އަދުގެ ޚާއްސަ

Print

ހިތާމައިގައި

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

 އަންވަރު އިބްރާހީމް (2020)

 

 

 

ފަތުރުވެރިކަން މިއަދު ގިސްލައި ރޮމުންދޭ ފުން ހިތާމައިގައި 

             ދަތުރުގައި ކޮވިޑް ދިން "ހަދިޔާ"ގެ  ވޭނާ  އޭގެ ޢިބްރަތުގައި

ފަޅާ އަލި ނޫ ވިލާ ތިލަތައް ސުކޫތަށް ހުއްޓިލައި މި ހިނދަށް 

             އަޅާ  ކަރުނައިން  ނުހިކި ދިޔަވަރު ބަދަލުވެދެޔޭ  ޠަބީޢަތުގައި

ގަލާ މުރަކައިގެ ބުސްތާނަށް ލިބުނު ހައިރާންކަމާއެކުގައި  

             ވެލައި ފަރި މަސްމަހާމެހި ނެށި ނެށުން ހުއްޓައިފި ހަނދުމައިގައި 

ވެލީގެ ރިހީގެ ތަންމައްޗަށް ވެރިވި މާޔޫސްކަމުގެ ތެރެއިން   

             ވެލީގެ ހިމުންވި  ކުދި  ފުއްފުއް  ކަރުނަ  އަޅަޔޭ ހަގީގަތުގައި

އިރާއެކު ދުނިޔެއަށް ވެރިވީ ކުލައިން ފަތުރާލި ހިތްދަތިކަން 

              އިރާދައިގައި  ވިލާ އުޑު  ކަޅުކުރޭ  ޝަކުވާގެ  ކަރުނައިގައި 

ގަހާ ހުރިހާ ރުކެއް މޭވާ، އަޅާ ހިތްނުވެ ވި ފޫހީގައި 

              ވިހާ  ފަތަކާއި  ފަންވަތަކާ  ވަނީ   މޮޅިވެރި   ނިހާޔަތުގައި 

މިސާލެއްފަދަ މި ޖަންނަތުގައި ހިސާބެއް ނެތް މި ނިޢުމަތުގައި 

              ރިސޯޓެއް  ކޮންމެ ހުސް  ގިސްލައި ރޮޔޭ އެކަހެރިވި ހާލަތުގައި 

ދިވެހިރާއްޖޭގެ ކުރިމަގު އެދި ނަފާ އޮހިގެން މަޢީޝަތުގައި

              ދިވެހި  އުންމަތް  ދުޢާކުރަމުން  ދެޔޭ ރަޙްމާނު ޙަޟުރަތުގައި

               _________________________

އިދާރާ

އެނގޭތަ؟

ވާހަކަ