އަދުގެ ޚާއްސަ

Print

ކީރިތި ﷲ ހަނދުމަކުރާށެވެ!

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

 

 

ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)

 

 

 

 

ކުރާއިރު އަޅުކަމެއް ރަނގަޅަށް ކުރަން ބޭނުން ވަނީވިއްޔާ

                 ފުރާނައަށާއި ނަފުސަށް ހަމަޖެހުން  ބޭނުން ވަނީވިއްޔާ

 

ޘަވާބާ ދަރުމައަށް އެދިގެން ކުރާ އިރު އަޅުކަމެއް، ޚަލްޤުން

                 ދަވާއެއް ހިތުގެ ބަލިބައްޔަށް ތިމާ   ބޭނުން  ވަނީވިއްޔާ

 

ދިމާވާ ކޮންމެ ތަކުލީފެއް ތިމާއަށް ލުއިވުމަށް އެދެމުން

                 ޙިމާޔަތް ދެ ދުނިޔޭން ނަފުސަށް ތިމާ  ބޭނުންވަނީވިއްޔާ

 

ހިތާމަތަކާއި އުފަލާ އަދި، ދިމާވާ ކޮންމެ ޙާލަތަކަށް

                 މިތާ  ޙައްލެއް ލިބޭނެ  ގޮތެއް  އަޅާ  ބޭނުންވަނީވިއްޔާ

 

ތެދޭ ވާތްގެއް ވިޔަސް މަދަދެއް އެހެން ފުށަކުން ލިބެން ނެތުމުން

                 އެދޭ ކަންތައް ތިމާ ޙާޞިލް ކުރަން  ބޭނުން ވަނީވިއްޔާ

 

ކުރާއިރު މާ ފަސޭހަވެފައި، ވަޒަންކުރެވޭ ދުވަހު މާ ބަރު

                 ބަރާބަރު އަޅުކަމެއް  ކުރުމަށް  ތިމާ  ބޭނުންވަނީވިއްޔާ

 

ވަށައިގެން ނިޢުމަތާ ރަޙުމަތް ވި މަތިވެރި ރައްބު ދެއްވީތީ

                ފަށައިގެން ނިންމުމާ ހަމަޔަށް  ތިމާ  ތެދުވެރި ވަނީވިއްޔާ

 

              ______________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ