އަދުގެ ޚާއްސަ

Print

ބޭނުމީ ކޮން އަދަދެއް؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

އަލްމަރުޙޫމު ޔޫސުފު މުޙަންމަދުފުޅު


1- ނުހަނު ހިތްގައިމު ހެދުމެއް ސައްތަ ރުފިޔާއަށް އަލަށް ލިބިދޭ
     ނުހަނު ދޯހަޅި ފޮތީގެ ދެތިން ހެދުން މި އަގަށް އެކަނި ލިބިދޭ


2-  ވި އަލި ކޯރާ ހަނޑޫ ބަސްތާއަކަށް ދުއިސައްތަ ހޭދަ ކުރާ
     މި އަގު ދީފާ ފަޑަށްކަ ހަނޑޫ   ދެ ބަސްތާ  ނީލަމުން ލިބިދޭ


3- ރުކެއް މޮޅު އާރުލާ ހޯދަން އަތުންދާ ނަޤުދު ފައިސާއަށް
     އެކެއްގެ އަތުން އެއަށް ވުރެ އާރު ދެރަ ތިންރުއް ކަނޑަށް ލިބިދޭ


4-    ކުލައިގައި ފަރަގު ހުރި ވަރިބޯ ބޮޑެތި ވިހި ކާށި ދޭ އަގުގައި
                     ބަލައިލަން ރަނގަޅު ފެން ނުޖެހޭ ސަތޭކަ  ދެކާށި  ވެސް ލިބިދޭ


5-    މަހެއް ތާޒާ ރަނގަޅު ވިއްކަން ބުނާ ދިހަ ބާރަ ރުފިޔާއަށް
                    އެހެން ތަނަކުން  ފިލުނދު ތިން މަސް، ތިޔާގި ކަމާ އެކީ ލިބިދޭ


6-    އެހާ މޮޅު މީރު ރަހަދޭ ތިން އަޑުބަ ހޯދޭނެ ލާރީގައި
                    ރިހާކުރު ކާފަ  މާމާ    ހަތް  އަޑުބަ ގޭ   ކުރިމަތިން  ލިބިދޭ


7-    މަސައްކަތްތެރި ހަތަރު މީހުން މަސައްކަތަކާ ގުޅެން ތިއްބާ
                    މަސައްކަތުގައި  ނުލާހިކު  ކަންފަސޭހަ    ފަނަރަ ކުދީން ލިބިދޭ


8-    ކަނޑަށް ގަދަ ފަދަ، ބަނޑަށް ގަދަ ތިން ހަތަރު ފަޅުވެރި ކުދިންތެރެއަށް،
                       ކަނޑަށް ބަލިކަށި ބަނޑަށް ދެރަ ދިހަ ޒުވާނުން ދަތުރަކަށް ލިބިދޭ


9-    ޞަބުރުވެރިވީ ކެރޭ ހަތްދިހަ މުޖާހިދުނާ އެކީ ދާނޭ
                       ދަބަރު ހިތުގައިވި ހައްސަ ފަނަސް ކަތުން ހަނގުރާމައަށް ލިބިދޭ


10-    ބަހާރުގެ މޫސުމެއް ގެންނަން އުޅޭ ހިޔަ ތެދުވެރީން ތިއްބާ
               ދެ ހާހުން [ކަންމަރާ] ސޮހޮލުން   އެ ޚިދުމަތްތެރި ދަނޑަށް ލިބިދޭ


11-    ފަޅާ ކުރިތައް މަރާ ވިހަ ގަދަ، މަރާ ދެ އަތެއް ދުރަށް ލައިފައި
                 އަޅާ ބަތަކަށް މެ ރިހަ  ހެޔޮވަރު ދޮޅަސް ދޫ ބަސް ކިޔަން ލިބިދޭ


12-    އަދަދު ގިނަޔަސް، އެ ގިނަ އަދަދުން ފުރާނައި ފީ ހޮވައިލީމާ
                 މަދަދުވެރިވާނެ   މަދު އަދަދެއް  ނަފާކޮށްދޭ    ރަނގަޅު ލިބިދޭ

                        -----------------

 

 

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ