އަދުގެ ޚާއްސަ

Print

ބަހަށް ލިބިފައިވާ ކުރިއެރުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް

މަޑަވެލީ ޢަލީ ނަޞީރު


ކުޑަވެސް ޝައްކެއް ނެތެވެ. ބަހަކީ، ދިރުން ލިގެންވާ އެއްޗެކެވެ. އެހެން ނަމަވެސް ބަހަށް ލިބިފައިވާ ދިރުމަކީ، އިންސާނުންނާއި، ޖިންނިޝައިޠާނުންނާއި، މާމެލާމެއްޔާއި، ގަސްގަނހާގެއްސާއި، މަސްމަހާމެއްސާއި، މިނޫނަސް މިފަދަ ތަކެއްޗަށް ލިބިފައިވާފަދަ އާދެ! ހެލިފެލިވެ، އުފެދިބޮޑުވެ، ނުވަތަ ޙަރަކާތްކުރުން ފަދަ ދިރުމެއް ނޫނެވެ.

ބަހަށް ލިބިފައިވާ ދިރުމަކީ، ތަރައްޤީ އާއި، ކުރިއެރުމާއި، ބުރުސޫރަ އާއި، އޮމާންކަމާއި، އަޑުމަޚްރަޖަ އާއި، ޒަމާނާއި އެއްގޮތަށް އަންނަމުންދާ ބަދަލުތަކާއި، އަޚްލާޤިއްޔާތާއި އާއި، އަދަބިއްޔާތުގެ ސިފަތަކެވެ.
    ބަހުގެ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި، އެބަހެއް ނުވަތަ ބަސްތަކެއް ކުރިން ބޭނުންކުރި ގޮތަށްވުރެ، މާނަފުން ނުވަތަ މާނަ ރިވެތި، އަޑުއަހަން ފަސޭހަ ގޮތަކަށް، ފަހުން ބޭނުންކުރުން އެއީ ބަސް މުއްސަނދިވުން ނުވަތަ ބަހަށް ލިބޭ (ޒަމާނީ) ކުރިއެރުމެކެވެ. އެހެން ނަމަވެސް އެއީ އެހެން ބަސްބަހާއި، ގުޅުވައިގެން ނުވަތަ ބައިކުޅަބައެއް ހިމަނައިގެން ނުވަތަ ދެޖުމްލައިން އެއްޖުމްލަ އަމިއްލަ ބަހުންނާއި، ބޭރު ބަހަކުން ކިއުމެއް ނޫންކަމުގައި ވެސް އެބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އިސްވެ މިދެންނެވި އުޞޫލުން ބަހަށް އުނިއިތުރު އައުމަކީ، ކުރިން ބޭނުންކުރި ގޮތް ނުބައީއަކީއެއް ނޫންކަމުގައި ވެސް އެބޭފުޅުން ވިދާޅުވެ އެވެ.
    ކޮންމެއަކަސް "ބަސް" ބޭނުންކުރަނީ، ދޭހައެއް ގޮތުން ނެވެ. ދޭހަ ގުޅިފައިވަނީ، އެމީހެއްގެ ނުވަތަ އެބައެއްގެ ނިޔަތާއި އެވެ. ނަމަވެސް ދޭހަ އަށް ބަދަލު އައުން ނުވަތަ ގެނައުން އެއީ، މިޅީން އެހެން ކަމެކެވެ. ބަދަލު އައުމާއި، ބަދަލު ގެނައުމާއި މެދު (އަޅުގަނޑަށް އިވިފައިވާ އަޑުތަކާއި، އެނިގިފައިވާ މަޢުލޫމާތުގެ އަލީގައި) ދެތިން ކަމަކާއިމެދު ބަލާލާނަމެވެ.
    ހ. ބުނެވޭ ގޮތުގައި އެންމެ ފުރަތަމަ ބުދަން އަޅުކަންކުރި މީހުން އެކަންކުރީ، މާތްﷲ މައުރިފާކޮށް ދެނެގަތުމުގެ ބޭނުމުގަ އެވެ. ތިމާއަށް ﷲ ނުފެނުނު ކަމުގައި ވިއަސް ﷲ ތިމާ ދެކެވޮޑިގެންވާ ކަމުގެ ރަމްޒީ މާނައިގަ އެވެ. މިކަމަކީ، އެންމެ އެވޭލާ ޒަމާގައި ކަން ހިނގާފައިވާ ގޮތެވެ. ނަމަވެސް ﷲ ގެ ކަށަކުޅަދުންވަންތަކަން އެނގި ކަށަވަރުވުމަށްފަހު، ކުރިމަތީގައި ބުދެއް ނުވަތަ ސޫރައެއް ނުވަތަ މެދުވެރިއެއް ބޭނުންކޮށް ހެދުމަކީ، ބޮޑުވެގެން އަނިޔާވެރީންގެ ޢަމަލެއްކަން ކަށަވަރެވެ.
    ށ. މީގެ އަށްސަތޭކަ ހައްޓި ވަރަކަށް އަހަރުކުރިން އަޅުގަނޑުމެންގެ ޤަވްމުގެ ރައްޔިތުން އަޅުކަންކުރީ ބުދުތަކަށެވެ. ވުމާއެކު، މީގެ 860 އަހަރު ކުރިން ދިވެހިރާއްޖޭގެ ފަސްގަނޑަށް އުފަނަވެފައިވާ މަންމައަކާއި، ބައްޕައެއްގެ ފަރާތުން (އެނޫން ފަރާތަކަށް ނަޤުލުނުވެ) ދެމިގެން އައިސްފައިވާ ކޮންމެ ދިވެއްސެއްގެ  އަށްވަނަ ނުވަތަ ދިހަވަނަ ކާފަ ނުވަތަ މާނަ އަކީ، ބުދަށް އަޅުކަންކުރި މީހުންނެވެ. ރާއްޖެ އިސްލާމްވީ ދުވަސްވަރު މޮށިއުޅުނު ގިނަ ބަސްތަކާއި، މިހާރު މޮށިއުޅޭ ބަސްތަކުގައި ވަރަށް ބޮޑެޑު ތަފާތު ހުރިކަން "ލޯމާފާނުތަކުން" އެނެގެ އެވެ. އެދުވަސްވަރު ބޭނުންކުރި އަދި މިހާރުވެސް ބޭނުންކުރާ ބައެއް ބަސްތަކުގެ ތެރޭގައި އެންމެ ގިނަބަޔަކު ފާހަގަކުރާ ބަސްތަކަކީ ﷲ އަށް ނިސްބަތްކޮށް ބޭނުންކުރާ ބައެއް ބަސް ތަކެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އެދުވަސްވަރު ބޭނުންކުރި ގޮތް ނުވަތަ މާނަ ނުވަތަ ނިސްބަތްކުރި ޢަޤީދާ އަކީ، ގޯސް ޢަޤީދާ އެއް ނޫނެވެ.
އެހެން ނަމަވެސް އެ ޖުމްލަ ތައް މިއަދު އެގޮތަށް ބޭނުންކުރުމުގެ ބަދަލުގައި އެއަށްވުރެ ރީތިކޮށް ރަނގަޅަށް ބޭނުންކުރުން އެއީ އާދެ! ﷲ އަށް ނިސްބަތްކުރުމުގައި ﷲ މިގޮތަށް ބޭނުންކުރުން އެއީ، އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑު ދެކެމެވެ. މިދެންނެވި ބަސްތަކުގެތެރޭގައި: އިނބަސުވާމީންގެ، ބޮޑުސުވާމީންގެ، އިނބަރަސްކަލާނގެ، މާތްދޭވަތާއީންގެ މިފަދަ ބަސްތައް ހިމެނެ އެވެ. އިނބަ އަކީ، ހައްދުންމަތީގެ މީހުން ތިޔަ ނުވަތަ ކަލޭ އޭ ބުނުމުގެ މާނައިގައި ބޭނުންކުރާ ޖުމްލަ އެކެވެ. ވުމާއެކު، އެބަސް އެއީ ތިޔަ ނުވަތަ ޢަރަބިބަހުން ޔާ ގެ މާނައިގައި ބޭނުންކުރާ ބަހަކަށްވާތީ، އިނބަ ﷲ، ތިޔަ ﷲ މިއީ ހަމަ ރަނގަޅު ގޮތެކެވެ. ނަމަވެސް "ސިވާ" އާއި ދޭވަތާ އެއީ މުޅިން ތަފާތު ދެގޮތެކެވެ. ސިވާ އަކީ، ބުދުދީނުގެ މީހުން އަޅުކަންކުރާ ވަރަށް ޚާއްޞަ ބުދުތަކެއް ކަމަށްވާ، ސަތިޔަން، ސިވަން، ސުންދަރަމް ގެ ތެރޭގައި ހިމެނޭ ބިދުތަކެކެވެ. ދޭވަތާ އަކީ، ގްރީކު ބަހުން ނެގިފައިވާ ބަހެކެވެ. މި ބަސް ނަގާފައި ވަނީ، ޑޭވިއާ އިން ނެވެ. ޑޭވިއާ ނަގާފައި ވަނީ، ޑޭވިޑް މިބަހުން ނެވެ. ޑޭވިޑް ނިސްބަތް ކުރަނީ ސަލާމްލެއްވި ދާވޫދު ޢަލައިހިއްސަލާމަށެވެ. (ބޮޑުތަރުތީބު ނުވަތަ "ޒުހުރުލްކަމާލާތު ފީ އަޙްލާމުލްޢިބާދާތު" މި ފޮތުގައި ވެސް ވަރަށް ގިނައިން ލިޔުއްވާފައިވެ އެވެ. މިބާވަތުގެ ބަސްތައް އިންޑިއާ ގައި ދިރިއުޅޭ ބައެއް ދީންތަކުގެ މީހުން "ދޭވަތާ" ބޭނުން ކުރަނީ "ކަނޑުގެ" ކަލާނގެ މި މާނައިގަ އެވެ. އެކިއެކި ކަންކަމަށް އެމީހުން ބޭނުންކުރަނީ، އެކިއެކި ކަލާނގެ ތަކެވެ. އާދެ! ދިވެހިރާއްޖެ އަށް އިސްލާމް ދީން ތަޢާރަފުވީ ދުވަސްވަރު ހިނގަމުން އައި އާދަކާދަތަކާއި އެއްގޮތަށް ހުރި ކިތައްމެ ކަމެއް އިސްލާމް ދީނުގެ ޢަޤީދާތެ ތެރެއަށް ވަދެފައިވުން އެއީ ކަން އޮތް ގޮތެވެ. މިސާލަކަށް މިފަދަ އެއް ހެއްކަކީ، ހ.ހުޅުގަލި އެހުރި ކޮށީގައި ބިނާކޮށްފައިވާ މަސްޖިދުއްތަޤުވާގައި (ޝަހާދަތް ލިޔެ) ބަހައްޓާފައި ހުރި ހިލަ އެވެ. ތާރީޚާއި ބެހޭ މަރުކަޒުން ވިދާޅުވާގޮތުގައި މި ހިލަ އަކީ، ރާއްޖެ އިސްލާމްވީ ދުވަސްވަރާއި ދާދިގާތުގައި ރާއްޖެއަށް ގެނެސްފައިވާ ހިލައެކެވެ. (މިހިލަ ގެނައި ދުވަސްވަރެއް ވެސް، ގެނައި ފަރާތެއްވެސް އެނގޭކަށް ނެތެވެ. އެ ހިލައިގައި ތާރީޚެއް ވެސް ނެތެވެ.) އާދެ! މި ހިލައިގައި ލިޔެފައިވާ ޝަހާދަތުގެ ދެކަލިމައިގެ ވަށައިގެން (ބިންވަޅު ކަނޑައި) ކުރަހާފައި އެވަނީ، ހިނދޫ ދީނުގެ އާދަކާދަތަކެއް ދައްކުވައިދޭ ސިފަ ތަކެއްކަމަށްވާ ދޮންކެޔޮ ގަނހެކެވެ.
    ނ.  ދެން ދިވެހި ތާރީޚަށް ބައްލަވާލައްވާށެވެ. އާދެ! ވެވަޑައިގަތުން، ނުވަތަ ވަޑައިގަތުން، ދިވެހި ބަހުގައި މި ބަސް ބޭނުން ކުރަނީ، އިޚްތިޔާރީ ކަންކަމަށެވެ. މިސާލަކަށް ރަދުން ހިންމަފުއްޓަށް ގެންދިއުން، ނުވަތަ ހިންމަފުއްޓަށް، ވަޑައިގަތުމާއި، ގެންދިއުން އެއީ މުޅީން ދެ މާނައެކެވެ. އެގޮތުން ބޮޑުތަކުރުފާނު ފަސްދާނަށް ވަޑައިގަތުން، ބޮޑުތަކުރުފާނު އަވަހާރަވެވަޑައިގަތުން، ބޮޑުތަކުރުފާނު އުފަންވެވަޑައިގަތުން، މިގޮތަށް
ވުރެ، ފަސްދާނު ވެޑުވުން، އުފަންވުން، އަވަހާރަވުން މިއީ ކަންހިނގާ އުޞޫލެވެ. ނަމަވެސް އަވަހާރަވެ ވަޑައި ގަތުން، ދިވެހިބަހުގެ މާނައިގައި، އެއީ އަމިއްލަފުޅަށް އަވަހާރަވެވަޑައިގަތުން ކަމަށް ބެލެވިދާނެ އެވެ.
    ރ. ރާއްޖޭގައި އެންމެފަހުން ކޮލިލެއްވި ރަދުންނަށް ލެއްވުމުގެ ހަފުލާގައި، ރައްޔިތުންނަށް އިއްވި ގުރަނދުގައި އިބްރާހިމް ދޮށިމނާކިލެގެފާނި ވިދާޅުވީ "ތިބާމެން ރުހެއްތައު" މިފަދައިން ނެވެ. މިއަދު އެ ޖުމްލަ ކިޔާނީ "ތިޔަބޭފުޅުން މިކަމާއި ރުހިވަޑައިގަންނަވަމުތޯ" މިފަދައިން ނެވެ.
    ބ. ދިވެހި ރާއްޖޭގެ ބޮޑުވަޒީރުކަމާއި، އިބްރާހިމް ނާޞިރު ޙަވާލުވެވަޑައިގަތުމަށްފަހު އުފެއްދެވި މަޙްކަމާތަކުން ކުރައްވާ މަސައްކަތް ރައްޔިތުންނަށް އަންގަވައިދެއްވުމަށްޓަކައި (އެދުވަސްވަރު ނެރު ނޫސް) "ވިޔަފާރި މިއަދު" ގައި ލިޔުއްވަފައިވާ ސުރުޚީ އަކީ "ރައްޔިތުން ހޭއެރުވުން"  އެވެ. މާނައަކީ، ރައްޔިތުން ހޭލުންތެރި ކުރުވުމެވެ. އެހެން ނަމަވެސް މިޒަމާނުގެ ލިޔުއްވާނީ "ރައްޔިތުން ހޭލުންތެރި ކުރުވުން" މިގޮތަށެވެ.
    ޅ. "ތަމްރީނު ކުރުން" މިއީވެސް ބަދަލުވަމުންދާ ބަހެކެވެ. އާދެ! ބަހުގެ މާހިރުން ވިދާޅުވާގޮތުގައި ތަމްރީނުކުރަނީ، ނަޢަމްސޫތްޕެވެ. އިންސާނުންނަށް ފޯރުކޮށްދޭނީ މަޢުލޫމާތެވެ. ނުވަތަ ހޭލުންތެރިކުރުވާނީ އެވެ.
    ކ. ޖުމްލަ އިސްފަސްކުރުން. މިއީވެސް ވަރަށް މުހިންމެ ކަމެކެވެ. އެގޮތުން މި ޖުމްލަ ބައްލަވާލައްވާ ށެވެ.  "އަޅުގަނޑުމެން ބެލިބެލުން އެންމެގިނަބަޔަކު ކިރުސަރުބަތު ހެދަން ބޭނުންކުރަނީ ސާގު" އެވެ. އެހެން ނަމަވެސް ބަހުގެ އަހުލުވެރީން ވިދާޅުވަނީ، މި ޖުމްލަ މިގޮތަށް ލިޔެފިނަމަ މިއަށްވުރެ ފުރިހަމަ ވާނެ ކަމަށެވެ. "އަޅުގަނޑުމެން ބެލިބެލުމުން އެނގުނީ، ކިރުޝަރުބަތު ހަދަން އެންމެ ގިނަބަޔަކު ބޭނުންކުރަނީ، ސާގު" ކަމަށެވެ. (ނިމުނީ)

 

 

 

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ