އަދުގެ ޚާއްސަ

Print

މަސްވެރިވި އަންހެނުން

ޝާޢިއުކުރީ އިއްޒާ އަހުމަދު ނިޒާރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

"މަސްވެރިންނޭ" ބުނެލުމުން، ހިވޭ އެއީ ހުސް ފިރެހެނުން

   "މަސްވެރިންނީ" އަސްލުގައި ،ހީވާގި މިއުޅޭ އަންހެނުން

ކޮންމެ ރެއަކުމެ ފަޖުރުތަރި އެރުމާއެކީ ހަމަ އާދައިން

   ކޮއްތުތަށި ތައްޔާރުކޮށް ފަގެނެސްދެނީ ދެނީ ބަލަ އަންހެނުން

ގޮސް ތިބޭނޭ ގޮޑުދޮށަށް، އޮޑިގޮސް އޮބާލާންދެން ބަލަން

   އޮއްސުނަސް އިރު އޮޑި ލަފާތޯ އަތިރިއަށް ދޭ އަންހެނުން

ހައްސަބައިގެން ދިދަޖަހާ، އޮޑިތައް ނެރުން ވަނުމާއެކީ

    އަސްތަ! ފަރިވަޅުތައް ހިފައިގެން އަންނަނީވެސް އަންހެނުން

މަސްކަނޑާ ނިމުމުގެ ކުރިން ތެލިތައް އުނދުމައްޗަށް އުދާ

    ކަސްދުމުން ލޯ ފުސްކުރީ ކުޅަދާނަ މިކިޔާ އަންހެނުން

މަސްއަޅާ ދިޔަގަނޑު މޮޅަށް ކައްކާފަ ނޫނީ ނުނިދުމަށް

      ގަސްދުކޮށް ޤުރުބާންކުރީ ރޭގަނޑުގެ ނިދިވެސް އަންހެނުން

މަސްތަކުން ކައްޓާއި ހަން ދަމަމުން ރިހާކުރު ކައްކަމުން

      މަސް އަވިއްލާ މަސްނަގަން ތިބެނީ އަވީގައި އަންހެނުން

މިންނަތާއެކު މަހުގެ އަގު ބާޒާރުގައި އުފުލާލުމަށް

      ހިންދަމާނުމެލާ ރެއާއި ދުވާލު އުޅެނީ އަންހެނުން

 މަސްވެރިން ކަމުގާ ވެކަބަލުން، ނޫނަކަސް ފިރެހެންވެރިން

      މަސް ނުބޭނިއަކަސް ކަނޑަށް، ގޮސް ދޯނިފަހަރުގަ އަންހެނުން    

ހާސްފަށުން ޝުކުރާ އެކީ" ސާބަސް" ކިޔަން ހިޔަފަށްފަށުން

       ޚާއްސަކޮށް މަސްވެރިކަމަށް ޚިދުމަތްކުރާތީ އަންހެނުން 

 

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ