އަދުގެ ޚާއްސަ

Print

އެއްމާބަނޑު ދެ ނަން

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ސަމާސާ އަދަބު

   
ޢަބްދުﷲ ނަޢީމު އިބްރާހީމް    

ދަރިއަކަށް ނަން ކިޔަން އުޅުމަކީ މިހާރަކަށް އައިސް ވަރަށް ބޮޑު ކަމަކަށް އޮންނަނީ ވެފައެވެ. ރީތި ނަމެއް ހޯދުމަކީ އެހައި ފަސޭހަ ކަމެއް ނޫނެވެ. ކިޔާނޭ ނަމަކާ ހެދި ދެމަފިރިން އަރައިރުންވާތަންވެސް އާދެއެވެ.
   
ނަން ކިޔުމަކީ އިހަކަށް މާ ބޮޑު ކަމެއް ނޫނެވެ. ބައްޕަ ހިތަށް އެ ވަގުތަކު އެރި ނަމެއް ކިޔައިލަނީއެވެ. ދޮންކަލޯ، ޅަހުއްތު، ކުޑޭ މިހެން ގޮސް

އެ ވަގުތަކު ދޫ މައްޗަށް އައި ފަސޭހަ ނަމެއް ކިޔައިލުމަކީ އިހަށް އޮންނަ ގޮތެއް ކަމަށް ޢުމުރުން ދޮށީ ބޭފުޅުން ވިދާޅުވެއެވެ. ބައެއް ފަހަރަށް މައިންބަފައިން ލޯބިން ކިޔާ ނަމެއް އެ މީހާގެ ނަމަކަށް ވެފައިވެސް އެބަ ހުއްޓެވެ. ބައެއް މީހުންނަށް އެ މީހުންގެ މައިންބަފައިންގެ އަޞްލު ނަމެއް ނުވެސް އެނގެއެވެ.
   
އަޅުގަނޑު ދަންނަ "ކަނބިލި އާދަނު" އޭ ނަމަކަށް ކިޔާ މީހަކު އުޅެއެވެ. އޭނާ ކުރެން އޭނާގެ ބައްޕަގެ ނަން އަހައިލީމާ ބުންޏެވެ. "އަހަންނަކަށް ބައްޕަގެ ނަމެއް ނޭނގެއެވެ. ވިސްނައިލީމާ ލަފާ ކުރެވެނީ ބައްޕަ ވާނީ ކަނބިއްޔަކަށް ކަމަށެވެ!"
   
މަރްޙޫމް މުޙައްމަދު ޖަމީލުގެ ޑްރާމާއެއްގައިވެސް ދަރިފުޅަށް ކިޔާނޭ ނަމަކާ ބެހޭ ގޮތުން ދެކެވޭ ވަރަށް މަޖާ ވާހަކަކޮޅެއް ހިމަނުއްވާފައި ވެއެވެ. ދެމަފިރިންގެވެސް ނަން ފެށެނީ ރާއަކުންނެވެ. އެހެންވީމާ އެ މީހުން ބޭނުންވީ ދަރިފުޅަށް ކިޔާ ނަންވެސް ރާ އަކުން ފަށާށެވެ. ފިރިމީހާ ހުށަހެޅި ނަންތަކުގެ ތެރޭގައި  ރާބޮނދި، ރުވާކިރު، ރުނބާ، ރުއްބުޑު، ރިހާކުރު، ރިނދަލިފަތި، ރިކުއެސްޓް ހިމެނެއެވެ. އަނބިމީހާއަށް އެންމެ ރީތިވީ "ރިކުއެސްޓް" މި ނަމެވެ. އެއީ އަޑު އަހާ ނަމަކަށް ވާތީއެވެ. ރޭޑިއޯ އިން ފޮނުވާ ރިކުއެސްޓް ޕްރޮގްރާމް އަޑު އަހާފައި އެ ނަން ރީތި ވީއެވެ. އެ ނަމުގެ މާނައަކީ ކޮބައި ކަމެއް އެއް ގޮތަކަށްވެސް އޭނާއަކަށް ނޭނގެއެވެ! މިއީ ހަމަ އަޅުގަނޑުމެންގެ ތެރޭގައި އިހަށް ހިނގާ ކަމެކެވެ. ބައެއް މީހުން ނަމުގެ މާނަ އެއްގޮތަކަށްވެސް ނޭނގި ދަރިންނަށް ނަން ކިޔައިފައި އެބަ ހުއްޓެވެ. އެކަމަކު މިހާރު މި އޮތީ ތަފާތު ވެފައެވެ.
   
އަޅުގަނޑުގެ ވަރަށް ގާތް މީހަކަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެއެވެ. ދެ ކުދިންނަކީވެސް އަންހެން ކުދިންނެވެ. ދަރިން ލިބުމުގެ އުފަލުގައި އޮތް ކުޑަ ކުޑަ ސަޔަކަށް އަޅުގަނޑުވެސް ދިޔައީމެވެ. އެ ސައިގައި ބައިވެރިވީ މީހުންގެ ތެރޭގައި އަޅުގަނޑުގެ ދެބެއިންގެ ދެދަރި ބޭބެއަކުވެސް ހިމެނެއެވެ.
   
ސައިގެ ތެރޭގައި އެކި ކަހަލަ ވާހަކަ ދެކެވެމުން ގޮސް ދަރިންނަށް ކިޔާނޭ ނަމެއްގެ ވާހަކަ ފެށިއްޖެއެވެ. އެކި މީހުން އެކި ނަން ހުށަހަޅަން ފަށައިފިއެވެ. އެންމެންވެސް އެއްބަސްވީ ދެ ކުދިންގެ ނަން ގުޅެން ޖެހޭނޭ ކަމަށެވެ. އެ ތަނުން އެކަކު މިސާލެއް ދެއްކުމުގެ ގޮތުން ބުންޏެވެ.
   
"މިސާލަކަށް އެއް ކުއްޖަކަށް ފާއިޒާއޭ ކިޔައިފިއްޔާ އަނެއް ކުއްޖާއަށް ޢާބިދާއޭ ކިއިދާނެއެވެ. އެ ދެ ނަން އެބަ ގުޅެއެއް ނޫން ހެއްޔެވެ؟"?
   
އެންމެ ފަހުން ނިމުނީ ކޮންމެ މީހަކަށްވެސް ފެންނަ ދެ ނަމެއް ކަރުދާސްކޮޅެއްގައި ލިޔެފައި ގުރުއަތު ލާށެވެ. ގުރުއަތުން ނެގުނީ އަޅުގަނޑުގެ ބޭބެގެ ކަރުދާސްކޮޅެވެ. އެ ކަރުދާސް ކޮޅުގައި ދެ ނަން ލިޔެފައި އޮތެވެ.
   
"ރާސްބެރީ
ސްޓްރޯބެރީ"

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ