އަދުގެ ޚާއްސަ

Print

ވިންޑޯސް ފިތުގެ ކުރު މަގުތައް

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ފަންވަތް

ޝަމްސުލްފަލާޙް

މި ލިޔުމުގައި މިބަލައިލަނީ، ކީބޯރޑުގައިވާ ވިންޑޯސް ފިތް ބޭނުންކޮށްގެން، ކަންތައްތައް ކުރާނޭ ކުރުމަގުތައް (ޝޯރޓް ކަޓް) ބޭނުންކުރާނެ ގޮތްތަކެވެ.

ވިންޑޯސް ފިތަށް އޮބައިލުމުން، ނުވަތަ ވިންޑޯސްފިތާއި އެހެން ފިތަކަށް އެއްފަހަރާ އޮބައިލުމުން ވެސް ތަފާތު ކުރުމަގުތައް ވެއެވެ. މިކުރުމަގުތައް ބޭނުންކުރާއިރު، އޮބާންވީ ފިތްތަކުގެ ފަހަތުން ފެންނަ ކޯލޯން " : " އަކީ ކޮމާންޑުގެ ބައެއް ނޫންކަން ހަނދުމައިގައި ބަހައްޓާށެވެ. އަދި ބޭނުންކޮށްފައިވާ " + " އަކީވެސް ކޮމާންޑުގެ ބައެއްނޫނެވެ.

•ވިންޑޯސް : ސްޓާރޓް މެނޫ ހުޅުވޭނެއެވެ.

•ވިންޑޯސް ފިތް + D : ހުޅުވިފައިވާ ހުރިހާ ވިންޑޯތަކެއް މިނިމައިޒްކޮށްދޭނެއެވެ.

•ވިންޑޯސް + E : ވިންޑޯސް އެކްސްޕްލޯރަރ ހުޅުވޭނެއެވެ.

•ވިންޑޯސް + F : ސާރޗް ޑައިލޮގްބޮކްސް ހުޅުވޭނެއެވެ.

•ވިންޑޯސް + Ctrl + F : ކޮމްޕިޔުޓަރު ސާރޗްކުރާ ވިންޑޯ ހުޅުވޭނެއެވެ.

•ވިންޑޯސް + F1 + : ހެލްޕް އެންޑް ސަޕޯރޓް ސެންޓަރ ހުޅުވޭނެއެވެ.

•ވިންޑޯސް + R  : ރަން ޑައިލޮގްބޮކްސް ހުޅުވޭނެއެވެ.

•ވިންޑޯސް + break : ސިސްޓަމް ޕްރޮޕަރޓީސް ޑައިލޮގްބޮކްސް ހުޅުވޭނެއެވެ.

•ވިންޑޯސް + shift + M  : މިނިމައިކްކޮށްފައިވާ ހުރިހާ ވިންޑޯއެއް ހުޅުވޭނެއެވެ.

•ވިންޑޯސް + L : ކޮމްޕިޔުޓަރު ލޮކް ކޮށްލާނެއެވެ.

•ވިންޑޯސް + U : ކޮމްޕިޔުޓަރުގެ ޔުޓިލިޓީ މެނޭޖަރު ހުޅުވޭނެއެވެ.

_____________________________________

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ