އަދުގެ ޚާއްސަ

Print

ކޮން މީހެއް؟ (8)

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

(18 އެޕްރީލު 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ޖެހިގެން އައި ދުވަހު ހެނދުނު ނުވައެއް ޖަހާ އެހާކަންހާއިރު ނީނާ ކަންމަތީ ފިހާރައިގެ ޝޯރޫމްގައި އިންދައި ޒުވާން ފިރިހެނަކު އަތުވެއްޖެއެވެ. އޭނާގެ ކޮނޑުގައި ބެކްޕެކެއް އަޅުވައިފައި އޮތެވެ. އެއް ކަންފަތުގައި ކަންފަތު މުންޖެއް ލައިފައިވެއެވެ. އަދި އެއް އަތުގައި ބައިވަރު ޕެކިންގތަކެއް އަޅައިފައި، ފައިގައި ގަތައިފައިވާ ނަނުކޮޅެއް އައްސައިފައި ވެސް އޮތެވެ. ލައިގެން ހުރީ ފިނި މޫސުމުގައިލާ ކަހަލަ ބޮލުގައި އަޅުވާ ކަހަލަ އަތްދިގު ސްވީޓާރު ފާޑުގެ ލިބާހެކެވެ. ތިރީން ލައިފައި ހުރީ އެކި ތަންތަނުން ބާހެދި ކުލަވެއްޓިފައިވާ ޖީންސެކެވެ. އަރައިގެންހުރީ ފެންފައިވާނަކަށެވެ. ބޮލުގައި ނުއަތަށް ތޮތްޕެއް އަޅައިފައި ހުރިއިރު ހުރީ އަވި އައިނެއް ވެސް އަޅައިގެންނެވެ. އޭނާ ހާސްވެފައި ހުރި ވަރުން ކަމެއް ބޮޑުވެގެން އުޅޭ ވައްތަރު ޖަހައެވެ. އެހެންވެ ނީނާ ހިސާބަހަށް ޖެހިލުންވިއެވެ. ނަމަވެސް އާދަކާދައިގެ މަތީން ނީނާ އޭނާއާ ސަލާމްކޮށްލިއެވެ.

"އައްސަލާމު ޢަލައިކުމް." ނީނާ ސަލާމްގޮވައިލިއެވެ. " ކޮން ކަމަކުތޯ، ކޯއްޗެއްތޯ ތިޔަ ހޯއްދަވަނީ؟ ވިދާޅުވޭ!"

"މި އައީ ދާއޫދާ ބައްދަލުކުރާން." ސަލާމަށް ޖަވާބު ދިނުމެއް ނެތި އެ މީހަކު ވާހަކަ ފަށައިގަތެވެ. އެ ޒުވާނަކު އެހިއެވެ. "ކޮބާ ދާއޫދު؟"

"ތިޔަ ބޭފުޅާއަށް ކިޔަނީ ކޮން ނަމެއްތޯ"؟ ނީނާ ސުވާލުކޮށްލިއެވެ. "ތިޔަ ބޭފުޅާ ވަޑައިގަންނަވާނެކަން ދާއޫދަށް އެނގިވަޑައިގަންނަވާނެތޯ؟"

"ނޭނގެ އެނގޭނެ ކަމެއް. ބުނެގެން އައީ." އެ މީހަކު ވާހަކަދައްކަނީ ވަރަށް އަދަބުކުޑަކޮށެވެ. " ކޮބައިތަ އެ ޅއ ކޮޓަރި؟"

"ކޮން ނަމެއްތޯ ކިޔަނީ؟" ނަން އޮޅުން ފިލުވާން ދެވަނަ ފަހަރު ނީނާ ސުވާޅުކޮށްލިއެވެ. "އަޅުގަނޑު ދާއޫދަށް ދަންނަވައިލާނަން."

"މަށަށްކިޔަނީ ނިހާން. ހުސައިން ނިހާން". އޭނާގެ ނަން ބުނެދީފިއެވެ. "ބުނޭ ނިހާންޓޭ އައިސް ހުރި ވާހަކަ އޭރުން އެ ޅއ އަށް އެނގޭނީ؟"

ނިހާންގެ ވާހަކަ ހުރި ބަހުރުވައާއި އޭނާގެ އަޚުލާޤު ހުރި ގޮތާއި އެ ފެންވަރުގެ މީހަކު ދާއޫދު ފަދަ މީހަކާ ބައްދަލުކުރާން އައިމާ ނީނާ ވަރަށް ހައިރާންވެ ހުރެ، ދާއޫދަށް ގޮވައިލާން ސިޑިއާ ހަމައަށް ދިޔައިރު ދާއޫދު މިހިރަ ފައިބަނީއެވެ. 

"ޙުސައިން ނިހާނު ކިޔާ ބޭފުޅަކު އެބަ ހުންނެވި" ނީނާ ބުނެލިއެވެ. "ވަޑައިގަންނަވާން ދަންނަވާން ވީތޯ؟"

ދާއޫދު އެއްޗެއް ނުބުނެ ފިހާރައަށް ވަދެ ޙުސައިން ނިހާން ގޮވައިގެން ދާއޫދު އޭނާގެ ޚާއްޞަ ދިރާސާތަކާ ބެހޭ އޮފީހަށް ހިނގައްޖެއެވެ.

ނީނާގެ ފިކުރު ހައްތާ ވެސް ދަނީ ބޮޑުވަމުންނެވެ. ދާއޫދު މި ކުރަނީ ކޮން ކަމެއް ބާވައެވެ. ނިހާނާ ބައްދަލުކުރާން ކުރީން ވަޑައިގަތީ މިއަދު ދިވެހިރާއްޖޭގެ ނާއިބު ރައީސަކަށް ހުންނެވި ބޭފުޅާއެވެ. ނަމަވެސް މިއަދު ހަމަ އެ ކޮޓަރިއަށް ދާއޫދާއެކު އެ ވަނީ މުޅިން އެހެން ގިންތިއެއްގެ މީހެކެވެ. ދެ މީހުންގެ ފެންވަރާއި ގިންތިއާއި އުޅުމާއި ހައިސިއްޔަތު އުޑާއި ބިމާހައި ތަފާތެވެ. ނަމަވެސް ދެ މީހުންނާ މެދު ވެސް ދާއުދު ކަންތައް ކުރީ އެއް ގޮތަކަށެވެ. ... އެ މީހުން އެ އަންނަނީ ކީއްކުރާންބާވައެވެ.... ދާއޫދު ގާތު އަހައިލާން ވީ އެވެ.....

މިފަދަ ޚިޔާލުތަކެއް ގައި ފުރުޞަތެއް ލިބުނީމާ އެ ވާހަކަދައްކައިލާނަމޭ ހިތައި މަޑުކޮށްގެން އިންދައި ދިހަ ވަރަކަށް މިނިޓްގެ ތެރޭގައި ހުސައިން ނިހާނު ނުކުމެއްޖެއެވެ. އޭނަޔާއެކީ ދާއޫދެއް ނުނުކުމެވެ. ނިހާން ނުކުތްއިރު ނީނާއަށް ކަމެއް ފާހަގަވިއެވެ. ނިހާން ގެންދިޔަ މުށިކުލައިގެ ބެކްޕެކްގެ ބަދަލުގައި ކަޅުކުލައިގެ ބެކްޕެކެއް ހިފައިގެން ނުކުތްކަމެވެ. 

ނީނާ ވަރަށް ޝައުޤުވެރިކަމާއެކު "އެކްސްކިޔުޒްމީ!" އޭ ގޮވައިލިއެވެ. އޭނާ ބަލައިލުމާއެކު "ބައްލަވާ! އޮޅިގެން އެހެން ދަބަހެއް ދެއްތޯ؟" އޭ ބުނެލިއެވެ.

"ތިޅއއާ ކޮން ބެހޭ ކަމެއް؟ މީ ހާދަ އަނގަގަދަ މަންޖެގަނޑެކޭ! މާ ފުއްޕަންޏާ ދާއޫދު ގާތު ބުނެގެން ތިޔަ ތަނުން ބޭރުއަރުވައިލައިފާނަން. އެހެން ނޫނީ ތި ޅއ ހޭއަރުވައިލަފާނަން. ކަލެޔަކާ ކޮން ބެހޭ ކަމެއް........" ނިހާން ވަރަށް ރުޅިވެރިކަމާއެކު ބަލައިލުމަށްފަހު އެތިވަރު ގޮވަމުން ސައިކަލުގައި ބޮޑުމަގުން ދެކުނަށް ނައްޓައިލައިފިއެވެ. 

ނީނާގެ ޚިޔާލުގެ އަސް އިތުރަށް ދުވެލި ބާރުކޮށްފިއެވެ. ދާއޫދާ ބައްދަލުކުރާން އަންނަ ކޮންމެ މީހަކު ގެންނަ ފޮށި ނުވަތަ ދަބަސް ދޫކޮށްފައި ނުވަތަ ބަދަލުކޮށްފައި އެނބުރި ދަނީ ކީއްވެބާވައެވެ!...... އަނެއްކާ....... 'ދާއޫދު ގާތު ބުނެގެން ތިޔަ ތަނުން ބޭރު އަރުވައިލައިފާނަމޭ' ބުނުމުން އިތުރަށް ވިސްނައިލާން ޖެހެއެވެ. އެކަން އޭނާއަށް ނުކުރެވުނަސް އެ ބުނުމުން ދޭހަވި އިތުރު މާނައެއް އެބަ އޮތެވެ. އެއީ ދާއޫދާ އޭނާ އޮންނަ ބަދަހި ގުޅުމެވެ. އެހެން ނޫންނަމަ އެހެންނެއް ނުބުނީހެވެ......... އެފަދަ މީހަކާ... ދާއޫދު ފަދަ ޑީސެންޓް މީހަކާ އެހާ ބޮޑު ގުޅުމެއް އޮތުމަކީ ނީނާއަށް ވަރަށް ބޮޑު ކަމަކަށްވިއެވެ. ހަގީގަތުގައި ވެސް އެއީ އާދައިގެ ކަމެއް ނޫނެވެ. ޢާއްމުކޮށް އެއް ޚިޔާލާއި އެއް ގިންތިއެއްގެ މީހުންގެ ނޫނީ އެހާ ގުޅުމެއް ބޮޑެއް ނުވާނެއެވެ. ނުވަތަ އެއް ކަމެއް ކުރާ އެއް ގިންތިއެއްގެ ބައެއްގެ މެދުގައި ނޫނީ އެ ފަދަ ގާތް ގުޅުމެއް ނޯންނާނެއެވެ.

ނީނާ ފިކުރުގެ ކަނޑަކަށް ޣަރަޤުވެފައި އިންދައި، ދާއޫދު ނުކުމެގެން އަތުވެއްޖެއެވެ. މި ކަންތަކުގެ ވާހަކަ ދައްކައިލާން ރަނގަޅު ފުރުޞަތެކޭ ހިތައި ވަރަށް އުފަލުން ދާއޫދާ ދިމާއަށް "ހައި" އޭ ބުނެލިއެވެ.

"ނީނާ.." ނީނާ ހީކުރި ގޮތާ ޚިލާފަށް ވަރަށް ސީރިއަސްކޮށް ދާއޫދު ބުނެލިއެވެ. "ނީނާ..."

"އާދެ!" ނީނާއަށް ބުނެލެވުނީ މި މިންވަރަށެވެ. "....................."

"ނީނާ އިށީނދޭ!" ދާއޫދު އަމުރުވެރި ފާޑަކަށް ބުނެލިއެވެ. "މިއައީ ވާހަކައެއް ބުނެލަން."

"ކޮން  ވާހަކައެއް؟" ނީނާ ސުވާލުކޮށްލިއެވެ. "ބުނެބަލަ!"

"ދެންމެ މަށާ ބައްދަލުކުރާން އައެއްނު މީހެއް؟" ދާއޫދު ވާހަކަދައްކާން ފެށީ ސުވާލަކުންނެވެ. "އެއީ ވަރަށް މަޝްހޫރު ކުޅުންތެރިއެއް. އެއީ ޤައުމީ ޓީމުގެ ކުޅުންތެރިއެއް. އޭނާ މަށާ ބައްދަލުކުރާން އައި ވާހަކައާއި އަދ އޭނާގެ ވާހަކަ އެކަކުގެ ގާތުގައި ވެސް ނުބުނާތި!؟"

"އެކަމަކު.........؟" ނީނާ ސުވާލެއް އުފައްދާން އުޅުނެވެ.

"އިތުރު ވާހަކަ ނުދައްކާތި!" ނީނާގެ ވާހަކަ ހުއްޓުވައިފައި ދާއޫދު ބުންނެވެ. "ބުނާ ގޮތަށް ހަދާ!"

މިހެން ބުނުމާއެކު ދާއޫދު ތެދުވެގެން ހިނގައްޖެއެވެ.

ނީނާގެ ފިކުރު މިހާރު ހައްތާ އިތުރުވާ ގޮތް ވީއެވެ. ފިކުރުގެ މައްޗަށް ފިކުރެވެ. ސިކުނޑި ސުމަކަށްދާވަރު ވެއްޖެއެވެ. ނީނާގެ ރިހޭ ފައިމައްޗަށް ފޮއިވެއްޓުނީއެވެ.

(7)

ޕޮމިސްކަޕް

ނީނާގެ މަސައްކަތް ނިންމައިލުމަށް ފަހު ހަވީރު އުޅުނީ މަންމަމެންނާއެކުގައެވެ. ގޭތެރޭގައި އެންމެން އުޅުނީ ޤައުމީ ޓީމު ކުޅޭ މެޗްބަލާށެވެ! މިއީ "ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކަރކަޕް" ގެ ފައިނަލް މެޗެވެ. މި މުބާރާތުގެ އެންމެ މޮޅު ޓީމާ ވަދަކުރާން ދިވެހިޓީމަށް ފުރުޞަތު ލިބުނަސް ދިވެހި ޓީމު ފައިނަލަށް އައީ ވަރަށް ހަނި ގޮތެއްގައެވެ. ޕޮއިންޓް އެއްވަރުވެގެން ވަން ގޯލުގެ އަދަދަށް ބަލައިގެން ހަމަ އެންމެ ޕޮިންޓެއްގެ ތަފާތުންނެވެ.  އެއްކޮޅުން ބައްދަލުކުރަނީ ދިވެހިރާއްޖޭގެ ނިއު ޓައިގާރސް ސްޕޯޓްސް ކްލަބު (އެންޓީއެސްސީ) ގެ ޓީމެވެ. އަނެއްކޮޅުން ބައްދަލުކުރަނީ ބަންގލާދޭޝްގެ މުޙައްމަދަން ސްޕޯޓިންގ ކްލަބްގެ ޓީމާއެވެ. ނީނާއަށް ގެޔަށް ދެވުނު އިރު މެޗްގެ ފުރަތަމަ ސާޅީސްފަސް މިނިޓްގެ ކުޅުން ނިމިއްޖެއެވެ. ނަތީޖާއަކީ 0 – 0 އެވެ. ދެވަނަ ސާޅީސް ފަސްމިނިޓްގެ ކުޅުން ފެށިގެން ފުރަތަމަ ދިހަ މިނިޓްގެ ތެރޭ އެންޓީއެސްސީ ޓީމުން ވިދިވިދިގެން ހައެއްކަ ޙާމަލާ ދީފިއެވެ. ކޮންމެ ޙަމަލާއެއް ވެސް "މުޙަންމަދަން"ގެ ގޯލްކީޕަރު މުޙަންމަދު ދަލްވާރު ކާމިޔާބުކަމާއެކު މަތަކުރާނީއެވެ. މާގިނަ ހަމަލާތަކެއް އެންޓީއެސްސީ ޓީމުގެ ގޯލަކަށް އަމާޒެއް ނުވެއެވެ. ނަމަވެސް އަށްޑިހަ ފަސްވަނަ މިނިޓްގައި މުޙަންމަދަންގެ ފޯރވަޑް މަސްއޫދު ބިލާލު ފޮނުވައިލި ބާރު ޙަމަލާ އަމާޒުވީ އެންޓީއެސްސީ ޓީމުގެ ގޯލުގެ މަތީ ކަނަށެވެ. މި ލަނޑާއެކު މިހާރުގެ ނަތީޖާއަކީ 1-0 އެވެ.

އް ނުވެއެވެ. ނަމަވެސް އަށްޑިހަ ފަސްވަނަ މިނިޓްގައި މުޙަންމަދަންގެ ފޯރވަޑް މަސްއޫދު ބިލާލު ފޮނުވައިލި ބާރު ޙަމަލާ އަމާޒުވީ އެންޓީއެސްސީ ޓީމުގެ ގޯލުގެ މަތީ ކަނަށެވެ. މި ލަނޑާއެކު މިހާރުގެ ނަތީޖާއަކީ 1-0 އެވެ.

(ނުނިމޭ)

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ