އަދުގެ ޚާއްސަ

Print

އެދި އެދި ހޯދީމޭ

ޝާޢިއުކުރީ އިއްޒާ އަހުމަދު ނިޒާރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ގޯތިން ނުކުމެ އެތައް ބުރު، ޖަހަމޭ މަތިން ތިގޭ ދޮރު

     ބޯ ދިއްކުރަން ގަނޭ ބިރު، ލިބިފާ ނުވާތި ހިތްވަރު

ގޯޅިން ކަލާ ހިނގާ އިރު، ހުރެވޭ ބަލަން ދިމާ ދުރު

     ރޯޅިންނެ ވައިޖެހޭއިރު، ގެނުވާ ތިވަސް ވި ނާދިރު

މޯޅިން މިހިތް  ލެނބޭއިރު، ދެކިލަން މިހިތް އެދޭވަރު

     ކޯޅިން ތި މާ ފޮޅޭއިރު، ބިދެލަން ބެލީމެ އިރުވަރު

 

ދޯރިން ގަލަން ނެގޭއިރު، ލިޔަމުން ތިނަން ފެވޭއިރު

     ފޯރިން އެކަންކުރާވަރު، ނުމެވާނެޔޭ ތަޞައްވަރު

ހޯދިން ކަލާ މަ ދަންވަރު، ވަނުމާއެކީ ނިދަން ހޮރު

    ދޯދިން ގެނައިމަ ވިދުވަރު، ނެތިވީ އަވާ އެމެންދުރު

ލޯބިން މިހިތް ނިމޭއިރު، ނެތިގޮސް މިހެން މިބުންވަރު

     ރޯދިން ވެވޭށި މިންވަރު، ކުރެވޭ ދުޢާ މިއަޑުހަރު

ލޯބިން ޖެހޭ މިއޮއިވަރު، ބެހިގެން ކަނޑަށް މަ ދާއިރު

    ލޯދިން އަޅެއް މިނެތްއިރު، ގެނބިގެން ވެދާނެޔޭ މަރު

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ