އަދުގެ ޚާއްސަ

Print

ދިވެހިރާއްޖޭގެ ތަރައްޤީ ވަނީ އެއްފަސްކުރުމާ ގުޅި ލާމެހިފައެވެ.

ޝާޢިއުކުރީ މާހިދު މުޙައްމަދު / ފްރެޝްކޯނަރ / ނ. ހެނބަދޫ . ހިމެނޭބަޔަކީ އިޖުތިމާޢީ

ދިވެހިރާއްޖެއަކީ އިންޑިޔާ ކަނޑުގައި ދުރުދުރުގައިވާ ރަށްތަކަކަށް ފެތުރުފައިވާ ހާރެއްގެ ބައްޓަމަށް އޮންނަ ކުޑަކުޑަ ޤައުމެކެވެ. އެއް ބަހެއް، އެއް ދީނެއް އަދި އެއް ޘަގާފަތެއް އޮންނަ އެއްބައިވަންތަ ޤައުމެކެވެ. ފަތުރުވެރިންގެ ނަޒަރުންނަމަ ދުނިޔެމަތީގައިވާ ސުވަރުގެއެވެ. ނަމަވެސް، މިރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިސްވެ ދެންނެވި ހާރެވެ. އެހާރުގެ ދިގުކަމުންނެވެ. އެހާރުގެ ތެރޭގައި މީހުން ވަޒަންވެރިވެފައިވާ ވަކިވަކިން އޮންނަ ކުދި ގިން ރަށްތަކުގެ ސަބަބުންނެވެ. މިމައްސަލަ ޙައްލުވާންއޮތީ ހަމަ އެންމެ ކަމެއް ކުރެވިގެންނެވެ. އާބާދީ އެއްފަސްކުރެވިގެންނެވެ.

ތަނެއް އިޖުތިމާއީ ގޮތުން ތަރައްޤީވެގެންދާނީ އެތަނެއްގައި ތަޢުލީމީ ބަޔަކު އުފެދިގެންނެވެ. ކުރިންވެސް ދެންނެވުނު ފަދައިން ރާއްޖޭގެ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފަށާ ތަޢުލީމުގެ ފެންވަރަށް ކިޔަވައިދެވެއެވެ. އެހެންނަމަވެސް، ރާއްޖޭގެ އާބާދީ ދުރުދުރުގައި އޮންނަ ރަށްތަކަށް ފެތުރިފައިވާތީ މުޅި އާބާދީއަށް އެޙިދުމަތް ފޯރުކޮށްދިނުމަށް އެތަށް އަހަރެއް ނެގިއެވެ. އާބާދީ އެއްފަސްކުރެވިފައިވާނަމަ، މިފަދަ އެތައް ޙިދުމަތެއް ހަލުވިކަމާއެކު މުޅި އާބާދީއަށް ފޯރުކޮށްދެވިދާނެއެވެ. މިސާލަކަށް، ކޮންމެ އަތޮޅެއްގައިވެސް އެންމެ ބިން ބޮޑު، ކައިރީގައި އޮންނަ ދެތިން ރަށަކަށް މުޅި އަތޮޅުގެ އާބާދީ ބަހާލެވިއްޖެނަމަ، ކޮންމެވެސް އެއް ރަށެއްގައި މަތީ ޘާނަވީ ފެންވަރަށް ކިޔަވައިދެވޭ ޔުނިވާސިޓީއެއް އެޅިދާނެއެވެ. އޭރުން އިސާހިތަކު ތަޢުލީމު އާއްމުވެ، ހޭލުންތެރިކަން އިތުރުވެ އަދި މުޅި އާބާދީ އިޖުތިމާއީގޮތުން ތަރައްޤީވެގެން ދާނެއެވެ.

ރައްޔިތުންގެ ސިއްޙަތަކީވެސް ޤައުމުގެ ތަރައްޤީގައި މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. ދުޅަހެޔޮ ބައެއް ނެތްނަމަ، އެތަނެއް ތަރައްޤީ ކުރާނެ ބަޔަކު ނުތިބޭނެއެވެ. ކޮންމެ ތަށެއްގައިވެސް އަދައިގެ ބަލިބައްޔަށް ބޭސްފަރުވާ ކުރެވެން ހުރެއެވެ. އެހެންނަމަވެސް، ސީރިޔަސް ބައްޔެއް ވެއްޖެނަމަ، ފުރައިގެން ދާންޖެހެނީ ކައިރީގައި އޮންނަ ކޮންމެވެސް ބޮޑު ރަށަކަށެވެ. އެ ރަށްރަށުގެ އާބާދީ ބޮޑުވުމުގެ ސަބަބުން ރަނގަޅު ސިއްޙީ ޙިދުމަތެއް ދެވޭނެ މަގު ފަހިވެފައި ހުރެއެވެ. އާބާދީ އެއްފަސްކުރެވިފައިވާނަމަ، މިމައްސަލައަށްވެސް ހައްލެއް އަންނާނެކަން ޔަގީނެވެ. ރަށުގައި ތިބެގެން ރަނގަޅު ބޮޑެތި ބަލިތަކަށް ފަރުވާ ކުރެވޭނެއެވެ. ކޮންމެ ރަށެއްގައިވެސް ސިއްޙީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނ ެއެވެ ރައްޔިތުންގެ އިތުބާރު ބޮޑުވާނެއެވެ. މިހެންވެއްޖެނަމަ، ޤައުމުގައި ދުޅަހެޔޮ ފަރުދުންތަކެއް އުފެދި މުޅި ޤައުމު ސިއްޙީ ރޮނގުން ކުރިއަރައިގެން ދާނެއެވެ.

ތަރައްޤީގެ މަޝްރޫއުތަކަކީ ކޮންމެ ސަރުކާރަކުންވެސް އެންމެ ބޮޑު އިސްކަމެއް ދީގެން އެންމެ ބޮޑު ހޭދައެއްކުރާ ކަންތަކެވެ.

ނަމަވެސް، ތަނަވަސްކަން ހުންނަ ގޮތުން، މިއިސްކަންވެސް އެންމެ ބޮޑަށް ދޭންޖެހިފައިވަނީ އާބާދީ ބޮޑެތި ރަށްތަކަށެވެ. ކުދި ރަށްތަކުގައި މިފަދަ މަޝްރޫއުތައް ހިންގަނީ ކޮންމެވެސް ހެޔޮއެދޭ އަމިއްލަ ފަރާތަކުންނެވެ. ނަރުދަމާގެ ނިޒާމާއި ބަނދަރުގެ ހިދުމަތަކީ ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭ އަސާސީ ހިދުމަތްތަކެވެ. ކުދި ރަށްތަކުގައި ދިރިއުޅޭ މީހުން ވަނީ މި ހިދުމަތްތަކުންވެސް މަހުރޫމް ވެފައެވެ. އާބާދީ އެއްފަސްކުރެވިފައިވާނަމަ، މިއީވެސް މިހާރު ހައްލުވެފައި ވާންޖެހޭނެ މައްސަލައެކެވެ. މުޅި އާބާދީއަށް ވާނީ މިފ ަދަ ހިދުމަތްތަށް ފޯރުކޮށްދެވިފައެވެ. ބަނދަރެއް އަދި ނަރުދަމާގެ ނިޒާމެއް ނެތް ރަށެއް ނޯންނާނެއެވެ. ނަތީޖާއެއްގެ ގޮތުން، މިރާއްޖޭގެ ތަރައްޤީގެ ހަރުފަތްތަށް ގިރާކުރާލެއް ހަލުވި ވާނެއެވެ.

މީގެ އިތުރުން، ޤައުމު އިގްތިޞާދީ ގޮތުން ތަރައްޤީވުމަށްޓަކައި އާއްމު ފަރުދުންގެ ތަނަވަސްކަމަކީވެސް މުހިއްމު ދައުރެއް އަދާކުރާ ރުކުނެކެވެ. އާބާދީ ކުދި ރަށްރަށުގައި މިކަން އޮންނަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. ވަޒީފާގެ ފުރުޞަތާއި އާމްދަނީ ލިބޭނެ މާގިނަ ގޮތްތަކެއް ނޯވެއެވެ. ނަމަވެސް، އެއްފަސްކުރުމަކީ މިކަމަށްވެސް އޮތް އެންމެ ރަނގަޅު ހައްލެވެ. މިސާލަކަށް، ކުރިންވެސް ދެންނެވި ފަދައިން، ކައިރީގައި އޮންނަ ބޮޑު ދެތިން ރަށަކަށް އަތޮޅުގެ އާބަދީ ބަހާލެވިއްޖެނަމަ، އެ ރަށްރަށުގައި ވަޒީފާގެ ފުރުޞަތު ގިނަވެ، އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވެގެން ދާނެއެވެ. މިހެންވުމުން، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ފަޤީރުކަން ދަށަށް ގޮސް، އިގްތިޞާދީގޮތުން ޤައުމު ތަރައްޤީވާނެއެވެ.

ވީމާ ރާއްޖެ އެންމެ އަވަސް ގޮތެއްގައި ތަރައްޤީވެ ކުރިއަރާނީ އެއްފަސްކޮށްގެންކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ހަމަބުއްދިން ވިސްނާއިރު، މިކަމާ ދެކޮޅުވެވެން ނެތްކަން ގައިމެވެ. ތަޢުލީމީ ގޮތުންނާއި އިގްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ސިއްޙީ ގޮތުންނާއި އަދިވެސް އެންމެހައި ތަރައްޤީގެ ރޮނގުތަކުން އަވަސް ދުވެއްޔެއްގައި ކުރިއަރާނީ ހަމައެކަނި އެއްފަސްކުރެވިގެންނެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ