އަދުގެ ޚާއްސަ

Print

ސުވަރުގޭގެ ދޫނި

ޝާޢިއުކުރީ ނަޝީދު . ހިމެނޭބަޔަކީ އެނގޭތަ

ފާރިސީ އާދަކާދައިގައި ހޯމާ ނުވަތަ ހުމަ ކިޔާދޫންޏެއް އުޅެއެވެ. މި ދޫންޏަކީ އެގޭ މުޅި ޙަޔާތް އިންސާނީ ލޮލަށް

ފެންނަ ވަރަށްވުރެ މަތިން އުދުހުމުގައި ހޭދަކުރާ އެއްޗެކެވެ.އަދި ދުވަހަކުވެސް ބިމުގައި ފައި ނުޖައްސައެވެ. ބައެއް ގަބޫލުކުރުންތަކުގައި އެދޫނީގެ ފައެއް ނުހުރެއެވެ.

ފީނިކްސްއާ ވައްތަރު ނުވަތަ ހަށިގަނޑުގެ މަތީބައި ބާޒެއްހެންވާ މިދޫނި އެހެން ދިރޭއެއްޗެއް ޝިކާރަކޮށް އޭގެ މަހެއް ނުކައެވެ. އަކަމަކު ކައިއުޅެނީ މަރުވެފައިވާ ޖަނަވާރުގެ މުޅަމަހެވެ. ހަށިގަނޑުގެ ތެރޭގައި ދެޖިންސުގެ ހިއްސުއެކުލެވޭ މިދޫނި ބިސްއަޅަނީ ވައިގެ ތެރޭގައެވެ. ވައިގެ ތެރެއިން ބިމަށް ވެއްޓުމުގެ ކުރިން  ބިސްފީވެ އެއިން ޅަދޫނި ނުކުމެ އުދުހިގަނެއެވެ. 

 

ފާރިސީ ގަބޫލުކުރުމުގައި މިދޫންޏަކީ އޯގާތެރި ދޫންޏެކެވެ. ތިޔާގިކަމާއިވެސް ގުޅިފައިވާ މިދޫނީގެ ހިޔަނި އެޅިއްޖެނަމަ އެމީހަކު  މުއްސަނދިވެދެއެވެ.އަދި މުޅި އުމުރަށް އުފާވެރިކަން ގެނެސްދެއެވެ. އަދި ބޮލުގައި ނުވަތަ ކޮނޑުގައި އިށީނދެއްޖެނަމަ އެމީހެއްގެ ނަމުގައި ރަސްކަމެއް ހިލެއެވެ. މިދޫނީގެ ބަރަކާތް ހޯދަން ކިތަންމެ ބޭނުންވިނަމަވެސް، އެކަންހާސިލް ވުމަކީ ނާދިރު ކަމެއްކަމަށް ބުނެވެއެވެ. އަދި އެދޫނި ދިރިހުއްޓާ އަތުލައިގަތުމަކީ ނުވާނެ ކަމެކެވެ. ހަމަ އެގޮތަށް އެދޫނި މަރާލައިފިނަމަ އެމީހަކު ސާޅީސް ދުވަސްތެރޭގައި މަރުވާނެ ކަމަށް ބުނެވެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ