އަދުގެ ޚާއްސަ

Print

ބޮއް: މަގުބޫލުކަމެއް ނުލިބި ވަކިވެގެންދިޔަ އަވަށްޓެރިއެއް

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ސައިންސް


 

ޝާކިރު

ބޮއް ކެރެކްޓަރައިޒް ކުރެވެނީ އޭގެ ދިގު ދެ އޮއްޓުފައިންނާއި ކުޑަހަށިގަނޑުންނެވެ. އަތުގެ އިނގިލިތަކުގައި ނުވަތަ ފައިގެ އިނގިލިތަކުގައިވާ ފައިވާންގަނޑުންނެވެ. (މިތަނުގައި ފައިވާންގަނޑު މާނަކުރެވެނީ ބައެއް ދޫނިސޫފާސޫފީގެ ފައިގެ އިނގިލިތައް އެއް އިނގިއްޔާ އަނެއް އިނގިއްޔާ ދެމެދު ގުޅުވާދެވިފައިވާ ތުނި ހަންފަށަށެވެ. މިފަދަ ދޫނީގެ މިސާލަކީ ކުރަންގާއި މާރަނގަ އަދިި އަސްދޫނިފަދަ ދޫނިތަކެވެ). ބޮކަކީ ލޯ ބޭރަށް ނުކުމެފައި ހުރުމާއެކު ނަގޫނުހުންނަ އެއްޗެކެވެ. ބައެއް ބޮކަކީ ފެންފެންގަނޑުގައި އެތަކެތީގެ ޙަޔާތުން ބައެއް ހޭދަކުރާ ފެނާއި ވަރަށް ދޯޅު ދިރިއުޅުމެއް އުޅޭ އެއްޗެކެވެ. އެއްގަމުގައި ފަސޭހައިން ހަރަކާތްތެރިވާ އެއްތަނުން އަނެއްތަނަކަށް ދިއުމަށް ފުމެއުޅޭ ނުވަތަ ތަންތަނަށް އަރާ އެއްޗެކެވެ.


ބޮކުގެ ދަރިމައިވުން

ބޮކަކީ ބިސް އަޅާ ސޫތްޕެކެވެ. ބޮއް ބިސްއަޅަނީ  ހެދިފައި ހުންނަ ފެންފޮދުފޮދަށް ނުވަތަ ފެންފެން ގަނޑަށެވެ. ވިހާފައި ހުންނަ ބޮކުގެ ލާވާ ކަމުގައިވާ އެންމެ ޅަބޮކަށްކިޔަނީ ޓެޑްޕޯލް އެވެ. ޓެޑްޕޯލްގެ ކަރުފަތާއި ކަރުގަނޑު ވެއެވެ.  ޓެޑްޕޯލް އުޅެ ބޮޑުވަނީ ފެނުގައެވެ.

ބޮކުގެ ކޮއްތާއި އަޑު

ބޮއް ކައިއުޅެނީ ބާވަތް ބާވަތުގެ ވާމަކުނާއި ބިމުގައި އުޅޭފަންޏެވެ.  މެއްސާއި ހިންޏާ އަދި ފިނިހައް ފަދަ ތަކެތީގެ މަހެވެ. ބޮއް އެންމެބޮޑަށް ފާހަގަކުރެވެނީ އެ ސޮރުމެން ގޮވާގޮތުންނެވެ. މައިގަނޑުގޮތެއްގައި ބޮއް ފުރާވަރު އުމުރުގައި ރޭގަނޑަށް ނުވަތަ ދުވާލު ވަގުތު ތަކުގައި ފުޅައު ދާއިރާއެއްގައި "ކްރޯކް" ގެ އަޑުން އެގޮވާ އަޑުންނެވެ.

ބޮކުގެވެށްޓާއި، ވައްތަރުތައް

ބޮއް ބައިބައިކުރެވި ބެހެވިފައިވަނީ ޓްރޮޕިކް އިން ފެށިގެން ސަބްއާކްޓިކް ރީޖަންސް އަށެވެ. އެކަމަކު ބޮކުގެގިނަ ވައްތަރުތައް ފެންނަނީ ޓްރޮޕިކަލް ރެއިންފޯރެސްޓް ތަކުންނެވެ. ރެއިންފޯރެސްޓްތަކުގައި 5000 އަށްވުރެ ގިނަވައްތަރުގެ ބޮއް އުޅެއެވެ. މައިބަދައިގެ ބަދަތައް ހުންނަ ދިރޭތަކެތީގެ ތެރެއިން އެންމެބޮޑަށް ބައިވެފައިވާ ވައްތަރަކީ ބޮކުގެ ވައްތަރުތަކެވެ. ބައެއް ވައްތަރުގެ ބޮކުގެ ދަރިފަސްކޮޅު ފާހަގަވެވޭވަރަށް މަދުވެގެން އެބަދެއެވެ. ބޮކާއި ބޮކުގެ ދަރިފަސްކޮޅުގައި ހިމެނޭ ޓޯޑްސްގެ ތަފާތަކީ އޭގެ ސިފައިގައި ހުރިތަފާތެކެވެ.

ޓޯޑްސްގެ ސިފައަށް އައިސްފައިވާ މިބަދަލަކީ އެ ސޮރު ދިރިއުޅޭ މާހައުލަށް އައިސްފައިވާ ބަދަލާއި ގުޅިގެން އައިސްފައިވާ އިއްތިފާގީ ބަދަލެކެވެ. މިބަދަލަށް ސައިންސްވެރިން ދީފައިވާ ނަމަކީ "ކޮންވާޖެންޓް އެޑަޕްޓޭޝަން" އެވެ. ފުރޮގްގެ ތެރެއިން ހޫނު މާހައުލުގައި ދިރިއުޅޭ ބޮކަށް މިކިއަނީ ޓޯޑްސްއެވެ. އެހެންނަމަވެސް މިތަފާތު ކުރުމުގައި އޭގެ ޒާތުގައި އަސްލެއްނެތެވެ. އާންމުނަމެއްގެ ގޮތުގައި ޓޯޑްސް ކިއުމަށް ޚާއްސަވެފައިވާ ދަރިކޮޅަކީ "ބަފޯނައިޑެއި" ނުވަތަ "ޓްރޫ ޓޯޑް" އެވެ. އެކަމަކުވެސް އެހެން ދަރިފަސްކޮLުތަކުގެ ތަފާތު ވައްތަރުތަކުގެ ބޮކަށްވެސް "ޓޯޑްސް" ކިޔައެވެ. އަދި ޓޯޑްސްއާ އެއްވަތަރުގެ ބޮކުގެ ތެރޭގައި ހިމެނޭ ވައްތަރުތަކަކީ "އެޓެލޯޕަސް" އެވެ.

ޓޯޑްސް.

ޓޯޑްސްއަކީ ބޮއްވައްތަރުގެ މުށިވައްތަރަކަށްދާ ފެހިކުލައެއް ހުންނަ ބޮކާއެއްކަހަލަ ކުޑަޖަނަވާރެކެވެ. ޓޯޑްސްގެ ލޯ ބޮޑުވެފައި ފަހަތު ދެފައި ދިގުވާނެެވެ. ފެތުމަށާއި ފުމުމަށް ބޭނުންކުރާނީ މިދެފައެވެ. ޓޯޑްސް  ގެ،  ހަން ބޮކަށްވުރެ ހިކިކުރަކިވެފައި ހަމުގައި ބިހިޖަހާ ފުއްޕާފައި ހުންނަގޮތަށް ހުންނާނީ ކަސްކޮށެވެ. އަދި ފެނުގައި ހޭދަކުރާ ވަގުތު މަދުވާނެއެވެ.  އަހަރެމެން ދިވެހިން "ކަސްބޮއް" ކިޔާ އުޅެނީ  ބޮކުގެ މިވައްތަރަށެވެ.

އަޅުގަނޑުމެންނާއި ބޮކުގެ އަވައްޓެރިކަން

ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކުގެ ތެރޭގައި މާލޭގެ ބައެއް މަގުމަގުގައި ބޮކަކީ ވަރަށް ގިނަ އެއްޗެކެވެ.  ބައެއް ވަގުތު ވަގުތައް ގޭގެ ފުޅަށްބުޑުން ބޮއްގޮވާ އަޑަކީ އާންމު އަޑެކެވެ. ވާރޭ ފެންފޮދެއް ވެހިއްޖެ ނަމަ ކުދިވެރީން މަގުމައްޗަށް ނިކުމެއް ބޮއް ހިފުމާއި އެ ސޮރުމެންނަށް ގޯނާ ކުރުން އޮންނަނީ ކުޅިވަރަކަށް ވެފައެވެ.

ވާރޭ ވެހިގެން ހެދިފައި ނުހިނދި ހުންނަ ފެންފޮދު ފޮދަށް ބޮއް ބިސްއަޅާފައި ހުންނަ އިރު އެބިސްތައް ފެންނަނީ މަސްލާފައިވާ އިސްބަގުލުފުއްތަކެއް އެއްފުކާޖެހި އަނެއްފުއް ހަރުލާގޮތަށް ދަމާލެވިފައިވާ ރޮއްޖެއް ހެންނެވެ. ގިނަފަހަރަށް ބިސްއެޅުމަށްފަހު ކޮންމެވެސް ސަބަބަކާހުރެ މައިއެތި އެފެންގަނޑުތެރޭ މަރުވަފައި އޮއްވާ ފެނެއެވެ. އަދި ބޮއްފަތި ވިހެއުމަށްފަހު އޭގެ ނަގޫ ނުވެއްޓޭ ކުދި ޅަ ބޮއް މަރުވެފައިވާ މައިއެތީގެ ވަށައިގެން ތިބެގެން މައިއެތީގެ މުޅަ މަސްތައް ކާތަން ބައެއް ފަހަރަށް ފެނިފައި ވެއެވެ.



އެޒަމާނުގައި ގިނަ ކުޑަކުދިންނަށް ޚާއްޞަކޮށް އެކުދިބައެއްގެ ފަރާތުން އުދަގުލެއް ލިބެނީނަމަ އެކުދިބައަކާ ނިސްބަތްކޮށް މި "ބޮއްފަތިވަރު" ނުވަތަ މިވެނި ގެއެއްގެ "ކުދި ބޮއްފަތި" މިފަދަ ގޮތްގޮތަށް ޅަކުދިންނަށް ނިސްބަތްކޮށްް އުޅުނެވެ. '' ވަޅުގައި އޮންނަ ބޮއް ބޯ ވަރެއް ނޭނގޭނެ'' އޭ ބުނެވޭ މިސާލު ބަހެއްވެސް އޮވެއެވެ. ބޮކާ ބެހޭ މި ފަދަ ބުނުންތަކުން  ދެކަމެއް އެނގެއެވެ. އެއްކަމަކީ، އެޒަމާނުގައި މާލޭގައި ދިރިއުޅުނު މީހުންނަށް ބޮއް އާންމުވެފައިވާ މިންވަރެވެ. އެސޮރުމެންގެ ''އަވަށްޓެރިކަން'' ގުޅިފައި އޮތްވަރެވެ.  އަނެއެްކަމަކީ، އެ ސޮރުމެންނާ ދިމާޔަށް ރުހުމުގެ ލޮލަކުން ޝައުޤުވެރި ކަޅިއެއް އެއްލިފައި  ނުވާކަމެވެ.  ޒަމާނާއެކު އަޅުގަނޑުމެންގެ މި އަދުގެ ކުދިންގެ ލޯތަކަށް މާލޭގެ ބޮއްތައް  ގެއްލިގެން އެދިޔައީ އެގޮތުގަ އެވެ.


މަޢުލޫމާތު:"ވިކިޕިޑިއާ ފްރީ އިންސައިކޮލޮޕީޑިއާ"

ހަމަމިގަލަމުން

އިދާރާ

ވާހަކަ