އަދުގެ ޚާއްސަ

Print

ވަދެގެން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

އަންވަރު އިބްރާހީމް

 

 

ކިޔެވި އިނގިރޭސި އިސްކޮށްގެން  ދިވެހި ދޫ ފިހި އެއިން  ވިރިގެން

             ދިވެހި ގޮތްތައް  ފިލައި  މި ދަނީ ބަހަށް ކަރަތަކުގެ ގޮތް ވަދެގެން    

ގަހެއް ނުފަޅާ މި ފަސްގަނޑަކުން، މަހެއް ނުފެނޭ މި މަސްކަނޑަކުން 

             ފަހެއް ނުފެނޭ މި ތުނޑިތަކަކުން ޓްރީ ފިޝް އަދި ސޮއިލް ވަދެގެން 

ނެތޭ ތަރިއެއް ދިވެހި މި  އުޑަކު  ނެތޭ  ދިއްލޭ  ހަނދެއް މި ފަލަކު

             ނެތޭ އަލިފާން އިރެއް ކައުނަކު، ސްޓާރ، މޫނާއި ސަން،  ވަދެގެން

ނެވޭ  ބުޅަލެއް  މި  ރާއްޖޭގައި  ނުވޭ  ކޮތަރެއް  މި  މާލޭގައި 

             ނުވޭ  ގުރައެއް މި  ހާލީގައި  ކެޓާއި  ޕިޖަން، ޕެރޮޓް  ވަދެގެން  

ބޮލެއް ނުލިބޭ ދިވެހި  ބޮލަކަށް  ލޮލެއް  ނުލިބޭ  ބަލައިލާކަށް

             ކޮލެއް ނުލިބޭމެ ބޮސްދޭކަށް މި ހެޑް، އައި، ޗީކް، ބަހަށް ވަދެގެން

ގުނާލާކަށް އެކެއް ވެސް ނެތް، ފުނާ ދަތްތަކަކު ދޭއް ވެސް ނެތް 

             ބުނާކަށް އަދި ތިނެއް ވެސް  ނެތް،  ބުނާ ވަން ޓޫ ތުރީ ވަދެގެން

ދެތިން ސަފުހާ ވިޔަސް އަމުދުން ފޮތެއް ނެތް އަދު ބަލައި އުނގެނޭން  

             އޮތަސް ނުފެނޭ ގަނޑެއް  އެޔަކުން މި ޕޭޖް ބުކް ޕޭޕަރާ  ވަދެގެން  

ރަތެއް ނުހެރޭ ދިވެހި ދިދައަކު ހުދެއް ނުހުރޭ އެ ހަނދުފަޅިއަކު

             ފަތުން ދޭ ފެހި  ނުވޭ  ގައުމަކު، ރެޑާ ވައިޓާ  ގުރީން  ވަދެގެން 

މި ހާލަތު އައިސް ބަހަށް ވަނުމުން ވިހާލެއްގައި ވުމަށް ތިބެގެން 

             މިހާ  ނިކަމެތި ދޮރުން ދިވެހިން މިއަދު ދާންވީހެ، ފަހެ ވަދެގެން؟ 

             _______________________

އިދާރާ

ވާހަކަ