އަދުގެ ޚާއްސަ

Print

ދުލަކީ ނުރައްކާތެރިވެސް ހަތިޔާރެކެވެ.

ޝާޢިއުކުރީ އިއްޒާ އަހުމަދު ނިޒާރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ދަންނަވަންތޯއޭ ތެދަށް، ދުލަކީ ލިބުނު ހަތިޔާރެކޭ

      ކަންމިހެން އޮތްއިރު އޮތީ، ރައްކާތެރިވެ ތިބުމޭ ތެދޭ

ބަޑިތަކުންނާ ކަނޑިތަކުން، ނޫނަސް ޤަތުލު ކުރެވޭނެޔޭ

     އަޑިނުބައި ހިތަކުން ނެރޭ، ވިހަގަދަ ބަހެއް ބުނުމުން ތެދޭ

ބަޔަކު ވާހަކަ ދެއްކިޔަސް، ދެމެދަށް ތިބާ ވަނުމެއް ނުވޭ

        ބަޔަކު ތިއްބާ އެތަނަކަށް ،ވަދެ ބަސްބުނުން ގޯހޭ ތެދޭ

ތަންތަނަށްގޮސް އަނގަތެޅުން، ނުވެޔޭ ރަގަޅު ކަމަކަށް ދަނޭ

     ސަންތިވެސް ރަންދަތް ދިނީ، އަނގަމަޑުވުމުން މިތުރަށް ތެދޭ

ބަހުގެ ބަސްމަގު ނައްތަމުން، ބަހުރުވަ ހުތުރު ކުރަމުން ނުދޭ

     ބަހުގެ ފޭރާން ދެރަވުމުން، ބަސްމަގު ބަނަވެ ނެތިދޭ ތެދޭ

ބަދަލުކޮށް އޮޅުވާލަމުން، ދެބައޮޑުވަމުން ނުދުވޭ އިނގޭ

    އަނދައަނދާ ހުރި ހުޅުގަނޑަށް ، އެއްލާލެވުން ވާނޭ ތެދޭ

ނެތްތަނުގަ މީހުންގެ ގޯސް، ވާހަކަ ދެކެވިދާނަމަ ބުނޭ

      ނެތް ވެވޭ ފަރަޤެއްއެއާ، މުޅަމަސް އަޚުގެ ކެއުމާ ތެދޭ

ތެދު ބުނަން ފަސްޖެހެވިގެން، ދޮގުތައް އިތުރު ނުބުނޭ ހެވޭ

      ހެދުނުކަމުގައި ދޮގު ވިއަސް، ފޮރުވިފަ އެކަން ނޯވޭ ތެދޭ

ދިންނަވާތޯ އަޅުތަކުން، ޢާފާތް ތަކުން ދުލަކުން ވޭވޭ

        ދިންނެވުން އެދިގެން ދުޢާ، ތަކުރާރު ކޮށްލާށޭ ތެދޭ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ