Print

ޗޮކުލެޓްފުށިން އިވުނު މަތިންދާބޯޓުގެ އަޑު

ޝާޢިއުކުރީ ޙުސައިން ޢާރިފް . ހިމެނޭބަޔަކީ ސަމާސާ އަދަބު

އެއްސަހަރެއްގައި އުޅުނު ވަރަށް ޟަޢީފް މީހެކެވެ. އޭނާގެ އެންމެގާތް ރަޙުމަތްތެރިޔާ ކަމުގައިވާ ޒެކޯގެ ކައިވެންޏަށް

ޗ.ޗޮކޮލެޓްފުއްޓަށް ދިޔައެވެ. އޭނާ ގޮސް ހުރީ ޗ.ޗޮކޮލެޓްފުށީ ޓޮބްލެރޫންމަންޒިލް ގައެވެ. އާދޭހެވެ! އެމަންޒިލަކީ ވަރަށްވެސް ހިތްފަސޭހަ، ހިތުގައި ފިނިފެންމާ ފޮޅުވާލާ، އެފަދަ ދެވަނައެއްނުވާ މަންޒިލެކެވެ. ވަށައިގެންވާ މާހައުލުން އިވެމުންދާ ދޫނިތަކުގެ ތޫލި އަޑުތަކާއި ޖަނަވާރުތަކުގެ ހޭރުމުގެ އަޑުތަކުން މާހައުލުވަނީ މުޅިން ކިލަނބުކޮށްލާފައެވެ. ކުއްލިއަކަށް ބޮކޭ ސިއްސައިގެން ދިޔައީ ޒެކޯ އައިސް އޭނާގެ ކޮނޑުގައި ކޮށްޓާލުމުންނެވެ. ދެރަޙުމަތްތެރީން ސައިކަލްގައި އެކުއެކީ ދިޔައީ ޑެއިލީ މިލްކު ރެސްޓޯރެންޓަށެވެ. އެތަނަށްގޮސް ދެމީހުން ބަނޑުގައި ނެތްތަނަށް ކާލިއެވެ. ދެމީހުން ތޮޅެމުން، ފޮޅެމުން ގެޔަށް ދިޔައީ ބަނޑު ދަމާލުމުގެ ހެޔޮ ނިޔަތުގައެވެ.


ޓޮބުލެރޫންމަންޒިލަށް ވަދެ ބޮކޭ ދިޔައީ އޭނާއަށް ޙާއްސަ ކުރެވިފައިވާ ޖިފުޓިގަނޑަށެވެ. ޖިފުޓިގަނޑު ވަނީ ކަޅު ދެލިގަނޑެއްހާކަޅުކޮންނެވެ. ޖިފުޓިގަނޑުގެ އަދިރިކަމުގެ ސަބަބުން މާގިނަ އިރުތަކެއް ނުވެ އޭނާއަށް ނިދިއްޖެއެވެ. ޖިފުޓި ގަނޑުގެ ތެރެއިން  އިވެންފެށި ބާރު އަޑުފަށްގަނޑެއްގެ ސަބަބުން ބޮކޭއަށް ހޭލެވިއްޖެއެވެ. އޭނާއަށް ހީވީ

ހުޅުލޭ އެއާރޕޯޓުގައި އޮވެވުނު ހެނެއެވެ. ބައްތިރީސް މަތިންދާ ބޯޓު އައިސް އެއްފަހަރާ ވަންވަން ޖަހައިގެން ހެންނެވެ. އޭނާ ގަތީ އަމަށަކު ބިރެއްނޫނެވެ. މަރުގާތްވީ ކަމަށް ހީކޮށް ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަން ފަށައިފިއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ނިދީ ކިއްލާއެއްފަދަ އަނދިރި ތަނެއްގައެވެ. ކަންތައް މިހެންދިމާވުމުން އޭނާގެ ލޮލުގައި 180އަށް ގަދަވެފައި ހުރި ނިދި ސުމަކަށް ވެއްޓިގެން ގޮސްފިއެވެ. އެފަކީރުގެ ގައިން އޮއްދާ ހިއްލާފައިވަނީ ބަޔާން ކުރަންވެސް ދަތި ގޮތަކަށެވެެ. އެއިވޭ މަތިންދާބޯޓުގެ އަޑަށް ބަދަލެއްނައިސް އަދިވެސް އިވެމުން ދެއެވެ. އޭނާ އެއޮތް މަންޒިލަކީ ވަލުތެރެއާ ކައިރި ހިސާބެއް ކަމުން އޭނާގެ ހިތްވަނީ ބިރުން ބަންޑުންވާން ކައިރިވެފައެވެ. އެހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!!

އެބިރުވެރިކަމުގެ ތެރޭގައި ހެޔޮ އެއްޗެހި ކިޔުމުގައި ހޭބޯނާރާ އުޅެނިކޮށް އަނެއްދުވަހަށް އިރުއަރާ ތަނަށް އަލިވެއްޖެވެ. އޭރުވެސް އިވެމުންދާ މަތިންދާ ބޯޓުގެ އަޑަކަށް ބަދަލެއްނާދެއެވެ. އެހެންނަމަވެސް ހިތްވަރެއްކޮށްލާފައި ތެދުވެ، ޖިފުޓިގަނޑުގެ އެތަން މިތަނަށް ލޯހޫރަން ފަަށައިފިއެވެ. އަސްތާ! ކަމަކުދާކަށްނެތެވެ. އެއްލި ކަޅިއަކުން ފެނުނީ ދޮންދޫނީގެ އެންމެ ބޮޑެތި ވައްތަރޭ މިކިޔާ ވައްތަރުގެ ދޫންޏެކެވެ. އާދެ! ލީފިދެކެވެ. އެހިސާބުން އެޟަޢީފް ސޮރަށް އެރޭގަ އެއިވުނުއަޑަކީ ކޮން އަޑެއްކަން ސާފުވެގެންދިޔައެވެ. އިވުނު މަތިންދާބޯޓުގެ އަޑަކީ މިދޫނިތައް އުދުހޭ އަޑެވެ. - ނިމުނީ -

ހަމަމިގަލަމުން

އިދާރާ

ވާހަކަ