އަދުގެ ޚާއްސަ

Print

ތަނެއް ކުރިއަރާދާނީ...!!

ޝާޢިއުކުރީ ޢަލީ ނައުފަލް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ތަނެއްނަމަ ކުރިއަރާދާނީ، ޒުވާނުން ހަރުދަނާ ތިބެގެން

               ބިނާ ޤައުމިއްޔަތެއް ކުރުމަށް، އެތަށް ޚިދުމަތް ތަކެއް ކޮށްގެން

ނުވާނޭ ތިޔަ ކަމެއް ބުނެފާ، ނުވާކަމުގައި ހަދާ ދައްކާ

               ދުވާ ދުވުމާ އެކީ އެކުގާ، ހަވާނަފްސާއި ދުރުވެވިގެން

ޖަމާޢަތް ކުރިއެރުން އެދިގެން، ޒަމާނަށް ލޯ ދެ ހުޅުވައިގެން

               ސަމާލުވެގެން މިތާ ވަޠަނީ، ޖިހާދެއް ހިތްވަރުން ކޮށްގެން

ޢަދުލު އިންސާފު އިސްކޮށްގެން، ޢަދުލުވެރިކަން ތިމާ ދަނެގެން

               ޤަދަރުވެރި ރީތި ދިރިއުޅުމެއް، އުޅޭ މީހެއް ކަމަށް ވެވިގެން

ހަވާލުވެފައިވި ޒިންމާތައް، އަދާކޮށް ފުރިހަމައިން ނިމިގެން

               ކަވާސާ ވެވި އެކީ އެކުގާ، އެތައް ހިތްމަތް ތަކެއް ކޮށްގެން

ދިމާހާ ތުރާ އުނދަގޫ، އިތުރު ވޭނަށްމެ ކެތްކޮށްގެން

               ދިމާޔަށް ފެންނަ މަންޒަރުތައް، އެއީ ޢިބުރަތް ކަމަށް ދެކިގެން

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ