އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (14)

. ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ

261. ހިޖްރައިން  6ވަނަ އަހަރުގެ ޛިލް ޤަޢިދާ މަހު رسول الله ﷺ ޢުމްރާއަށް ވަޑައިގަންނަވަން ގަސްތުކުރެއްވި ޚަބަރު މީސްތަކުންނަށް ދެއްވިއެވެ. އެކަލޭގެފާނަށް ހުވަފެންފުޅުގައި އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޞްޙާބުން އިސްތަށިފުޅު ތުރުކުރައްވައިގެންނާއި އިސްތަށިފުޅު ކޮށްޓަވައިގެން އަމާންކަމާއެކު  މައްކާއަށް ވަދެވަޑައިގެންނެވިތަން ފެނިވަޑައިގަތްކަމަށް ވިދާޅުވިއެވެ. 

262. މިކަމާ އަޞްޙާބުބޭކަލުން ވަރަށް އުފާފުޅުވެ އެކަމަށް ތައްޔާރުވެވަޑައިގަންނަވަން ފެށްޓެވިއެވެ. 

263. ރަސޫލުﷲގެފާނު މި ޚަބަރު އިސްލާމްދީން ޤަބޫލުކޮށްގެން ތިބި ބާދިޔާތަކުގެ ޢަރަބީންނަށް ދެއްވައި ރަސޫލާގެ އަރިހުގައި މި ދަތުރުގައި ބައިވެރިވުމަށް ގޮވައިލެއްވިއެވެ. އެހެނަސް އެބައިމީހުން ޒާތްޒާތުގެ ބަހަނާތައް ދައްކައި އެކަމުގައި ފަހަތަށް ޖެހުނެވެ.

264. މާތްﷲ ފަތުޙު ސޫރަތުގައި ވަނީ އެމީހުން ބޭޒާރު ކުރައްވައިފައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. [سَيَقُولُ لَكَ الْمُخَلَّفُونَ مِنَ الْأَعْرَابِ شَغَلَتْنَا أَمْوَالُنَا وَأَهْلُونَا فَاسْتَغْفِرْ لَنَا ۚ يَقُولُونَ بِأَلْسِنَتِهِم مَّا لَيْسَ فِي قُلُوبِهِمْ ۚ قُلْ فَمَن يَمْلِكُ لَكُم مِّنَ اللَّـهِ شَيْئًا إِنْ أَرَادَ بِكُمْ ضَرًّا أَوْ أَرَادَ بِكُمْ نَفْعًا ۚ بَلْ كَانَ اللَّـهُ بِمَا تَعْمَلُونَ خَبِيرًا ﴿١١﴾ بَلْ ظَنَنتُمْ أَن لَّن يَنقَلِبَ الرَّسُولُ وَالْمُؤْمِنُونَ إِلَىٰ أَهْلِيهِمْ أَبَدًا وَزُيِّنَ ذَٰلِكَ فِي قُلُوبِكُمْ وَظَنَنتُمْ ظَنَّ السَّوْءِ وَكُنتُمْ قَوْمًا بُورًا]  - މާނައީ :  ([أعرابى ންގެ ތެރެއިން ހަނގުރާމަޔަށްނުގޮސް ފަސްޖެހުނުމީހުން ކަލޭގެފާނަށް ދަންނަވާނެތެވެ. ތިމަންމެންގެ މުދާތަކާއި، ތިމަންމެންގެ أهل ވެރިން ތިމަންމެން ހަނގުރާމަޔަށް ދިޔުން مشغول ކޮށްފިއެވެ. ފަހެ، ތިމަންމެންގެ ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގެންދެއްވާށެވެ! އެއުރެންގެ ހިތްތަކުގައި ނުވާއެއްޗެއް، އެއުރެންގެ ދޫތަކުން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ގެއްލުމަކަށް އިރާދަކުރައްވައިފި ނަމަ، ނުވަތަ ތިޔަބައިމީހުންނަށް މަންފާއަކަށް އިރާދަކުރައްވައިފި ނަމަ، اللَّه ގެ حضرة ން އެއްވެސްކަމެއް މިލްކުވެގެންވަނީ، ތިޔަބައިމީހުންކުރެ ފަހެ، ކާކަށްހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ހީކުރީ رسول ﷺ އާއި، مؤمن ން އެއުރެންގެ أهل ވެރިންގެ ގާތަށް ދުވަހަކު ވެސް އެނބުރިވަޑައި ނުގަންނަވާނެކަމަށެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި އެކަން ޒީނަތްތެރިކުރެއްވިއެވެ. އަދި ތިޔަބައިމީހުން ނުބައިހީތައް ހީކުރީމުއެވެ. އަދި ގެއްލި ހަލާކުވެގެންވާ ބަޔަކުކަމުގައި ތިޔަބައިމީހުންވީމުއެވެ.])

265. ރަސޫލާ ﷺ މައްކާއަށް ވަޑައިގެންނެވުމަށް ޓަކައި މަދީނާއިން ނުކުމެވަޑައިގަތީ 1400 މީހުންނާއިގެންނެވެ. އެކަލޭގެފާނުގެ އަރިހުގައި އަނބިކަނބަލުން އުއްމު ސަލަމާ ގެންދެވިއެވެ. 

266. މި ދަތުރުފުޅުގައި ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭކަލުން ދަތުރުވެރިޔާގެ ހަތިޔާރު (ހަމައެކަނި ކަނޑިއާއި ކަނޑީގެ އުރަ) މެނުވީ ނުގެންދަވައެވެ. އެބޭކަލުންނާއެކު ހަދްޔުގެ ގޮތުގައި 70 ޖަމަލު ގެންދެވިއެވެ.

267. ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުން  ޛުލް ޙުލައިފާއަށް  ވަޑައިގެންނެވުމުން އިޙްރާމު ބަންނަވައި ތަލްބިޔާ ވިދާޅުވިއެވެ. އެއަށްފަހު މައްކާއާ ދިމާއަށް މިސްރާބު ޖެއްސެވިއެވެ. (ޛުލްޙުލައިފާ އެއީ މަދީނާއިން މައްކާއަށް ދާ މީހުންގެ މީޤާތެވެ.)

268. ރަސޫލާ ﷺ މައްކާއަށް ވަޑައިގަންނަވާ ޚަބަރު ޤުރައިޝުންނަށް ލިބުމުން އެ ކަމާ ކަންބޮޑުވެ ހާސްވިއެވެ. އަދި ރަސޫލާ ﷺ އާ އެކަލޭގެފާނުގެ ޞަޙާބީންނަށް ހުރަސްއަޅާން ތަފާތު ވަސީލަތްތަކުން މަސައްކަތް ކުރިއެވެ. 

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ