އަދުގެ ޚާއްސަ

Print

ރާއްޖެއިން ތެޔޮ ފެނޭތޯ ބެލުން

ޝާޢިއުކުރީ އަންވަރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

 ޢަލީ ނަސީރު ގދ.މަޑަވެލި

    އާދެ! މިދުވަސްވަރަކީ އެކިއެކި ވަޢުދުތަކުގެ ދުވަސްވަރެކެވެ. ރިޔާސީ އިންތިޚާބް ކައިރިވަމުން އަންނާތީއެވެ. މި ވަޢުދުތަކަކީ އިންތިޚާބުގައި ވާދަކުރައްވާ ބޭބޭފުޅުން، އެބޭބޭފުޅުންގެ ޤާބިލުކަމާއި، ކެރިފޯރުންތެރިކަން ހާމަކޮށްދެއްވުމަށްޓަކައި ވިދާޅުވަމުންގެންދަވާ ވާހަކަފުތަކެއްކަމަށް ޤަބޫލުކުރައްވާ މީހުންވެސް މަދެއްނޫނެވެ.

ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި ތެޔޮފެނިއްޖެނަމަ، ފަތުރުވެރިކަން ދަށަށްދާނެއެވެ. އެހެން ނަމަވެސް އަޅުގަނޑުދަންނަވާނީ، ޤުދުރަތީވަޞީލަތްތަކާއި، މަސްނޫޢީ ވަޞީލަތްތަކުގެ ބޭނުމަކީ އިންސާނުން ތަރައްޤީވުމަށްޓަކައި ބޭނުންކުރާ ކަންކަމެވެ. ތަރައްޤީވުމަށްޓަކައި ބޭނުންކުރާ ކޮންމެ ވަޞީލަތަކީވެސް "އެވަޞީލަތެއްގެ ސަބަބުން" ދީނާއި ދުނިޔޭގެ މަޞްލަޙަތަށް ގެއްލުމެންނުވާނެ ކަމެއްކަމަށްވާނަމަ، މައްސަލައެއްއޮތް ކަމެއް ނޫނެވެ.


ޤުދުރަތީ ވަޞީލަތްތައް ހޯދުމަށްޓަކައި މަސައްކަތްކުރުމަކީ، ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއްކަމަށެވެ. އިންސާނުންނަށް ލާހިކު ކޮންމެކަމަކީވެސް ގަދައަޅާ މަސައްކަތްކޮށްފި ނަމަ، ކުރެވޭނެ ކަންކަމެވެ. ބުރަމަސައްކަތުން މެނުނީ ރަނަޅު ނަތީޖާއެއް ނުނިކުން ނާނެ އެވެ. ދުނިޔޭގެ އެއްވެސް ޤަވްމަކުން ދުނިޔޭގައި ލެއްވިހާ ވަޞީލަތްތަކެއް ލިބޭކަށް ނުހުރެއެވެ. އަދިހަމައެއާއެކު އެއްވަޞީލަތަކާ އެކު، ތާއަބަދު ދެމިއޮތް ޤަވްމުތައްވެސް ނެތެވެ. އެގޮތަށް ދެމިއޮވެވޭކަށްވެސް ނޯވެއެވެ. އެގޮތަށް އޮވެވޭނަމަ މިރާއްޖެ ތާއަބަދު ދެމިއޮތީހީ ބޮލީގެ ސިނާޢަތުގެ ނުވަތަ ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާޢަތުގެ މަތީގަ އެވެ. ދުނިޔޭގެ ހުރިހާ ޤަވްމުތައް ދެމިއޮތީ ފަތުވެރިކަމުން ލިބޭ ނަފާއަށް ބަރޯސާވެގެންތޯ ނުވަތަ ނޫންތޯ ވިސްނާލަން އެބަޖެހެއެވެ. ޤުދުރަތީ ގޭހުގެ މުއްސަނދިކަން އޮތް ބަޔަކަށް ބޯޓްދެލީގެ މުއްސަނދިކަން ބޭނުންވާނެތޯއެވެ؟ ތެލުގެ މުއްސަނދިކަން އޮތް ބަޔަކަށް ރަންރިހީގެ މުއްސަނދިކަމެއް ބޭނުންވާނެ ތޯއެވެ؟

އާދެ! 1972 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ފަތުރުވެރިކަމުގެ މުއްސަނދިކަމެއް ނެތެއްނޫންތޯއެވެ؟ އޭގެކުރިން އޮތީ ކަނޑު މަހުގެ މުއްސަނދިކަން ނޫން ތޯއެވެ؟ އެމެރިކާ މުއްސަނދިވީ ދުންފަތުގެ ސަބަބުންނެވެ. އެއީ ބްރައޯން ގޯލްޑް އެވެ. ގަލްފުގެ ޤަވްމުތައް މުއްސަނދިވީ ތެލުގެ ސަބަބުންނެވެ. އެއީ ބްލެކް ގޯލްޑް އެވެ. އޮސްޓްރޭލިއާ މުއްސަނދިވީ ރަނުގެ ސަބަބުންންވެ. އެހެން ނަމަވެސް ސިންގަޕޫރު މުއްސަނދިވީ މަސްނޫޢީ މަސައްކަތުންނެވެ. ދިވެހިރާއްޖެއަކީ އެއްބައްރުން އަނެއްބައްރަށް ދަތުރުފަތުރުކުރި މީހުން ހުރަސްކުރި ބަދަރުމަތީ ރަށްތަެކެވެ. މިރަށްތަކުގެ ފުރަތަމަ ވަޒަންވެރީންނަކީވެސް އެމީހުންވެ. ވުމާއެކު، މިއަދުވެސް ވަޔާއި، ކަނޑުގެ ދަތުރވެރީންނަށް ޚިދުމަތްތަކެއް ފޯރުކޮށްދީގެން މަސްނޫޢީ ސިނާޢަތެއް ޤާއިމުކުރެވިދާނެ އެވެ.

އަވައްޓެރި އިންޑިއާ އަކީވެސް ތެލާއި ދުރު ޤަވްމެއް ނޫނެވެ. އަދި ސިރިލަންކާ އަކީވެސް ތެލާމެދު އުންމީދުކުރެވޭ ޤަވްމެ
ކެވެ. ނަމަވެސް އެޤަވްމަށް އޮތް ހުރަހަކީ ތެލާމެދު އުންމީދުކުރެވޭ އައްޓަކީ (ޕްލޭޓް) އިންޑިއާގެ ޕްލޭޓެއްކަމަށް ބުލެވޭތީ އެޅިފައިވާ ހިޔަންޏެވެ. މިރާއްޖެ އޮތީވެސް އިންޑިއާގެ އަށީގައެވެ. ވުމާއެކު ދިވެހިރާއްޖެ އުފެދުމާއި އަދި މިރާއްޖެއިން ތެޔޮފެނޭތޯ ކުރިން ކޮށްފައިވާ މަސައްކަތާމެދު ބަލާލަމާތޯއެވެ؟
އާދެ! "ރީ ޔުނިއަން" އަލިފާންފަރުބަދަ ގޮވުމާއި ދިވެހިރާއްޖެ އުފެދުމާމެދުމާމެދު ސައެންވެރިން ބުނަނީ، ގާތްގަނޑަކަށް މީގެ 136 މިލިއަން އަހަރުކުރިން ޕެންގިއާއީ ދެބަޔަކަށް ކެހިގެންގޮސް މާސިންގާ ބިޔަ ދެބައި އުފެދުނެވެ. އޭގެތެރެއިން އުތުރަށް އޮތް ބިޔަ އަދި ބޮޑުބަޔަށް ކިޔާ ނަމަކީ "ލޫރޭޝިއާ" އެވެ. ދެކުނުގަ އޮތް ބިޔަ އަދި ބޮޑު ބަޔަށް ކިޔާ ނަމަކީ "ގޮންޑްވަނަލޭންޑް" އެވެ. މިދެބައިގެ ދެމެދުގައި އޮތް މާސިންގާ ކަނޑަށް ކިޔާ ނަމަކީ "ޓެތީސް" އެވެ. ގޮންޑަވަނަލޭންޑް ބައިތަކަކަށްބައިވެ، އެޓްލާންޓިކް ކަނޑު  އުފެދި އެކަނޑު ބައިވެ، އެފްރީކާ ބައްރާއި، އެމެރިކާ ބައްރު އުފެދުނެވެ.

އަލިފާންފަރުބަދަ ގޮވައި އެއިން ފޭބި އޮލައަލިފާންކިސަޑް (ލާވާ) އިން އުދެނުނު ޓެކްޓޯނިކް އަދި ޖިއޮލޮޖިކް އަށި، ބިންގަނޑުގެ އަޑިން ގޮވި ގޮވުމަކާއި ގުޅިގެން އެދި އެޙަްރަކާތުގައި ކައްސާލި ކައްސާލުމެއްގެ ސަބަބުން ކަނޑުގެ ނުވަތަ ފެނު އަޑީގެ ތަރަހަ ސިފަވެގެން ދިޔައެވެ. ކުއްލިއަކަށް މެދުވެރިވި މިބޮޑު ޙަރަކާތާއި ގުޅިގެން ލޫރޭޝިއާ ކުދިކުދިވެ، މީގެ 66 މިލިއަން އަހަރު ކުރިން އުތުރު ބައްރު އުފެދި ފުރިހަމަވެފައި ވެއެވެ. އިންޑިއާ ކަނޑު އުފެދެންފެށީ މީގެ 150 މިލިއަން އަހަރު ކުރިންނެވެ. އެދުވަސްވަރު އިންޑިއާ އަކީ، ގޮންޑަވަނަލޭންޑް މާބައްރުގެ ދެކުނު ބައެކެވެ. އޭޝިއާ އަކީ، ލޫރޭޝިއާ ބިމުގެ އުތުރުގެ މާބައެކެވެ. އެދުވަސްވަރު ޓެކްޓޯނިކްސް ތަކަށް ލޮޅުންއައިސް އިންޑިއާ އެކުލެވޭ ބިމުގެ އަށި މަޑުމަޑުން އުތުރަށް ކައްސަމުން ދިޔައެވެ. އިންޑިއާ ކަނޑުގެ ތެރެއިން މިއަށި ހަރާތްކުރުމުންދިޔައިރު ހޫނުމާއްދާތަކާއި ގުޅި ލާމެހިގެން ދިޔައެވެ. މިހޫނު ކުނޑިތައް އެކުވެ، އުފެދިފައިވާ ބަޔަކީ، ގާތްގަނޑަކަށް މިހާރުގެ ރީޔުނިއަން އައިލެންޑެވެ. މިހޫނު ދަގުއިތައް ނުވަތަ ކުރިން ބުނެވިދިޔަ "ލާވާ" ތައް ދިވެހިރާއްޖެ އުފެދުމަށް (އާދަޔާޚިލާފް) ވަރަށްއިސް ދަވްރެއް އަދާކޮށްފައި ވެއެވެ.

ސައިންސުގެ ހޯދުންތަކުން ކަށަވަރުކޮށްދެނީ، އިންޑިއާގެ މައިވަންތަ އަށީގެ ބޮޅުތަކާއި ދިވެހި ރާއްޖޭގެ އަށީގެ ބޮޅުތައް ނުވަތަ ދިވެހިރާއްޖެ އުފެދިފައިވާ (RIDGE) ޗާގޯސްގެ ރަށްތަކުން ފެށިގެން އުތުރަށްގޮސް ދިވެހިރާއްޖޭގެ ރަށްތަކާއި އަދި ލަކްޝަދީޕް ވެސް ފަހަނަޅާ ހޮޓް ސްޕްޓްގެ ކުންނާއި ހަމަޔަށް  ވާސިލުވެފައިވާކަމެވެ. އަލިފާން ފަރުބަދައިން ފޭބި ދަގުއި އިން އުތުރަށް ދެމިގެންދިޔަ ބައިގައި އިންޑިއާގެ (އިންޑިއަން މައިވަންތަ) އަށި އުފެދި ހިމޭންވި އެވެ. އިންޑިއަން އަށި އުތުރަށް ކުރިދަތުރު ނިމިފައިވަނީ އޭޝިއާގެ ދެކުނު އައްޓާއި ހަމަޔަށެވެ.އެހިސާބަށް ދެމިގެން ދިޔަ ދިއުމުގައި އުފެދުނު ވަރަށްބޮޑު އަދި ބިޔަ ކުރުގެޅުމަކަށް ނިމުމެއް އައީ، ހިމާލިޔާ އަށީގެ ބޮޅުތަކާއި އެކުވެ، ހިނގި މުޑިއެރު މެއްގައެވެ.އެ ހަރަކާތުގައި އިންޑިއާ ކަނޑުގެ އަޑީގެ ތިލަވަތްގާ އުފެދި (ފަށަލަ ތަކެއްގެ ގޮތުގައި) އަނތުނަރު ނުވަތަ ގޮނޑުދޮށްތައް ސިފަވެފެ ނިމުމަކަށް އައެވެ.

މުސްކުޅި ރީޔުނިއަން އަލިފާން ފަރުބަދަ ގޮވައި އެއިން ފޭބި ލާވައިން ދިވެހިރާއްޖޭގެ ސިފަ އެކުލެވި ވަރަށް ދިގު މުއްދަތެއްގެތެރޭގައި (ވަރަށްވެސް ލަސްލަހުން) އުފެދި، އިންޑިއާ ކަނޑުގައި މާބަޑުވެ އެކަނޑަށް އުފަންވެ، މިހާރު މިއޮތްގޮތަށް މިރާއްޖެ ބުރުސޫރަ ކުރެވުނީއެވެ. އަލިފާން ފަރުބަދައެއްގެ މަތީގައި އޮތް ޓެކްޓޯނިކް ޕްލޭޓެއްގެ މަތީގައި އޮތް ދިވެހިރާއްޖޭގެ ރަށްތަކުގެ ބިންގަލުގެ އަސްލުކަމަށްވާ ފަރުބަދަ ލަސްލަހުން އިންޑިއާ ކަނޑަށް ޣަރަގުވެ، އެފަރުބަދަ މަތީގައި ކުނޑި އުފެދި އެފަރުބަދަމަތީގައި ތަތްވެ އެފަރުބަދައިގައި އުފެދުނު މަތީފަށަލަ އަކީ ދިވެހިރާއްޖޭގެ ބިމުގެ ބިންގަލުގެ އަޞްލެވެ. އޭގެ މިލިއަން އަހަރުތަކަށްފަހު، އިސްވެ ލިޔެފައިވާ ލޮނދި ފަށަލައިގެ ކުނޑިތަކަށް ދިރުންލިބި އެ ފަރުބަދަމަތީގައި އުފެދި ބޮޑުވި މުރަކައިގެ އަސްލަކީ (މުރަކައިން އުފެދިފައިވާ) މި ދިވެހިރާއްޖޭގެ ރަށްތަކެވެ. މުރަކައިން އުފެދެނީ ދޮންވެއްޔެވެ. ދިވެހިރާއްޖެއާއި މަލިކާއި އަދި ފޯޅަވަހީގައި ވަނީވެސް ދޮންވެލިން އުފެދިފައިވާ ޖަޒީރާތަކެކެވެ. (ދިވެހިރާއްޖެ ކުރިންއޮތީ އެހެން ސަރަހައްދެއްގައި ކަމަށްވާނަމަ، އަލިފާންފަރުބަދަ މަތިން ރާއްޖޭގެ އަށި މިވަނީ ކައްސާލާފައެވެ.) ލިޔެވިފައިނުވާ އަދި ހުސްކަމެއްގެ ތެރެއަށްގޮސް ގެއްލިފައިވާ ތާރީޚުން އެނގޭގޮތުގައި ދިވެހިރާއްޖެއޮތް އަށި އުފެދުފަހުން މިހާރު 225 މިލިއަން އަހަރަށްވުރެ ގިނަވެދާނެކަމަށް ބެލެވެއެވެ. (ރީޔުނިއަން އަލިފާފަރުބަދަ ހިމެނޭ ސަރަޙައްދަކީ މަޑަގަސްކަރައިގެ ދެކުނތަނޑީގައި މޮރިޝަސްގެ އިރުމަތީ ބިތުގައި އިންޑިއަން އޯޝަން އެވެ.)

ރާއްޖޭގެ ހަފަރާތަށް ބަލާލާއިރު ރާއްޖޭގެ އުތުރުގައި އޮތީ، ލަކްޝަދީޕް އައިލެންޑްސް އެވެ. ލަކަޑީވް އައިލެންޑްސްގެ އުތުރަކީ، އެރެ ބިއަން ސީ އެވެ. ލަކްޝަދީޕްގެ ހުޅަނގު އުތުރުން އެންމެ ފާހަގަކޮށްލެވޭތަނަކީ، ސުއްކަތުރާއެވެ. އެއީ ޔަމަނުކަރައިގެ ދާއިރާއެވެ. ލަކްޝަދީޕް އާއި ޖެހިގެން ދެކުނުގައި އޮތީ މަލިކެވެ. މަލިކާއި ޖެހި މަލިކު ކަނޑުގެ ދެކުނަށް އޮތީ ދިވެހިރާއްޖެ އެވެ. ދިވެހިރާއްޖޭގެ އިރުމަތީގެ ކަނޑަކީ ލަކަޑީވް ސީ އެވެ. ރާއްޖޭގެ ދެނުގައި އޮތީ ޗާގޯސްގެ ރަށްތަކެވެ. ޗާގޯސް އާއި ޖެހިގެން ދެކުނަށް އޮތީ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވަސެވެ. އެ ދިމާއިން ދުރު ހުޅަނގުގައި އޮތީ ސީޝެލްސް އެވެ. ރާއްޖޭގެ ދެކުނުގައިއޮތީ، ފޯޅަވަހި ނުވަތަ ޑިއެގޯގާރސިއާ އެވެ. ރާއްޖެއާއި ޑިއެގޯ ގާރސިއާ އާއި އިދެމެދުގެ ދުރުމިނަކީ 420 ވަރަކަށް މޭލެވެ. ރާއްޖޭގެ އިރުމަތީ ބިތުގައި އޮތީ، އިންޑިއާ އެވެ. ހުޅަނގުބިތުގައި އޮންނަނީ، ސޯމާލިއާ އެވެ. ދިވެހިރާއްޖެ އޮތީ އީކްއޭޓަރުގެ ހަތްދިހަ ޑިގްރީގައެވެ. ރާއްޖޭގެ އަނެއްފަރާތަކީ، މާސިންގާ ޕެސިފިކް ކަނޑުގެމެދެވެ. އެއީ އީކްއޭޓަރުގެ އަނެއްފަރާތުގެ ސަތޭކަ ސާޅީސް ޑިގްރީއަށް ސީދާވާ ރޮގެވެ. އެއްވެސް ޤަވްމަކާއި ދިވެހިރާއްޖެ އާއި ބިމުގެގޮތުން ދިމާނުވެއެވެ. ޕެސިފިކް ކަނޑަކީ ބޮޑުމިނަކީ 000،000،181 އަކަކިލޯ މީޓަރެވެ. އެއީ ބިމުގެ ބޮޑުމިނުގެ ގާތްގަނޑަކަށް 3/1 އެވެ. އެކަނޑުގެ ދެކުނުބިތަކީ ދެކުނުސީ އެވެ. އެކަނޑުގެ ފުންމިނަކީ 15215 ފޫޓެވެ. ނަމަވެސް އެންމެ ފުން ނުކުތާއަކީ 36200 އަކަފޫޓުގެ މެރިއާނާ ޓްރަންޗެވެ. ހަވަނަ ފަރާތަކީ، ހުސްކަމެއްގެ ތެރެއަށްގޮސް ގެއްލިފައިވާ ހަވާ އެވެ.

އާދެ!  ރާއްޖޭގެ ބައެއް ރަށްރަށުގައި 1980 ގެ ކުރީކޮޅު ކުރި އާކިއޮލޮޖިކަލް ދިރާސާތަކަކަށްފަހު ނޯވޭގެ އާކިއޮލޮޖިސްޓް ތޯ ހައިދާލް ވިދާޅުވެފައިވަނީ ރާއްޖޭގައި މީހުން ދިރިއުޅެން ފެށި ތާރީޚް ވަރަށް ފަހަތަށް ދާކަމަށެވެ. ފ. ނިލަންދޫގައި ހުރި ވީރާނާވެފައިވާ ފައްޅިއެއްގެ ގާކޮޅެއް ލެބޯޓްރީގައި ތަހްލީލްކޮށް ބެލުމަށްފަހު ބުނެފައިވަނީ، އެއީ މީލާދީން 550 ގެ ތާރީޚެއްގެ ތަނެއްކަމަށެވެ. އަދި އޭނާ ނިންމެވި ގޮތުގައި ޔޫރަޕްގެ ގައުމުތަކުން އިންޑިއާ ކަނޑުގެ ސަރަހައްދަށް އައުމުގެ 1000 އަހަރު ކުރިން ވަރަށް ކުރިއަރާފައިވާ ހަޒާރަތެއް ރާއްޖޭގައި އޮތެވެ. އަދި ތޮއްޑޫން ވަނީ 90 ބީސީގައި ރޯމުގައި ބޭނުންކުރި ވައްތަރުގެ ފައިސާ ފޮއްޗެއްވެސް ފެނިފައެވެ. އަދި 2000 ބީސީގެ ކުރިން ޗައިނާ ފަދަ ގައުމު ނުވަތަ ސަގާފަތްތަކާއި ގުޅިފައިވާ ތަށި ފަދަ ތަކެތީގެ ބައިތައްވެސް ފެނިފައިވެއެވެ.  ރާއްޖޭގައި މީހުން ދިރިއުޅެން ފެށި ތާރީޚާ ބެހޭ ގޮތުން ލިބިފައިވާ މައުލޫމާތު ފިޔަވައި އިތުރު މައުލުމާތުތަކެއް އަދި އާއްމު ވެފައެއް ނެތެވެ. ރާއްޖެ، ގުރދުރަތީ ގޮތުން އުފެދިފައިވަނީ ކޮން އިރަކު ކިހިނެއް ކަމެއް އެހާ ބޮޑަކަށް ނޭނގެއެވެ. އެހެން ނަމަވެސް، ރާއްޖެ ޠަބިޢީ ގޮތުން އުފެދިފައިވާ ގޮތާއި އަދި އެންމެ ފުރަތަމަ ރާއްޖެ އުފެދުނުކަމަށް ލަފާކުރެވޭ ގޮތުގެ ދިރާސާ އެއް ވަނީ، އެމެރިކާގައި ހަދާފައެވެ.

ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމަށް ފަރަންސޭސި ވިލާތުގެ އެލްފް އަކުއިޓޭން އިން 1968އާއި 1978 އާ ދެމެދު އަދި ހޮލެންޑްގެ ރޯޔަލް ޑަޗް ޝެލް އިން  1989 އާއި 1991 އާ  ދެމެދު ކަނޑުގެ އަޑިން ބިން ތޮރުފައިގެން ހޯދި މާޢުލޫމާތު ދިރާސާކުރުމަށްފަހު އެމެރިކާގެ ދެ ސައެންސްވެރިއަކު ވިދާޅުވެފައި ވަނީ ރާއްޖެ އުފެދިފައި ވަނީ ގާތްގަނޑަކަށް މީގެ 50 މިލިއަން އަހަރު ކުރިން ކަމަށެވެ.

ހަވީރުގައި ޝާއިޢު މިކުރާ މި ލިއުން ބިނާކޮށްފައި ވަނީ، އެމެރިކާގެ ދެ ރިސާޗަރަކު 1994 އަދި 2000 ވަނަ އަހަރު ހައްދަވާފައިވާ ޑޮކްޓޯރަލް ރިސާޗެއްގައި ހިމަނާފައިވާ މަޢުލޫމާތުގެ މައްޗަށެވެ. 1000 ސަފްހާ އަށްވުރެ ދިގު މި ދެ ރިސާޗްގައި ރާއްޖެއާ ބެހޭ ވަރަށް ގިނަ ޖިއޮލޮޖިކަލް މައުލޫމާތާއި ކުރެހުންތައް ހިމަނާފައި ވެއެވެ. އަޅުގަނޑުމެން އެ މައުލޫ މާތުތައް ބޭނުންކޮށްގެން ރާއްޖެ އުފެދިފައިވާ ގޮތުގެ ތާރީޚީ މައުލޫމާތު ހިމަނައިގެން މިލިއުން ތައްޔާރުކޮށްފައި މިވަނީ އެމެރިކާގެ ދެ ރިސާޗަރުން ކަމުގައިވާ އޮލިވާ އާރބަޓާއި އަންދްރޭ ބެލޮޕޮލްސްކީ ކުރައްވާފައިވާ މަސައްކަތް ވަރަށްބޮޑަށް ފާހަގަ ކުރަމުންނެވެ.

ރާއްޖެއާއި ބަހާމާސް އަކީ ދުނިޔޭގައި ވަކިން އޮތް އެންމެ ބޮޑު ދެ ކާބަނެޓް  (ވިރިކެކޭ އަޅިން އުފެދިފައިވާ) ޕްލެޓްޕޯމެވެ. ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ މި ޕްލެޓްފޯމުގައެވެ. މިފަށަލައިގެ ދިގުމިނަކީ 800 ކިލޯ މީޓަރެވެ. ފުޅާމިނަކީ 130 ކިލޯ މީޓަރެވެ. ބޯމިނުގައި 23 ކިލޯ މީޓަރު ހުންނާނެއެވެ. މި ކާބަނޭޓް ޕްލެޓްފޯމުގެ އަޑީގައި ވަނީ ވޯލްކެނިކް ހިލައިގެ (އަލިފާންފަރުބަދައިގެ) ފަށަލައެކެވެ. އެއީ އެއީ 60 ވަރަކަށް މިލިއަން އަހަރުގެ ކުރިން ގޮވާފައިވާ އަލިފާން ފަރުބަދައަކުން ފޭބި ދިޔާ އަލިފާނުން (ލާވާއިން) އުފެދުނު ފަށަލައެކެވެ. މިލާވާ ފަށަލައިގެ އަސްލަކީ އިންޑިއާ ކަނޑުގެ ދެކުނުގައިވާ ރީޔުނިއަން "އަލިފާންފަރުބަދަ" އެވެ.

ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުގެ ދިރާސާތަކެއް އެންމެ ފުރަތަމަ ކޮށްފައިވަނީ 19 ވަނަ ގަރުނުގެ ކުރީކޮޅުގައެވެ. އެއީ 1835 ގައި މޮރެސްބީ އާއި 1842 ގައި ޑާވިން ކުރި  ދިރާސާ އެވެ. އިނގިރޭސީން ތައްޔާރުކޮށްފައިވާ އެޑްމިރަލްޓި ޗާޓުގެ އަލީގައި މޮރެސްބީ އާއި ޑާވިން ވިދާޅުވެފައިވަނީ ރާއްޖޭގެ ފަރުތައް އުފެދިފައި ވަނީ ގެނބެމުންދާ ރަށްތަކެއްގެ މަތީގައި ކަމަށެވެ. އަތޮޅުތައް އުފެދޭ ގޮތުގެ މޮޑެލެއް ޑާވިން ގާއިމްކުރެއްވީ މިދިރާސާވެސް ބޭނުން ކުރައްވައިގެންނެވެ. އަދި 20 ވަނަ ގަރުނުގެ ކުރީކޮޅުގައިވެސް ރާއްޖޭގެ ފަރުތަކާބެހޭ ދިރާސާތަކެއް ކޮށްފައި ވެއެވެ. ނަމަވެސް، ރާއްޖެ އުފެދިފައިވާގޮތުގެ އަސްލާ ބެހޭ އެންމެ ފުރިހަމަ މައުލޫމާތުތަކެއް ލިބުނީ ތެޔޮ ހުރިތޯ ބެލުމަށް ކުރި މަސައްކަތުންނެވެ. ރާއްޖޭގެ އެތެރެވަރީގައި ތެޔޮ ހުރިތޯ ބެލުމަށް ކަނޑުގެ އަޑިން ބިންގަނޑު ތޮރުފައިގެންހޯދި ސެއިސްމިކް އަދި ޖިއޮލޮޖިކަލް މައުލޫމާތު ތަކުންނެވެ.

މިގޮތުން އެލްފް އަކުއިޓޭން އިން 1976 ގައި މާލެ އަތޮޅު އުތުރުން ރަސްދޫ ކައިރިން 47 މީޓަރު ފެނެ އަޑިން ބިންގަނޑު ތޮރުފައިގެން މައުލޫމާތު އެއްކުރިއެވެ. އެތަނުން މީގެ 55 މިލިއަން އަހަރު ވެފައިވާ 2100 މީޓަރު ބޯ ކާބަނޭޓް ފަށަލައަކާއިނ ދިމާވިއެވެ. އަދި އޭގެ އަޑީގައި 115 މީޓަރުގައި "ލާވާ" އިން އުފެދިފައިވާ ހިލައިގެ ފަށަލައެއް އޮތެވެ. އެކިސަރަހައްދުތަކުގެ ބިމުން ނެގި ތަކެތި ދިރާސާ ކުރުމުން ސާބިތުވީ ހިލައިގެ ފަށަލައިގެ އުމުރު ގާތްގަނޑަކަށް 57 މިލިއަން އަހަރު ކަމެވެ. އަދި އެފަށަލައަކީ ރީޔުނިއަން އަލިފާން ފަރުބަދަ ގޮވައިގެން އުފެދުނު ފަށަލައެއްކަމެވެ. އެފަރުބަދަ ގޮވާފައި ވަނީ މީގެ 67 މިލިއަން އަހަރު ކުރިންނެވެ. ރާއްޖެ ހިމެނޭ ރިޖާއީ، ލެކަޑިވްސް އަދި ޗާގޮސް އުފެދިފައި ވަނީ އެއަށްފަހުއެވެ. ލަފާކުރެވެނީ އެއީ މީގެ 33 އާއި 65 މިލިއަން އަހަރު ކުރިން ކަމަށެވެ.

އެދުވަސްވަރަކީ ދުނިޔޭގެ އެކި ބައްރުތައް ބައިބައިވެފައިވާ ދިގު ޒަމާނެވެ. އިންޑިއަން ސަބްކޮންޓިނެންޓް އޮތީ ޔޫރޭޝިއާއާ ވަކިންނެވެ.      ހިމާލިއާ ފަރުބަދަ އުފެދެން ފަށައިފައިވަނީ މީގެ 45 އާއި 50 މިލި އަން އަހަރު ކުރިންނެވެ. ކޮންޓިނެންޓްތަކަށް އަންނަމުންދިޔަ ބަދަލުގައި ނުވަތަ ކޮންޓިނެންޓަލް ޑްރިފްޓްގައި އިންޑިއާ ކަނޑުގެ ދެކުނުން ރީޔުނިއަން ކައިރީގައި ރާއްޖޭގެ ރިޖް (ބިނމުގެ ސަރަޙައްދު) އޮތުމަށްފަހު ސަބްކޮންޓިނެންޓާ އެކު، މިހާރު މިއޮތް ސަރަހައްދަށް "އެ ރިޖް" ބަދަލުވީއެވެ. (ބުރެކެޓްކޮށްފައި އެވަނީ އަމިއްލަ ބަސްތަކެވެ.)

ރާއްޖެ އުފެދެންފެށީ މީގެ 55 މިލިއަން އަހަރު ކުރިން
(އެމެރިކާގެ ސައިންސްވެރިން ބުނަނީ ރާއްޖޭގެ ރަށްތައް ވަނީ އަލިފާން ފަރުބަދަތަކެއްގެ މައްޗަކު ނޫން ކަމަށް)

ނޯޓް: މީގެ 55 މިލިއަން އަހަރުކުރިން ރާއްޖެ އޮތީ ކޮންތާކު، ކޮންގޮތަކަށް؟
އެމެރިކާގެ ސައޮންސްވެރީން ބުނަނީ އެންމެ ފުރަތަމަ ރާއްޖެ އޮތީ ރިޔުނިއަން އައިލެންޑް ކައިރީގައި ކަމަށެވެ.

މިދިޔަ ހަފުތާގައި ޝާއިޢުކުރި ލިއުމުގައި ފާހަގަކޮށްފައިވާ ގޮތުން  ރާއްޖެ އުފެދެން ފާށާފައިވަނީ މީގެ 55 ވަރަކަށް މިލިއަން އަހަރު ކުރިންނެވެ. އެއީ އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަން ފެށި ބަދަލުތަކަށްފަހުގައެވެ. އެންމެ ފުރަތަމަ ކަމަކަށް ފާހަގަ ކުރެވެނީ ރީޔުނިއަންގެ އަލިފާން ފަރުބަދަ ގޮވުމެވެ. އަދި އިންޑިއަން ސަބްކޮންޓިނެންޓްގެ ޑެކަން ޓްރެފް އަލިފާންފަރުބަދަ އޭގެ ތަންކޮޅެއް ކުރިން ގޮވާފައި ވެއެވެ. މި ކަންތައްތަކުގެ ސަބަބުން ޖިއޮލޮޖިކަލް އަދި ތިމާވެށީގެ ބޮޑު ބަދަލުތަކެއް އަންނަންފެށީއެވެ. ރާއްޖޭގެ ސަރަހައްދުގެ ބިމު އަޑީގެ ބައެއް ހިސާބު ތަކުގައި "ލާވާ" ގެ އެކެއް ނޫނީ ދެފަށަލަ (ޅަފަތުގެ އަޅި) ވާކަމަށް ދިރާސާތަކުން އެނގެއެވެ. ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ އެލާވާ ފަށަލައިގެ މަތީގައި އުފެދުނު ކާބަނޭޓް ޕްލެޓްފޯމް ގެ މަތީގައެވެ.

ރާއްޖެ އުފެދިފައި ވަނީ ދުނިޔެއަށް ޚާއްޞަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަމުން ދިޔަ ޖިއޮލޮޖިކަލް ތިމާވެށީގެ އަދި މޫސުމީ ބަދަލުތަކާ އެކުއެވެ. މިގޮތުން ތިމާވެއްޓަށް އައި އެންމެ ބޮޑު މޫސުމީ ބަދަލުތަކާ އެކުއެވެ. މިގޮތުން ތިމާވެއްޓަށް އައި އެންމެ ބޮޑު އެއްބަދަލަކީ ކަނޑުގެ ލޮނުގަނޑު ތިރިވެ އަދި އުފުލުމެވެ. މީގެ 30 މިލިއަން އަހަރު ކުރިން ކަނޑުގެ ލޮނުގަނޑު ވަރަށް ބޮޑަށް ތިރިވުމުން ލޮނުގަޑަށްވުރެ މައްޗަށް ބިން އެރި އެވެ. އަދި ފަހުން ކަނޑުގެ ލޮނުގަނޑު އުފުލެން ފެށުމުން އެއާ އެއްވަރަކަށް ފަރުތައްވެސް އުފެދި ރަށްތައްވެސް ބޮޑުވަމުން ދިޔަ އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން މީގެ ހަތަރު ވަރަކަށް މިލިއަން އަހަރު ކުރިން ރާއްޖޭގެ މެދުތެރޭގައިވާ އަތޮޅުތަކުގެ ހުޅަނގު ފަރާތުގައިވާ ބައެއް ކާބަނެޓް ޕްލެޓްފޯމްތައް އަޑިއަށްގޮސްފައިވާކަމަށްވެސް ކޮށްފައިވާ ރިސާޗުން ދައްކައެވެ. މީގެ ތެރެއިން ރަސްދޫ (އަތޮޅު) އަކީ އަޑިއަށް ނުގޮސް އޮތް އަތޮޅެކެވެ. މާލެ އަތޮޅުގެ ހުޅަނގު ފަރާތުގައި 250 މީޓަރު އަޑީގައި އަދިވެސް ބައެއް ޕްލެޓްފޯމްތައް އެބަހުއްޓެވެ. މިހާރު ރާއްޖޭގައި މިފެންނަ ފަރުތައް އުފެދެން ފެށީ ގާތްގަނޑަކަށް މީގެ 000'10 އަހަރު ކުރިން ކަމަށް ލަފާކުރެވެއެވެ.

އެމެރިކާގެ ދެ ރިސާޗްރުން ބުނެފައިވާ ގޮތުގައި މާލެއަތޮޅުގެ ފަރުތައް އަދި ފަހުން ރަށްތަކުގެ ބިން ފާހަގަވާން ފެށީ ގާތްގަނޑަކަށް 33 މިލިއަން އަހަރު ކުރިންނެވެ. އަންނަމުންދިޔަ ޖިއޮލޮޖިކަލް އަދި ތިމާވެށީގެ ބަދަލުތަކުގެ ތެރޭގައި މޯލްޑިވްސް ރިޖްގައި އުފެދިފައިވާ ކާބަނޭޓް ޕްލެޓްފޯމުގެ ސެޑިމެންޓް  (ކުނޑިތައް) އޮޔާގޮސް، މިހާރު އަތޮޅުތައް މިހުރި ގޮތަށް ރަށްތަކާއި ފަރު އަދި އަތޮޅުތައް އުފެދުނީއެވެ. ހުޅަނގު  މޫސުމާއި، އިރުވައި މޫސުން ފެށުނީ މީގެ 12 ވަރަކަށް މިލިއަން އަހަރު ކުރިން ޓިބެޓް ޕްލެޓޯ މައްޗަށް އުފުލުމުން ކަމަށް ގަބޫލުކުރެވޭ އިރު  ރާއްޖޭގެ ރަށްތަކަށްވެސް މި ދެ މޫސުމުގެ އަސަރުކުރަން ފެށިކަމަށްވެއެވެ. ކަނޑުގެ ލޮނިގަނޑު އުފުލުމުގެ ސަބަބުން މީގެ ހަތަރު ވަރަކަށް މިލިއަން އަހަރު ކުރިން ރާއްޖޭގެ މެދުތެރޭ ގައިވާ އަތޮޅުތަކުގެ ހުޅަނގު ފަރާތުގައިވާ ބައެއް  ކާބަނެޓް ޕްލެޓްފޯމްތައް އަޑިއަށް ގޮސްފައިވާ ކަމަށް ވެސް ކޮށްފައިވާ ރިސާޗުން ދައްކައެވެ. މީގެ ތެރެއިން ރަސްދޫ އަކީ އަޑިއަށް ނުގޮސް އޮތް އަތޮޅެކެވެ.

އެ ރިސާޗަރުންގެ ކުރެހުމުގައި ދައްކައިދެނީ މީގެ ގާތްގަނޑަކަށް 23 މިލިއަން އަހަރު ކުރިން އަރިއަތޮޅު އަދި ބ. އައަތޮޅު ސަރަހައްދުގެ  ކާބަނޭޓް ޕްލެޓްފޯމް އޮތްގޮތާއި އަދި މީގެ 1.8 މިލއަން އަހަރު ކުރިން އޮތްގޮތް. އެންމެ ފުރަތަމަ ރާއްޖޭގެ ކާބަނޭޓް އޮތީ އެއް ފަސްގަނޑަކަށެވެ. ނަމަވެސް ތިމާވެއްޓަށް އަންނަމުން ދިޔަ ބަދަލުތަކާއެކު ބައެއް ސަރަހައްދުތަކުން ކާބަނޭޓް ޕްލެޓްފޯމް ގޮސް، ކަނޑު އޮޅި އުފެދި އަދި ފުންވެ، އަތޮޅުތައް ވަކިވެގެން ދިޔައީއެވެ.  ކުރެހުމުގައި ވާގޮތުން އެންމެ ފުރަތަމަ ރަސްދޫ އޮތީ ކާބަނޭޓް ޕްލެޓްފޯމް ގައެވެ. އެހެން ނަމަވެސް މީގެ 1.8 މިލިއަން އަހަރު ކުރީގައި ފުން ކަނޑަކުން ރަސްދޫ ހިމެނޭ އަތޮޅު ވަނީ ވަކިވެފައެވެ.

ރާއްޖޭގެ ރަށްތަކަކީ އެއްގޮތަކަށްވެސް އަލިފާން ފަރުބަދަތަކެއްގެ މަތީގައި އުފެދިފައިވާ ރަށްތަކެއް ނޫނެވެ. އެކަމަކު ރާއްޖެ އުފެދިފައި ވަނި ރާއްޖޭގެ ދެކުނުގައި އިންޑިއާ ކަނޑުގައިހުރި ރީޔުނިއަން ފަރުބަދައިން ފޭބި ލާވާ އިން އުފެދިފައިވާ ހިލައިގެ ފަށަލައިގެ މަތީގައި އުފެދިފައިވާ ކާބަނެޓް ޕްލެޓްފޯމުތަކެއްގެ މަތީގައި ކަމަށް ސައިންސްގެ ހޯދުންތަކުން ދައްކައެވެ. ރީޔުނިއަން އަލިފާންފަރުބަދަ  ވަރަށް ވަރުގަދައަށް ގޮވާފައިވަނީ މީގެ 65 މިލއަން އަހަރު ކުރިންނެވެ.އަދި މި އަލިފާން ފަރުބަދަ ގޮވުމުގައި އިންޑިއާގެ ޑެކާން ޕްލެޓްފޯމް އުފެދުމާ ވެސް ގުޅުމެއް ހުރެދާނެ ކަމަށް ބެލެވެ އެވެ.  ސަބްކޮންޓިނެންޓްގެ ހުޅަނގުގައި މިހާރު ބޮމްބޭ އޮތް ސަރަހައްދުގައި މީގެ 65 ނުވަތަ 68 މިލިއަން އަހަރު ކުރިން އަލިފާން ފަރުބަދަތައް ގޮވައި ވަރަށް ބޮޑުސަރަހައްދަކަށް ލާވާ ފެތުރުފައި ވެއެވެ.ގާތްގަނޑަކަށް 000'33 އަހަރު ވަނަދެން އަލިފާންފަރުބަދަތައް ގޮވަމުން ގޮސްފައި ވެއެވެ.  ޑެކާން ޓްރެފާއި ރީޔުނިއަން އަލިފާން ފަރުބަދައިގެ ސަބަބުން ވަރަށް ބޮޑު ބަދަލުތަކެއް މިސަރަހައްދުގެ ބިމުގެ އުފެދުމަށް އައުމުގެ އިތުރަށް މޫސުމަށްވެސް އައެވެ. (ކާބަނޭޓް ޕްލެޓްފޯމަށް އައި ބަދަލުތައް ރިސާޗަރުންގެ ކުރެހުމުގައި ދައްކާށދީފައިވެއެވެ.)

ދިވެހިރާއްޖޭގެ ހުޅަނގު ފަރާތް ހުޅުވިފައިވަނީ މާކަނޑަށެވެ. އިރުމަތީ ފަރާތް ހުޅުވިފައިވަނީ ހުވަދޫ ކަނޑާވީފަރާތަށެވެ.  އެއްފަރާތުން ސޯމާލީ ކަރަޔާވީ ފަރާތަށް ހުޅުވިފައިވާއިރު އަނެއް ފަރާތުން ހުޅުވިފައިވަނީ އަސޭކަރަޔާވީ ފަރާތަށެވެ. ކުރީގައި ދިވެ ރާއްޖޭގެ ބައެއްކަމަށްވާ މަލިކު އޮންނަނީ ދިވެހިރާއްޖެ އުތުރުގަ އެވެ.  އެދުވަސްވަރު ރާއްޖޭގެ ސަރަހައްދު ކަމަށް ކިޔައިއުޅެނީ މަލިކައްޑޫ މި ދެމެދެވެ.ނަމަވެސް މިހާރު ކިޔެނީ ތިލައްޑޫ މިދެމެދެވެ. އެއީ ތިލަދުންމަތިން ފެށިގެން އައްޑު އަތޮޅުގެ ނިޔަލަށެވެ. ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވައްސަކީ ރާއްޖޭގެ ބައެއްނޫންކަމަށް ތާރީޚް ހެކިދެއެވެ. އާދެ! ސަތާރަވަނަ ޤަރްނުގެ މެދެންހާ ހިސާބަށް އައިއިރު ފަސްސަތޭކަ ތިރީސްހާސް އަހަރުވެފައިވާ އަލިފާންފަރުބަދަ ސަތޭކަ ހަތްދިހަ ފަހަށް ގޮވާފައިވާކަމަށް ވެއެވެ. ލާ ރީޔުނިއަން އަކީ މަޑަގަސްކަރައާއި މޮރިޝަޝް އާއި ދެމެދުގައިވާ ކުދިކުދިރަށްތަކެކެވެ. (ހަފުތާ ނޫސް 11 – 12 އަދި 18 – 19 ސެޕްޓެންބަރ 2008 ޢަލީ ރަފީޤް / ހަވީރު ނިއުސް ސާރވިސަސް ޢަލީ ރަފީޤް)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ