އަދުގެ ޚާއްސަ

Print

މާދަރީބަސް ރައްކާތެރިކުރުން

. ހިމެނޭބަޔަކީ މާދަރީބަސް

ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ

 

ބައެއްގެ އަމިއްލަބަހަކީ މާދަރީބަސްނޫން އެހެން ކޯއްޗެއް

   މައެއްގެފުށުން މެނޫނަސް ލިބެވިދާ އަގުބޮޑު އެއީ އެއްޗެއް

ބުނަންހޭ މާދަރީބަހަކީ މިޤައުމުގެ ތަރިކައެއް އަގުބޮޑު

   ފުނަށްފީނާ އަލުން ބެލުމުން ދިރުން ލިބި ކުރިއަރާ މުދަލެއް

މިބަސް ދިރުވާ ކުރަންއާލާ އުޅޭށޭ އެންމެހާ ދިވެހިން

   ދެބަސް ނުވެވޭ ޙަޤީޤަތަކީ ބަހީ ޤައުމިއްޔަތުގެ ރުކުނެއް

ކުރާ ޢަމަލާ ބަހާއެކުގައި ދެބަސް މަސްހުނިކުރުން ސަހަރޯ

   ތުރާލާ ވޭންލިބޭ ފަދައިން ވެވޭ އޭ ބޮޑު ޚިޔާނާތެއް ދެމީހަކު

އެކުވެ ވާހަކަ ދައްކަނީ ނަމަވެސް ފަޚުރުވެރިވާން އެމީހުން

   ދައްކަނީ ވާހަކަ ދެބަހު ލަފުޒުން އެމުނި ފައްޗެއް މިރާއްޖޭ

މީޑިޔާތަކުގައި ބަހުގެ ހަމަތައް ނަގާލާއިރު މިރާއްޖޭގައި

   މިކަން ބޮޑުވާ ދެތިންމީހަކު މެ ނޫނީނެއް މިލޮބުވެތި

ދިވެހި ގައުމަށް ނަންދެވޭ ލޮބުވެތިވި ދިވެހިންނޭ!

   މިލޮބުވެތި މާދަރީބަސް ދިރުވުމީ ޤައުމީ އަމާނާތެއް!

ކުރާމީ އިލްތިމާސެއް ތިޔަދަރީންނަށް ފައްފަށުން އެދިގެން

  ދުރާލާ ވިސްނުމަށްފަހުގާ ގޮތެއްނިންމާށެ މީދަރުސެއް!

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ