އަދުގެ ޚާއްސަ

Print

ރޯދަމަސް އައުމުން.....

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށް)

 

 

 

އައިހިނދުން ރަމަޟާން ކަރީމަށް އުފަލުގައި ބައްދަލުކުރޭ

                   ހައި ނުކޮށް އަޅުކަން ކުރުން ނަފުސަށް ތިމާ  ލާޒިމުކުރޭ

 

ކޮންމެ ދުވަހަކު ފަޖުރުނުލަނީސް ހާރުކައިގެން  ރޯދައަށް-

         ހުންނައިރު، ޞަދަޤާތްދިނުން ވިސްނާ! ތިމާ މިސްކީނުނަށް

                   އޮންނަ ފުރިހަމަ ގޮތްމަތީން ރޭގަނޑުގެ އަޅުކަން ގިނަކުރޭ!

 

ވަގުތު ވީ ވަރަކުން ވި މާތް ޤުރުއާން ކަރީމުން މިންވަރެއް

         "ޢަޤުދުުކޮށްލަން" ކޮންމެ ދުވަހަކު ވިސްނުމީވެސް އަޅުކަމެއް

                   އަގު ލިބޭނީ ހެޔޮ  ޘަވާބުގެ  މިން  ނުވާ ފަދަ  މިންވަރޭ

 

ގާތް ތިމާގެ  އަޚުންނަށާ  އުޚުތުންގެ  ޙާލަށް  ވިސްނަމުން

          ވާތްގަކަށް  ބޭނުން ވެދާ ހިނދުގައި  އެހީތެރިކަން  ދެމުން

                   މާތްވި މައްސަރުގައި މިފަދަ ހެޔޮކަން ނިކަން ގިނަވެސްކުރޭ!

 

މަންމައަށް   ޙުރުމަތް   އަދާކުރުމަށް   އޮތީމާ  ބައްޕަޔާ

           ދަންމަވައިތޯ  ޢުމުރު  އެދިގެން  ހެޔޮ ނަޞީބާ  ލާބަޔާ

                   ދަންނަ ހެޔޮހާ ބަސްތަކުން ކުރުމަށް  ދުޢާ އަދު ދަސްކުރޭ!

                   ____________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ