އަދުގެ ޚާއްސަ

Print

ކިތަންމެވަރަކަށް ކިޔެވިއަސް ފައިދާއެއް ނެތް!!

ޝާޢިއުކުރީ މޫސާ އަހުސަން ޝަރީފް / ސަމަންދަރު ގދ.ހޯނޑެއްދޫ . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު

ގައުމުގައި ކިޔަވައިގެން ތިބި ނޫކަށިފުރައިގެ ޒުވާނުނާއި ބޮޑުން އިތުރުވެއްޖެއެވެ. ކިޔަވާ ކުދިން ކިޔަވަމުންދަނީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އެގާރަ ބާރަ ހަދަނީއެވެ. ޑިޕްލޮމާއާއި ޑިގްރީވެސް ހަދަނީއެވެ. ނޫންނަމަ އެއަށްވުރެވެސް މައްޗަށް ނުކިޔަވާ މީހަކު މިހާރު ދަނީ މަދުވަމުންނެވެ. އުސްތާޒުންނާއި ޑޮކްޓަރުން މިވަނީ އިންތިހާއަށް އިތުރުވާން ފަށާފައެވެ. ނަމަވެސް ކުރަނީ ކޮންފައިދާއެއް ހެއްޔެވެ. ކިޔެވުމުގެ ދާއިރާތަށް ނުހަނު ގިނައެވެ. ކިޔަވަނީ ހުރިހާކަމެއް ހިމނޭ ވަށައިޖެހޭ ތައުލީމެއްގެތެރެއިންނެވެ.

ތެދެކެވެ. ކިޔަވައިގެން ކުރަނީ ކޮންފައިދާއެއްހެއްޔޭ ބުނުމުން ވަރަށްގިނަ ބައެއްގެ ދެބުމަ ގޮށްޖެހިދާނެވެ. އެހެންނަމަވެސް ތެދު ހަގީގަތް ލިއުމަކުން ހާމަކުރަމާތޯއެވެ. އެއްވެސް ހާލެއްގައި މިދަނަނަވަނީ ހުރިހާ ބޭފުޅުންގެ ވާހަކައެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ކިޔަވައިގެންތިބި ގިނަބައެއްގެ ވާހަކައެވެ. ގިނަ ބައެއްގެ އަމަލުތައް ހުރިގޮތުގެ ވާހަކައެވެ. އެންމެ ތުއްތުއިރު ނާސަރީގައި '' ކުދި ކުދި ކަރުދާސް، ކުދިކުދި ކަރުދާސް '' ހޮވާނެގީމެވެ. ރަނގަޅު ކަންތައްތަކެއް ދަސްކުރީމެވެ. އެންމެ ސާފުތާހިރު ކުލާސް ރޫމު ކަމުގެ ވަނަ ހޯދުމަށްވެސް އެތައް ބައިވަރު މަސައްކަތެއް ކުރީމެވެ. އަޅުގަނޑުމެނެވެ. މިދަންނަވާ ހުރިހާ ބޭފުޅުންވެސް މެއެވެ.

 

ނާސަރީގެ ވާހަކައެއް ނޫނެވެ. ޕްރައިމަރީ ގްރޭޑްތަކުން ފެށިގެން ސެކަންޑަރީ ގްރޭޑްތަކުގައިވެސް ސާފުތާހިރުކަމުގެ އެތައް ކަންތައްތަކެއް ދަސްކުރެއެވެ. ނަމަވެސް މިއަދު މިފެންނަނީ އެ ކިއެވި ކިއެވެއްޔާއި އަމަލާ ދިމާނުވާ މަންޒަރެވެ. ކައިފައި އެއްލައިލާ ސުޕާރީޕެކެޓް ގިނަފަހަރަށް އޮންނާނީ ފައިދަށުގައެވެ. މިދަންނަވަނީ އެ ކާލާފައި އެއްލާލަން ވަކި ތަނެއް ނޯންނަ ވާހަކައެވެ. ހޮސްޕިޓަލެއް، ސްކޫލެއް އަދި އޮފީހެއް އޮންނަނީކީއެއް ނޫނެވެ. ތަންތާނގައި ބަހައްޓަފައިހުންނަ ޑަސްބިންތަކެކޭ ގަވާއިދު ފުރިހަމަކޮށްލަން ހޮޓާތަކުގައި ހަރުކޮށްލާ ލިއުމެކޭ އެއްފަދައެވެ. މިހެން މިދަންނަވަނީ އެތަކެތި ބަހައްޓާފައިހުންނަނީ ކުނިއެޅުމަށްކަމުގައި ވިނަމަވެސް އެތަކެތި ކިޔަވައިގެން ނިކުންނަ ފަރާތްތަކަށް ނުފެންނަ ވާހަކައެވެ. އަދި މިހިސާބުން މިނިމުނީއެއްނޫނެވެ.

ގޭގައި ގެންގުޅޭ ފަރުނީޗަރު ބާވުމުން ގޭގެ ދޮރުން ނެރޭ ހިސާބުންފެށިގެން އޮޓޮއިން އެތަކެތި މަގުމަތީގެ ދުވާރު ބޭނުންކުރާ މީހުންގެ އެއްޗަކަށް ބަދަލުވެއެވެ. ނޫންނަމަ ގޯޅިގަނޑުތަކުގައި ދިރިއުޅޭ މީހުންގެ އެއްޗަކަށްވެދެއެވެ. ހައްތަހާވެސް މިދަންނަވަނީ ކިއަވައިގެން ނިކުމެ ބޮޑު ފާހެއް އޮންނައިރު ތިމާގެ އަވައްޓެރިންނާއި އެހެން ފަރާތްތަކަށް އުނދަގޫވާނެކަން ކިޔަވައިގެން ނިކުންނަ ކުދިންނަށް ނޭންގޭވާހަކައެވެ. ގޭގޭގެ ކުނިކޮތަޅުތައްވެސް ހަމަ މިފަދައެވެ.

ރަހުމަތްތެރީންނެވެ. އަޑުއަހާށެވެ. ތިމާއަކީ މީހަކަށްވަނީ ކޮންމެހެން ތިމާގެ އަތުގައި މޮޅު ފާހެއް އޮތުމަކުންނޫނެވެ. އެންމެ ތުއްތު އިރުންފެށިގެން ޕީ އެޗް ޑީ ނިމެންދެންވެސް ތިމާމެން ކިޔެވުމަށްދަނީ ނުހަނު ސާފުތާހިރުވެގެނެވެ. ނަމަވެސް ތިމާމެންގެ ދެއަތް އޮންނަނީ ކިލަނބު ކުލައިގައެވެ. ހިރަފުސްވެފައެވެ. ނޫންނަމަ ނުތާހިރާއެވެ. މިހެން މިދަންނަވަނީ ކީއްވެގެންކަން ކިޔާލާށެވެ. ފާސްތައް އަތަށް ލިބޭހިސާބުން ތިމާމެނަށް ހީވަނީ ތިމާމެން މިތިބީ އެންމެހާ މަސްއޫލިއްޔަތު ތަކުން އެއްކިބާވެފައިކަމަށެވެ. އެހެނީ ސާފުތާހިރުކަމުގެ ކަންފުޅެއްވެސް ނެތްތާ އެހެންމީހަކަށް ވެދާނެ ގެއްލުމަކަށްވެސް ނުވިސްނާކަމެވެ.

ހިތާމަހުއްޓެވެ. ވިސްނާ ފިކުރުހިންގާށެވެ. ތިމާމެން ކިޔަވައިގެން ރަނގަޅު ކަންތައްތަކެއް ޤައުމުގައި ބިނާކުރަން ނިކުންނަ ބަޔަކީ ގައުމާއި ރައްޔިތުން ނަޖިސްކުރާ ބަޔަކަށް ނުވާށެވެ. ހޮޓަލަށް ސައިބޯންގޮސް ބޭނުންކޮށްލާ ޓިޝޫ ބިންމައްޗަށް ވައްޓާނުލާށެވެ. ހޮސްޕިޓަލަށާއި އެހެނިހެން ތަންތަނަށް ގޮސް ކާލާ ކިއްލިގޮއްޓާއި ސުޕާރީ ޕަކެޓް ބިންމައްޗަށް ވައްޓާނުލާށެވެ. ގެއިން ބާވެގެން ބޭރަށް ނެރޭ އައިސް އަލަމާރިއަކީ ހިނގާބިނގާވެއުޅޭ މީހުނަށް ދަތިކުރާއެއްޗަކަށް ނުހަދާށެވެ. މިދަންނަވާ ކަންތައްތަކަށްވަކި ސަމާލުކަމެއް ނުދީ ކިޔެވުމުންކުރާނީ ކޮންފައިދާއެއްހެއްޔެވެ.

= ނިމުނީ =

ހަމަމިގަލަމުން

އިދާރާ

ވާހަކަ