އަދުގެ ޚާއްސަ

Print

ކަރުނުން ދެލޯ ފުރިއްޖެޔޭ

ޝާޢިއުކުރީ އިއްޒާ އަހުމަދު ނިޒާރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ރަހުމަތްތެރިން ގެއްލިއްޖެޔޭ، ހަތުރުން ތަކެއް ގިނަވެއްޖެޔޭ

   އަޚުވަންތަކަން ނެތިވެއްޖެޔޭ، ނަފުރަތުގެ ހުޅު ރޯވެއްޖެޔޭ

ޤައުމުގެ ދަރިން ނުކުމެއްޖެޔޭ، ކަރުމަރު ހިފަން ރޭވިއްޖެޔޭ

   މަގުމަތި ލެއިން ފޯވެއްޖެޔޭ، ރަޙުމާ ކުލުނު ފޮހެވިއްޖެޔޭ

 

ޝަކުވާގެ އަޑުގަދަވެއްޖެޔޭ، އަބުރަށް އަރައިގަނެވިއްޖެޔޭ

   ވަޢުދާ ޙިލާފު ވެވިއްޖެޔޭ، ދަޢުވާގެ އަޑު އުފުލިއްޖެޔޭ

ތަޢުރީފްބަސް ހުއްޓިއްޖެޔޭ، އަޑުތައް ވަޔަށް ފެތުރިއްޖެޔޭ

    ހަރުހިތް ހިލައިން ކުރެވިއްޖެޔޭ، ބަހުރުވަ ތަފާތު އިވިއްޖެޔޭ

ބަހުގާވި އަގުވެއްޓިއްޖެޔޭ، އަގުމާތްވި ފޮތް ދޮގުވެއްޖެޔޭ

   މަގުގާ ހިނގަންވި އޮޅިއްޖެޔޭ، ކަޅުއަނދިރިކަން ވެރިވެއްޖެޔޭ

 ފަރުދުންކެރޭ މަދުވެއްޖެޔޭ، ޤައުމަށް ޚިޔާނާތް ވެއްޖެޔޭ

   އަޅުކަންތަކާ ދުރުވެއްޖެޔޭ، ކައު ހަޟްރަތަށް އުރެދިއްޖެޔޭ

ވަގުތައްކަމޭ ނުހިތިއްޖެޔޭ، މަގުތައް މަތީ ގިނަވެއްޖެޔޭ

   ފަޅުކަން ގެއަށް ވެރިވެއްޖެޔޭ، ޖަލުތައް ވެ ބާރު ފުރިއްޖެޔޭ 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ