އަދުގެ ޚާއްސަ

Print

ލޯބި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

 

އާދަމް ނަޞީރު އިބްރާހީމް (2013)


ލޯބި، އިންސާނާ ގޮވައިގެން އުދުހިގެންދޭ އުޑުތަކަށް
   ލޯބި، އިންސާނާ ގޮވައިގެން  ފީނަޔޭ  ފުން ކަނޑުތަކަށް


ލޯބި، އިންސާނާގެ ކަނދުރާ ދިއްކުރޭ ވިހަ ކަނޑިތަކަށް
    ލޯބި،  އިންސާނާގެ  މޭ ކުރިމަތި  ކުރޭ  ބޮޑުބަޑިތަކަށް

 


ލޯބި ފުރަގަސް ދޭ ނަސީބުގެ ރަހަ ބަލާ ދުނިގަނޑިތަކަށް
    ލޯބި ހިނިތުންވޭ   ހަޔާތުގެ އެންމެހައި   އުސް އަޑިތަކަށް


ލޯބި ފަރުވާތެރިވެޔޭ  ލައްޒަތުގެ  ލޮބުވެތި ގަޑިތަކަށް
    ލޯބި ނުރުހުން ވާނެޔޭ ދުނިޔޭގެ  ކުނި  މިލަ   ހަޑިތަކަށް


ލޯބި ނުމުގުރެޔޭ ނުބައި ދުޝްމަންކަމުގެ ބިޔަ އުޑިތަކަށް
   ލޯބި ދެމި ހުރެޔޭ ވެގެން ފަރުބަދަ ފަދައިން ހިލަ މުޑިތަކަށް 

 
ލޯބި، ވާޞިލް ވެއްޖެ ނަމަ، އީމާނުގައި މި ސިކުނޑިތަކަށް
      [ލޯބިވެރިޔާ  ކުރިމަތީ]  ވާނޭ އަޅާ ކުދި ކުނޑިތަކަށް
           ------------------

 

 

 

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ