އަދުގެ ޚާއްސަ

Print

އެޑިޓަރު މަސްއޫލިއްޔަތު އަދާކުރަން ޖެހޭބާ؟

ޝާޢިއުކުރީ އުބައިދު . ހިމެނޭބަޔަކީ މާދަރީބަސް

އަޅުގަނޑުމެން ސްކޫލުގައިކިޔެވީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. އޭރު ދިވެހިބަސް ކިޔަވާ ދިނުމަށް ބޭނުން ކުރި ފޮތް ބައި ރަގަޅަށް އަޅުގަޑުމެން ވެސް އޭރު ދަސްކުރީމެވެ. އަދި ދޭހަޔާ މަޒުމޫނާ ސިޓީ އާއި ޅެންވެރިންނާ ދަސްކުރީމެވެ. ބަޑޭރިހަސަން މަނިކާއި ނައިބު ތުއްތުގެ ތާރީޚުތަކާއި ދިޔޯގެ ރައިވަރުވެސް ކިޔަވާ ދިނެވެ. ނަމަވެސް ދަންނަ ވަންތޯއެވެ. ސުކޫލު ނިންމާލި އިރު ރަގަޅަށް ތާނަވެސް ލިޔަން އެގެނީ މަދު ކުއްޖަކަށެވެ. އައްޑިހައިގެ ފަހުކޮޅުން ފެށިގެން މިއަދާ ޖެހެން ދެންވެސް އެންމެން މެ މިދައްކަނީ އެއް ވާހަކައެކެވެ. އިމްތިހާނުން ގިނަ ކުދިން ދިވެހި މާއްދާއިން ވަނީ ފެއިލްއެވެ. ދިވެހި މާއްދާ ކުދިން ކިޔަވާ ހިންނުވާ ވާހަކައެވެ. ދިވެހި އިމްތިހާނުގެ ޕޭޕަރު ރަގަޅުނޫން ވާހަކައެވެ. ދިވެހިން ދިވެހި ކުދިން ފާސްވާ ނިސްބަތްދަށްވާ ވާހަކައެވެ.

 

މިމައުޟޫއަށް ކިތަންމެ ލިޔުންތެރިންނެއް ވަނީ އެތައް މަޒުމޫނެއް ލިޔެފައެވެ. އެތައް އެތައް އިލްމީ ދިރާސާތައްކޮށްފައެވެ. މިއަދާހަމައަށް އައިއިރު ވެސް އެއްވެސް ބަދަލެއް ނުފެނުނެވެ. ކޮންމެ އަހަރަކު އެތައްކުދިންނެއް ދިވެހި މާއްދާ ކިޔަވައިގެން ސުކޫލުތަކުން ނިކުމެއެވެ. މީގެ ތެރެއިން ގިނަކުދިންނަށް ވަޒީފާ އަދާކުރުމަށް ފުރުސަތުވެސް ލިބެއެވެ. ނަމަވެސް އަމިއްލައަށް ސިޓީއެއްވެސް އިބާރާތްކޮއްލަން އެގެނީ މަދުކުދިންނަށް ކަމުގައި މުޅި މުޖުތަމައުން ގޮވައެވެ.

 

މިދެންނެވި ގޮތައް ކިޔެވުން ނިމިގެން އިތުރު ތަމްރީނެއްނެތި ނިކުމެ އަމަލީ މައިދާނުގައި އުޅޭ ބައެއް ކުދިންގެ ލިޔުންތައް މަދުންނަމަވެސް އެބަފެނެއެވެ. އަދި އެކުދިންގެ ހުށައެޅުންތައް ވެސް އެބަ އިވެއެވެ. ދުވަހުނޫސްތަކާއި އޮންލައިން ނޫސްތަކުންނެވެ. ޓީވީ ތަކާއި ރޭޑިޔޯ ޕްރޮގްރާމް ތަކުންނެވެ.

 

އަޅުގަނޑު މިއިންސާފުކުރަން އުޅޭ އަސްލު މައުޟޫއަށް މިއާދެވުނީއެވެ. މިއަދު މިނިކުންނަ ނޫސްތަކާއި އޮންލައިން ތަކަށް ލިޔާ ނޫސްވެރިން ގެ ލިޔުންތައް އެޑިޓް ކުރުމަކީ އޮންނަ ކަމެއް ކަމަކަށް މިހާރަކުނުވެއެވެ. ކޮންމެ ހަބަރެއް ލިޔުނަސް ކުރިން އެޑިޓަރުން އެހަބަރުތައް ކުއްފިލުވާ ރަގަޅުކުރެއެވެ. ދިވެހި ބަހުގެ ހަމައާއި އުސޫލުތަކަށް އެލިޔުމެއް ފެއްތުމަށް މަސައްކަތްކުރެއެވެ. މި ދެންނެވި ގޮތައް އަމަލު ކުރާ ނޫސް މަޖައްލާތައްވެސް މިއަދުވެސް ނެތެކޭ ނުދަންނަވަމެވެ. ނަމަވެސް ދަންނަވަން ޖެހެނީ ބައެއް ނޫސްވެރިންގެ ހަބަރުތައް ކިޔާލުމުން ދިވެހި ބަހުގެ ހަމަ ހިފަޓަށް ނޭގޭކަން ނުވަތަ ބޭނުން ނުވެޔޭ ހީވާ ވަރަށް ލިޔުންތައް އެބަހުއްޓެވެ. ހަބަރެއް އަޑު އަހަން އިންނަ އިރު ހުޓާތަންތަނުގެ ގޮތުން ނުވަތަ ބަސްތައް އިސްފަސް ތަރުތީބު އޮތް ގޮތުން އެހަބަރެއްގައި ކީއެއްޗެއް ނޭގި ދަނީކީ މަދެއް ކޮށެއް ނޫނެވެ. ލިޔުންތަކުގައި ބޭނުން ކުރަން ކަމުނުދާ ބަސްތައް ބޭނުން ކޮއްފައި ހުންނަނީ ކީވެސް މަދެއްކޮށެއް ނޫނެވެ. ދިވެހި ލިޔުންތައް މޮޑަންކުރުމުގެ ނަމުގައި ބަހުގެ ހަމަތަކުން ބޭރުވެފައި ހުންނަކީ ވެސް މަދެއްކޮށެއްނޫނެވެ. މިކަހަލަ ލިޔުމެއް ފެންނަ ބައެއް ފަހަރުތަކުގައި ފާޑު ކިޔައިފިނަމަ ޓީވީ، ނޫސްތަކުގެ ބޮޑުން ޒިންމާ އަޅުވަނީ އެލިޔުނު ކުއްޖެއްގެ ބޮލުގައެވެ. އެކުއްޖާ އަކީ ވަރަށް ފަހުން ސުކޫލުން ނިންމާ ޖޮއިންކުރި ކުއްޖެކޭ ބުނެ ނިންމާލަނީ މަދެއްކޮށެއް ނޫނެވެ.

 

ނަމަވެސް އަޅުގަޑަށް ފެންނަ ގޮތުގައި މިކަމަކީ މިއަށްވުރެ ސީރިއަސްކޮށް ވިސްނާ ރަގަޅުކުރަން ވެއްޖެ ކަމެކެވެ.  އެޑިޓޯރިއަލްގެ މަސްއޫލިއްޔަތު އަދާކުރަން އެބަޖެހެއެވެ. 

ހަމަމިގަލަމުން

އިދާރާ

ވާހަކަ