Print

ޤަދަރެއް ނުދިނަސް ލޯބިވޭ...

ޝާޢިއުކުރީ އިއްޒާ އަހުމަދު ނިޒާރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ތިއޭ ރޫހީ އުފާ މަ އެދޭ، ގަޔާވާ ޔާރަކީ މިހިތުން
   ވިއޭ ހެކިއޭރު ހަނދު ތަރިތައް، ހިތާހިތް ލާމެހިފަ ވެވުމުން

ފެނޭ ތިޔަމޫނު މެރުމުންވެސް، ދެލޯ ގައިމޭ މަގޭ އަމުދުން
   ހެނޭ ހީވީ ނަށައިގެންހެން ،މިހިތް ދެއަތަށް ކަލާ ފެނުމުން

ލޮލާމޫނާ ތިކަނދުރާގައި، އެވާ އިޝްޤީ އަސަރުތަކަކުން

  ރޮލާވީހިތް މަގޭ ގައިމޭ، ޤަތުލު ކޮށްލީ ކަލާގެ އަތުން

ވަނީ އެތަކެއް ހަނދާނާ ގުޅި، ކަލާއާއެކު ނުވޭފަޑުވުން
      ދަނީ މުޅި ރޭ ދުވާ ގުނެމުން، ލިބޭތޯ އެދި އުފާ ތި ހިތުން
ބަހާރެއް އާ ޙަޔާތަށް އަދު، ގެނެސްދެން ވީ އެތައް ވަޢުދުން
      ހަނދާންނެތުމުން ވަޢުދު އަޙުދާ، އެތައްޝަކުވާ ވެވޭ މިހިތުން
ކަލާ ލޯބީގެ ޖާދޫގައި، މަހިތްޖައްސާ އެނބުރި ދިޔުމުން
       ފަނާ ވެވިގެން މިހިތް ދާތީ، ކުރަމެ އާދޭސް ލިބުން އެދެމުން
ގަޔާވާ މޫނެކޭ ތިޔައީ، ނެތޭ ތިޔަފަދަ ދެވަނަ މިބިމުން
      މަލާ ތިޔަމާ ލިބުން އެދެވޭ، މަލެއް ތިޔަފަދަ ލިބެން ނެތުމުން
އުފާތަށް އޭރު ލިބިފައިވާ، އަލުން ގައިމޭ ލިބެން ނެތުމުން
        ތުރާލިބިގެން މިހިތް ވާތީ ، ވެވޭ ލިބުމަށް ދުޢާ މިދުލުން

ހަމަމިގަލަމުން

އިދާރާ

ވާހަކަ