އަދުގެ ޚާއްސަ

Print

ދިރިއުޅުމުގެ ފަލްސަފާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

އާދަމް ނަޞީރު އިބްރާހީމް (11.04.2020)       

ހަނަފަސް ހިމޭން ސަހަރާއެކޭ   ދިރިއުޅުމަކީ 

       ފިނިފެންމަލުގެ  ބުސްތާނެކޭ  މި ޙަޔާތަކީ 

ލޯބީގެ ދުނިޔެއަކަށް  ތިބާ ގެއްލިއްޖެ ނަމަ، 

        ލޯބީގެ ޙާނަތެކޭ  އެޔަށް  ފަހު  ވަގުތަކީ 

ދަންވަރުގެ ކަޅުކަން ރޭގަނޑާއެކު އާދެޔޭ،    

        ރަން އަލިކަމެއް ދޭ ފެށުމެކޭ އާ  ފަތިހަކީ 

 

ހިނިތުންވަމުން އުދަވާ އިރެއް ފަދައޭ ޙަޔާތް

        ދުނިޔޭގެ ދިރިއުޅުމުގެ މިއީޔެ   މިސާލަކީ 

ނޫކަނޑުތެރޭން ބަނދަރަށް ހެމުން ގޮސް ވަންނަނީ،            

       ޠޫފާނު   ފޫއަޅުވާ  ނަވޭ  ރާޅާ   އެކީ 

ރޫޙާއި   ކެރުމާ   ހުރި   ޒުވާނާ   ކުރިމަތީ 

       ޠޫފާނުތައް ވެސް   ބޯލަނބާލައެ އެކުއެކީ 

ފަސްބައިތަކެއް  ލުއި،  އަތްތަކެއް ހެޔޮ ވާގިދޭ  

       އުސް އަޑިގުޑަން މި ޙަޔާތަކީ  ދިރިއުޅުމަކީ 

        _____________________

ނޯޓު: މިއީ ޑޮކްޓަރ މުޙަންމަދު ޤުބާދު އަބޫ ބަކުރު އުރުދޫބަހުން ދިވެހިބަހަށް ތަރުޖަމާކުރައްވައިފައިވާ ޅެމެއް          ދިވެހި ޅެންވަޒަނަށް ފައްތައިލާން ކުރެވިފައިވާ މަސައްކަތެކެވެ. 

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ