އަދުގެ ޚާއްސަ

Print

ބުދަށް އަޅުކަން ކުރާ މީހުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


 އާދަމް ނަޞީރު އިބްރާހީމް (2013)

ބުދަށް އަޅުކަން ކުރާ މީހުން، މިހާރަކު ވަކި މަދެއް ނޫނޭ
     ނުދަންނަންޏާ މަ ބުނެދެންހޭ  އެ މީހުން ވީ ދުރަކު ނޫނޭ


ވަޔާ މޫސުން ބަދަލުވީމާ، ކިޔާ ތަސްބީޙަ އާ ކޮށްފައި،
     ފަޔާ ނިތްކުރި އެހެން އަތަކަށް ފިރާނީ އެ ފަދަ ސޮހޮލުންނޭ


ވަށައިގެން ޙަމްދު ތަޢުރީފާއި ތަކުރީމުން ވެދުންކޮށްފައި
     ކޮށައިލައިފައި އުނދުނު ފަޔަކަށް އިލާހު ލަނީ އެ މީހުންނޭ


އިލާހުގެ ޢަޡްމަތާ މޫރިތި މުޤައްދަސްކަން އެއަށް ފަހުގައި
     ކިލާ ކިސަޑަށް ބަދަލު ކުރަނީ، ޘަނާތައް އޮހުނު ދުލަކުންނޭ


އަލަން ހޯދާ ކަލާނގެ ''ވަށައި'' ރުކޫޢު ސުޖޫދުތައް ފަށަނީ،
     މަލަށް މާބުރު އެދޭ ބީދައިން،  އެ އުއްމީދާއި   އެދުމުންނޭ 

  
މި ކަންކަން މި ގޮތުގައި ބުއްދީގެ ނެގެޓީން ސާފުކޮށްލީމާ،
    ނިކުންނަ ފޮޓޯ މިހެން އޮތުމީ، ނަޞީރަށް ކުޑަ ކަމެއް ނޫނޭ

-------------------

ހަމަމިގަލަމުން

އިދާރާ

ވާހަކަ