އަދުގެ ޚާއްސަ

Print

އަދިވެސް ވެއިޓަރުންނާ ބެހޭނަންތަ؟؟

ޝާޢިއުކުރީ ޝާފިޢު ޢަބްދުﷲ / ތިނަދޫގެ ހއ. ބާރަށް . ހިމެނޭބަޔަކީ އިޖުތިމާޢީ

ވެއިޓަރުންނާ އަދިވެސް ބެހޭނަންތަ؟؟ މަދު މީހަކަށް ފިޔަވައި އެނގިފައި ނުވެދާނެވެ. ޒަމާންވީ ވާހަކައެކެވެ. ނަމަވެސް ބަނޑޭރި ހަސަންމަނިކުފާނުގެ ދިޔޯގެ ރައިވަރުގެ ވާހަކައެއް ނޫނެވެ. އަޅުގަޑުމެން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މިވާހަކައިގެ ތެރޭގައި ޝާމިލުވާނެ ވާހަކައެކެވެ. ފޮނި، ތުއި، ކިބުރުވެރި ޒުވާން ޖިންސުއްލަތީފުންނާއި ހުރިހައި އުމުރުފުރާއެއްގެ މީހުންގެ ވާހަކައެވެ. މިއަދުގެ މުޖްތަމައުގައި ހޮޓާތަކާއި ރެސްޓޯރެންޓްތަކުންނޫނީ އެއްފަރުވެސް ކޭން ނުބެއްލެވޭ ފަރާތްތަކުގެ ވާހަކައެވެ. އަޑުއަހާނަންހެއްޔެވެ؟ އާއެކެވެ.

މިއަދު މިވަނީ ބޭރުން ކެއުން އާންމުވެފައެވެ. މޭރީ ބުރައުން އާއި ޑައިންމޯ އަދި ލެމަން ގްރާސް އާއި ޅިއަނު ކަޑަ ނޫންނަމަ މިނޫންވެސް ކެފޭ ތަކާއި ހޮޓާތަކާއި ރެސްޓޯރެންޓް ތަކުގެ ކާނާ މިއަދު ކޮންމެހެން ކާންޖެހޭކަހަލައެވެ. މީރެވެ. ވަސްވެސް ރަނގަޅެވެ. ނަމަވެސް ހިތާމަކުރަންޖެހޭ ކަންތައްތަކެއް ހުރެދާނެއެވެ. ދިވެހިންގެ ވާހަކައެވެ. ނަމަވެސް ހަގީގަތް ފޮރުވައިގެން ހުރުމަކީ އަނގަ ކަހާ މީހަކަށް އެހާ ފަސޭހަކަމަކަށް ނުވެދާނެވެ.

 

އެހެންވެ މި ވާހަކަ ދައްކާނަމެވެ. އެންމެ ފުރަތަމައަށްވެސް ހިތައް ސިފަވަނީ މީގެ ހަފްތާއެއްކުރިން ލޯމައްޗަށް ފެނުނު މަންޒަރެކެވެ. ހާބަރު ސަރަހައްދުގައިހުރި ކަޑައެއްގެ ތެރެއިންނެވެ. ނޫކަށިފުރައިގެ ޒުވާނުންކޮޅެކެވެ. ކާއެއްޗެހި ގެންނަން އޯޑަރުކުރީ ވަރަށް ކަވައިގެން ތިބެއެވެ. ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓްފަހުން އޭގެތެރެއިން ޒުވާނަކު ކަޑައިގެ ވެއިޓަރަކަށް ގޮވާލިއެވެ. ގޮވާލާ ކަހަލަ ގޮތަކަށެވެ. ޗުވިސް ޗުވިސް ލާފައި ތުމުން ފުމެލާފައެވެ. ވެއިޓަރަކަށް ހުރީ ހިތްމޮޅު ދިވެހިން އެހާ ގަޔާނުވާ ބަނގްލަދޭޝްގެ ރައްޔިތެކެވެ. މަޑުމައިތިރިކަމާއެކު ވެއިޓަރުމީހާ އެޒުވާނުންތައް ތިބި މޭޒުގެ ކައިރިއަށް އައެވެ. އެތަނުންޒުވާނަކު ވެއިޓަރުމީހާއާ ދިމާލަށް ކޭ، ކޭ ކޭ ކިޔާފަ ކާއެއްޗެހި ގެނައުން ލަސްވެގެން އެކަމަށް އަވަސް ހައްލެއްގެނައުމަށް އެއްޗެހި ކީއެވެ.

އަނެއް ޒުވާނަކު އޭނާއާ އެއްބައިވުމުގެ ގޮތުން ޗުކުޗުކު ތެޅުވިއެވެ. މިހިސާބުން މިވާހަކަ އަދި ނިމުނީކީއެއް ނޫނެވެ. ހަމަ ތެދެކެވެ. ތަނަކަށް ކާން ވަދެވިއްޖެނަމަ އެބަޔަކުވަރެއް ނެތެވެ. އެގޮތަށް އުޅެވެނީއެވެ. އޮޓޮއިންވެސް އެހެން ވަނިއްޔެވެ. ކީއްވެގެންހެއްޔެވެ؟ ލާރިދީގެން ކާތީއެވެ. ކާން ބޭނުންވަނީ މުސަންމާއެވެ. ސަބްމެރިންނެވެ. ނޫންނަމަ ބާމި ގޮރެންނާއި، ލެއްވިހާ އަގުބޮޑެތި އެއްޗެއްސެވެ. ނަމަވެސް އެއިން އެއްޗެއް ކާލައިފައި ލާރިދޭން ބަލާއިރު ކުރިން ބުނެވުނު ތަންތަނުން ކާންއުޅޭމީހުންގެ ވޮލެޓު އަތުގެ ހުދުހަމަށް ތަޅައިވެން ވަކިލާރި ލައިގެން ކިރިޔާ ބިލްދައްކާލެވޭވަރުވަނީ ހަމަކިރިޔާއެވެ. އެހެން ކަންދިމާވުމުން ދެންވަނީ ކިހިނެއްހެއެޔެވެ؟ ލާރި ހަމަނުވެދާނެކަމަށް ދެން ބޯން ޖެހެނީ ކަޅެކެވެ. ނޫނީ ކާލާނީ ދެތިން ހެދިކާއެވެ.

މިވަރުން އުޅެންޖެހޭއިރުކޮންމެހެން މަލާމާތްކޮރަނީކީ ނޫނެވެ. ނަމަވެސް ދައްކަން މިއުޅެނީ ހިތްމޮޅުކަމުގެ ވާހަކައެވެ. އަޑުއަހާށެވެ. ވެއިޓަރުމީހާއާ ދިމާލަށް ސައިބޯން ނުވަތަ ކާންދާ މީހުން ކިޔާއެއްޗެހި ދޯއެވެ. ހިނި ނާދޭހެއްޔެވެ. ނޫނެކެވެ. ހިނިވެސް އަންނާނުންހެއްޔެވެ. އެކަމަކު ހިނުމުގެ ބަދަލުގައި ލަދުގަންނަންވެއްޖެއްނުންހެއްޔެވެ. ކިޔާއެއްޗެހިން މީހުންގެ އަބުރާ އިއްޒަތަށް އަރައިގަނެވުނީ ކިހާ މިންވަރަކަށް ކަން އެގޭނެ ދުވަހެއް ވާނެއެވެ. އަޑުއަހާށެވެ. ވެއިޓަރުމީހާއަށް ތިމާ މީ އެންމެ މޮޅުމީހާ ކަމަށްވެފަ ބަވައިގަންނައިރު ކުރިމަތގައި އެމީހާ އެއްޗެކޭ ނުބުނެދާނެއެވެ. ނަމަވެސް އޭނާ އަށް އެނޫންގޮތަކުން ބަދަލު ހިފިދާނެއެވެ. ނޫންނަމަ ބަދަލު ހިފައިދާނެހެއްޔެވެ؟ އާއެކެވެ. ގެންނަ ކާއެއްޗެހި ނޫންނަމަ ކޮފީތަށި އަވަހަށް ލިބޭގޮތް ވަނީ ހަޅޭލަވައިގެންކަމަށް ވެދާނެވެ. ނަމަވެސް އަންނައިރު ކޮފީތައްޓަށް ކޮށްފައި ހުންނަނީ ކީއްކަމެއް އެނގޭމީހަކު ހުރެދާނެބާވައެވެ؟ ކޮފީތައްޓަކީ މަތިން ބަލާލާއިރު ކޮންމެވެސް ވަރަކަށް ފޮނު، އެއިން ފެންނަ އެއްޗެކެވެ. އެއަށް މިކިޔާ ބަންގާޅީން ކުޅުޖަހާފައިހުރެދާނެހެއްޔެވެ؟؟ ހަހަހަހަ! އާއެކެވެ.

ބަވައިގަންގޮތުން އެމީހުނަ ވަކި މަޑުމަޑުންތިއްބަސް ހާދަ ރުޅިއެއް އަންނާނެވެ. ބަދަލުހިފުމުގެ ގޮތުން ކޮފީތައްޓަށް ނޫންނަމަ ކާންގެންނަ އެއްޗެހީގެތެރެއަށް ވަރުގަދަ ކުޅުގަނޑެއް ޖަހާފައިހުރެދާނެވެ. ބަދަލުހިފުމުގެ ގޮތުންނެވެ. އަދި މިނޫނަސް ކިތައްކަންތައް ކުރާހެއްޔެވެ؟ ނުދޮވެހުންނަ ސަމުސަލާ ސިންކުތެރެއިން ސާފޮކޮށްލުމެއްނެތި ނަގާ ޖޯޑުގައި ކޮފީ ގިރާފައި ދީފާނެހެއްޔެވެ. އާއެކެވެ. ދީފާނެވެ. ވިސްނާށެވެ! މިފަދަ ކަންކަމަކީ ދިވެހިންނަށްވެސް ހަގީގަތް އެނގޭނެނަމަ ތަންކޮޅެއް ވިސްނާލާނެ ކަމެވެ. ރައްޓެއްސަކު ކިޔައިދިނެވެ.

ރެސްޓޯރެންޓެއްގައި ދެތިން އަހަރު މަސައްކަތްކުރީ ލަންކާ މީހަކަށް ވެގެނެވެ. ދިވެހިންގެ ގާތުގައެވެ. އެންމެންވެސް ދަންނަ ނަސަންދުރާ ގައެވެ. އެތަނަކީ ދިވެހިން ވަރަށްގިނައިން ގޮސްއުޅޭތަނެކެވެ. ދެތިން އަހަރު ވީއިރު ދިވެހިންގެ ފެންވަރު ވަރަށްގާތުން ބެލިއެވެ. އަތުގައި ފައިސާފޮއްޗެއްނެތް މީހުންގޮސް އެތަނުގައި އުޅޭގޮތެވެ... ސުބުހާނައްﷲ އެވެ. ބޮޑާކަމާއި ކިބުރުވެރިކަން ހައްދުފަހަނަ އަޅައިފައެވެ. ރުޅިވެރިކަމާއި ނުލަފާކަމުގެ ހައްދުފަހަނައެވެ. ހުރިހާ ދިވެހިންނެއް ނޫނެވެ. މީހުންނާ މުހާތަބުކުރާގޮތާއި ކޭ ކޭ ކޭ ކިޔާފައި ވާހަކަދައްކާ ގޮތެވެ. އަންހެންކުދިންނާއި ފިރިހެންކުދިންނެވެ. އަދި ހުރިހާ އުމުރެއްގެ މީހުންނެވެ. މިހާރު އެ ރަހުމަތްތެރިޔާ މަސައްކަތްކުރަނީ ރިސޯޓެއްގައެވެ. ވެއިޓަރަކަށެވެ. ދިވެއްސެކެވެ. ދިވެއްސެއްގެ ގޮތުގައެވެ. ދިވެހިންހާ ހިމޮޅު ބަޔަކު ދުވަހަކުވެސް އަދި ފަސް އަހަރުވެގެނެދިޔައިރު ދިމާނުވާކަމަށް ބުނެއެވެ. ދިވެހިންގެ ވާހަކަ މިދަންނަވަނީ ވަކި އަޅުގަނޑު އިސްތިސްނާ ވާގޮތަކަށް ނޫނެވެ. ބައެއްގެ އާދަތަކާއި އުސޫލުތައް ހައްދުފަހަނައަޅައި ދާނަމަ އެވާހަކަ ކޮންމެވެސް ބަޔަކު ދައްކަން ޖެހޭނެއެވެ.

އެއީ އެންމެންގެވެސް ރައްކާތެރިކަމާއި ސަލާމަތައްޓަކައެވެ. އަޑު އަހާށެވެ. ސިއްހީ ބަލިމަޑުކަންތައްތައް، އާބަލިތައް އިންތިހާޔަށް އަޅުގަނޑުމެންގެ ތެރޭގައި އެބަ އިތުރުވެއެވެ. އަދި ހާއްސަކޮށް ފާހަގަކޮށްލަންޖެހޭކަމަކީ ޑޮކްޓަރުންގެ ލަފާތަކާއި އިރުޝާދުތަކެވެ. ބޭރުން ކެއުންތައް ނުކެއުމަށްދޭ އިރުޝާދުތަކެވެ. އަދިހާއްސަކޮށް ބޭރުންކައިހަދާ ފަރާތްތަކަށް ގިނައިން ބަލިޖެހޭކަމާދޭތެރޭ އެއްވެސް ފަރާތަކުން ޝައްކެއްނުކުރާނެވެ. ވީއިރު ވިސްނާލަމާތޯއެވެ. ކާނާގެ ޒަރިއްޔާއިން ބަލިވާ ބައެއްކަމުގައި ނުވުމަށް ސާފުތާހިރުކަމަކީ އެންމެ ބޮޑު އެއްދައުރު އަދާކުރާ އެކައްޗެވެ. އެހެންވުމުން ތިމާއަށް މީހެއްގެ ފުށުން ބައްޔެއްޖެހެން ބޭނުންނުވާނެފަދައިން މީހަކު ބަދަލުހިފުމުގެ ގޮތުން ތިމާޔަށް ކަމެއްކުރިޔަ ނުދޭށެވެ.

އެ ފުރުޞަތުތައް ބަންދުކޮށްލާށެވެ. ވެއިޓަރުންނެއްކަމަކު އެމީހުންގެ ކުށަކީ ކޮބައިތޯއެވެ؟ އެހެންގައުމެއްގެ ބަޔެކޭ ހިތައި އެމީހުނަށް ހިތައްއެރިގޮތެއް ނުހަދާށެވެ. ދިވެހިންނަށް ރަނގަޅަށް ތަހުޒީބުގެތެރެއަށް ނުވަދެވުމުން ވެއިޓަރުން ނަކީ އެއްވެސް ދަރަޖައެއްގެ ބަޔަކަށް ނުވެއެވެ. އަޑުއަހާށެވެ. އެމީހުންނަކީ ބަޔަކަށްނުވާނަމަ އެމީހުންގެ ދެއަތުން އުފުލާ ކާނާ ކެވިދާނެހެއްޔެވެ. ނޫނެކެވެ. ހުރިހާ ދިވެހިންނެވެ. ހޭއަރާށެވެ. ވެއިޓަރުންނަށް ބަވާ ހަޑިހުތުރުބަހުން ވާހަކަދެއްކުމަކީ ތިމާގެ ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މިކަމުން ސަލާމަތް ވުމަށް ބުނެވިދިޔަ ހައްލާމެދު ވިސްނާށެވެ. ހަމައެކަނި މިކަމަކަށްނޫނެވެ. އިންސާނިއްޔަތަށްޓަކައި މިވަރު ނުވާންވީ ކީއްވެތޯއެވެ. ނިންމާލާނަމެވެ. ނަމަވެސް ސުވާލަކަށް ފަހުއެވެ!! އަދިވެސް ވެއިޓަރުންނާ ބެހޭނަންހެއްޔެވެ؟؟؟؟؟؟ ވިސްނާށެވެ. = ނިމުނީ =

ހަމަމިގަލަމުން

އިދާރާ

ވާހަކަ