުޢާ  ތަކު ގައި
އަމިއްލަ ޝުހުރަތު ޖާހާ ތިޖޫރި އާއި   ދުރުގައި
އަމިއްލަ ގައުމުގެ  ވެރިޔަކު  ލިބުން   އަދާ  އެކު ގައި

ހަމަމިގަލަމުން

އިދާރާ

ވާހަކަ