އަދުގެ ޚާއްސަ

Print

قربان އާއި أضحية (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

އިބްރާހީމް ރަޝީދު މޫސާ

މާނަ

قربان  މި ބަސް އައިސްފައިވަނީ ޢަރަބި ބަހުގެ  قرب އިންނެވެ. އެއީ ކައިރިވުމެވެ. ދީނީ ވެށީގެ ތެރޭގައި قربان  ބޭނުން ކުރެވެނީ ﷲގެ ޙަޟްރަތާ ކުއްތަންވުމުގެ ގޮތުން ކުރެވޭ ކަމަކަށެވެ. ކީރިތި ޤުރްއާނުގައި މި ކަލިމަ ތިން އާޔަތެއްގައި އައިސްފައިވެއެވެ. 

1- މާތް ﷲ ވަޙީ ކުރެއްވިއެވެ. [ وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْـَٔاخَرِ] – ([آدم ގެފާނުގެ ދެދަރިކަލުންގެ خبر، حق ގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެދަރިކަލުން قربان އެއް ކުރިމަތިކުރެއްވިހިނދު (ކަންހިނގިގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން (قربان) قبول ކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން قبول އެއް ނުކުރެއްވިއެވެ.]) (المائدة : 27)

2- މާތް ﷲ ވަޙީ ކުރެއްވިއެވެ. [فَلَوْلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّـهِ قُرْبَانًا ءَالِهَةًۢ ۖ ] – ([ފަހެ، اللَّه ފިޔަވައި އެކަލާނގެ حضرة އަށް ކުއްތަންވެގަތުމުގެގޮތުން އެހެން إله ންތަކެއް ހިފިމީހުންނަށް އެ إله ންތައް نصر ނުދިނީ ކީއްވެގެންހެއްޔެވެ؟ ]) (الأحقاف : 28)

3- ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. [ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّـهَ عَهِدَ إِلَيْنَآ أَلَّا نُؤْمِنَ لِرَسُولٍ حَتَّىٰ يَأْتِيَنَا بِقُرْبَانٍ تَأْكُلُهُ ٱلنَّارُ ۗ قُلْ قَدْ جَآءَكُمْ رُسُلٌ مِّن قَبْلِى بِٱلْبَيِّنَـٰتِ وَبِٱلَّذِى قُلْتُمْ فَلِمَ قَتَلْتُمُوهُمْ إِن كُنتُمْ صَـٰدِقِينَ]  - [އެއުރެންނީ، އަލިފާން އެ قربان އެއް ކައިލާ، قربان އަކާއިގެން ތިމަންމެންގެ ގާތަށް ވަޑައިގެންފުމަށްދާނދެން، އެއްވެސް رسول އަކަށް إيمان ނުވުމަށް ހަމަކަށަވަރުން اللَّه ތިމަންމެންނަށް އަންގަވާފައިވެޔޭ ބުނި މީހުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ބަޔާންވެގެންހުރި ހެކިތަކާއި، ތިޔަބައިމީހުން ތިޔަބުނި ކަންތަކާއިގެން، ތިމަންކަލޭގެފާނުގެ ކުރިން ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް رسول ން ވަޑައިގަތެވެ. ތިޔަބައިމީހުންނީ ތެދުބުނާ މީހުންކަމުގައިވާނަމަ ތިޔަބައިމީހުން އެ رسول ން قتل ކުޅައީ ފަހެ، ކީއްވެގެން ހެއްޔެވެ؟ ]) (آل عمران:  183) 

ސުންނަތަށް ބަލާއިރު ރަސޫލާ   ޙަދީސް ކުރެއްވިއެވެ. [الصَّلاةُ قُربانٌ والصِّيامُ جنَّةٌ والصَّدقةُ تطفئُ الخطيئةَ كما يطفئُ الماءُ النّارَ] - ([ނަމާދަކީ ޤުރްބާނެކެވެ. ރޯދައަކީ އައްޑަނައެކެވެ. ފެނުން އަލިފާން ނިއްވާލައިގޮތަށް، ޞަދަޤާތުން ކުށްފާފަ ފުހެވެއެވެ.]) (أخرجه الترمذي (٦١٤)، وابن حبان (٥٥٦٧)، والطبراني (١٩/١٠٥) (٢١٢) و أبو يعلى ( 1950 )) މި އާޔަތްތަކާއި ޙަދީސުން އެނގޭގޮތުގައި ޤުރްބާނަކީ ﷲގެ ޙަޟްރަތާ ކުއްތަން ކުރުވާ ކަމެކެވެ. ފިޤްހު ޢިލްމުވެރިންގެ އަރިހުގައި ޤުރްބާނަކީ އަޅުކަމުގެ ގޮތުން  ކަތިލެވޭ އެއްޗެކެވެ.  (المفردات للأصفهاني، كتاب القاف، باب قرب) 

އޭގެ ތާރީޚު

ޤުރްބާނީގެ ތާރީޚު ދަނީ އާދަމުގެފާނާ ހަމައަށެވެ. ދުނިޔޭގެ އާބާދީގައި  އެންމެ 6 މީހުން ތިބިއިރުއެވެ. 3 ފިރިހެނުންނާއި 3  އަންހެނުންނެވެ. އާދަމުގެފާނުގެ ޒަމާނުގައި މާތް ﷲ ހަމަޖައްސަވައިފައިވަނީ ޙައްވާގެފާނު ފުރަތަމަ ބަނޑުގެ ފިރިހެން މީހާ ދެވަނަ ބަނޑުގެ އަންހެނާއާ އަދި ދެވަނަ ބަނޑުގެ ފިރިހެނާ ފުރަތަމަ ބަނޑުގެ އަންހެނާއާ ކާވެނި ކުރުމަށެވެ. އެހިނދު ފުރަތަމަ ބަނޑުގެ ފިރިހެނާ ( ޤާބީލު ) މިކަމާ ނުރުހުން ފާޅުކޮށް ﷲގެ އަމުރުފުޅު ޤަބޫލެއް ނުކުރިއެވެ. މާތްﷲ އާދަމުގެފާނަށް އެންގެވީ އެ ދެމީހުންގެ ތެރެއިން ކޮންމެ މީހަކު ވެސް މާތް ﷲ އަށް ޤުރްބާނީއެއް ކުރުމަށެވެ. އެ މީހެއްގެ  ޤުރްބާނީ ޤަބޫލުކުރެވުނު މީހާއަށް އޭނާ އެދޭގޮތެއް އިޚްތިޔާރު ކުރެވިދާނެ ކަމަށެވެ. ﷲ އެންގެވި ގޮތުގެ މަތިން އެއިން ކޮންމެ މީހަކު ޤުރްބާނެއް ކުރިއެވެ. ޤާބީލު ޤުރްބާން ކުރީ އޭނާގެ އަތުގައި ހުރި އެންމެ ދެރަ ގޮދަނުން ގޮދަންކޮޅެކެވެ. ހާބީލް ޤުރްބާން ކުރީ އޭނާގެ އަތުގައި ހުރި ރަނގަޅު ކަންބަޅިތަކުން އެންމެ ރަނގަޅު ކަންބަޅިއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [ وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْـَٔاخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ ٱللَّـهُ مِنَ ٱلْمُتَّقِينَ ] - ([آدم ގެފާނުގެ ދެދަރިކަލުންގެ خبر، حق ގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެދަރިކަލުން قربان އެއް ކުރިމަތިކުރެއްވިހިނދު (ކަންހިނގިގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން (قربان) قبول ކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން قبول އެއް ނުކުރެއްވިއެވެ. އެ ދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުންވެސް ކަލޭ قتل ކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. اللَّه قبول ކުރައްވާކަން ކަށަވަރީ تقوى ވެރިންގެ ކިބައިންނެވެ.[) (المائدة : 27) އާދަމުގެފާނުގެ ދެ ދަރިކަލުންނަށް ޤުރްބާނެއް ހުށައަޅުއްވަން މާތް ﷲ އެންގެވިއެވެ. މި ބަސްފުޅުން އެނގެނީ އެއީ އާދަމުގެފާނުގެ ޝަރީޢަތުގައި އޮތް އަޅުކަމެއް ކަމެވެ. މާތް ﷲ ކޮންމެ އުއްމަތަކަށް ވެސް ޚާއްޞަ މަނާސިކުތަކެއް ލައްވައިފައި ވެއެވެ. މަތް ﷲ މި ކަން ބަޔާން ކުރައްވައި ވަޙީ ކުރެއްވިއެވެ. [وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا۟ ٱسْمَ ٱللَّـهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَـٰمِ ۗ فَإِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ فَلَهُۥٓ أَسْلِمُوا۟ ۗ وَبَشِّرِ ٱلْمُخْبِتِينَ]  -  ([نعم ސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) اللَّه ގެ اسم ފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް قربان ކުރުމެއް ލެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަކަލާނގެއެވެ. ފަހެ، އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންވެ، إسلام ވާށެވެ! އަދި ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ! ]) (الحج : 34) ކޮންމެ އުއްމަތަކީ ޖަމާޢަތެކެވެ. ތެދު މަގު ދެއްކެވުމަށް ޓަކައި މާތް ﷲ ކޮންމެ ޖަމާޢަތަކަށް ނަބީބޭކަލަކު ފޮނުއްވިއެވެ. އާދަމުގެފާނަކީ ނަބީބޭކަލެކެވެ. އެކަލޭގެފާނުގެ ބޭފުޅުންނާއެކު އެއީ އުއްމަތެކެވެ. 

އިންސާނީ ތާރީޚުގައި ފުރަތަމަ ހުށައެޅުނު ޤުރްބާނީއަކީ މި ޤުރްބާނެވެ.އެ ދުވަސްވަރު މާތް ﷲ ޤުރްބާން ޤަބޫލުކުރައްވައިފިނަމަ އެ ޤުރްބާނީއެއްގެ މައްޗަށް ހޮނުއަޅުއްވާ އެ އެއްޗެއް އަންދާލައްވައެވެ. މާތް ﷲގެ މި އަންނަ ބަސްފުޅުން އެކަން އެނގެއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. [ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّـهَ عَهِدَ إِلَيْنَآ أَلَّا نُؤْمِنَ لِرَسُولٍ حَتَّىٰ يَأْتِيَنَا بِقُرْبَانٍ تَأْكُلُهُ ٱلنَّارُ] - ([އެއުރެންނީ، އަލިފާން އެ قربان އެއް ކައިލާ، قربان އަކާއިގެން ތިމަންމެންގެ ގާތަށް ވަޑައިގެންފުމަށްދާނދެން، އެއްވެސް رسول އަކަށް إيمان ނުވުމަށް ހަމަކަށަވަރުން اللَّه ތިމަންމެންނަށް އަންގަވާފައިވެޔޭ ބުނި މީހުންނެވެ.  ]) މި ބަސްފުޅުން ދޭހަވާ ގޮތުގައި ޤުރްބާން ޤަބޫލުކުރެއްވި ކަމުގެ ދަލީލަކީ އަލިފާނެއް ފޮނުއްވައި އޭތި އަންދާލެއްވުމެވެ. މިއީ އިންސާނަކު ކުރިކަމަކަށް ވެގެން ނުވާނެއެވެ. މި އަލިފާނަކީ ﷲ ފޮނުއްވާ އެއްޗަކަށް ވާންޖެހޭނެއެވެ. ފަހެ، މީހަކު ކުރިކަމަކުން އޭތި އަނދައިގެން ދިޔުމުން ނަބިއްޔާގެ ތެދުވެރިކަމެއް ނުފެންނާނެތެވެ. 

އިބްރާހީމުގެފާނު އެކަލޭގެފާނުގެ ދޮށީ ދަރިކަލުން އިސްމާޢީލުގެފާނު ޤުރްބާން ކުރެއްވި ހާދިސާއަކީ ޤުރްއާނުގައި މާތް ﷲ ފުރޭފުކުރައްވައިފައިވާ ވާހަކައެކެވެ. މިއިން އެނގެނީ އެއީ އާދަމުގެފާނުގެ ޒަމާނުންފެށިގެން ދެމިގެން އައިސްފައިވާ ކަމެއްކަމެވެ. އިސްމާޢީލުގެފާނާ ބެހޭގޮތުން އައިސްފައިވެއެވެ. ] فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَـٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ ۚ قَالَ يَـٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ ۖ سَتَجِدُنِىٓ إِن شَآءَ ٱللَّـهُ مِنَ ٱلصَّـٰبِرِينَ ﴿102﴾فَلَمَّآ أَسْلَمَا وَتَلَّهُۥ لِلْجَبِينِ ﴿103﴾ وَنَـٰدَيْنَـٰهُ أَن يَـٰٓإِبْرَٰهِيمُ ﴿104﴾ قَدْ صَدَّقْتَ ٱلرُّءْيَآ ۚ إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴿105﴾ إِنَّ هَـٰذَا لَهُوَ ٱلْبَلَـٰٓؤُا۟ ٱلْمُبِينُ ﴿106﴾ وَفَدَيْنَـٰهُ بِذِبْحٍ عَظِيمٍ ﴿107﴾[ - )]ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ قربان ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް أمر ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. ފަހެ، އެ ދެބަފައިކަލުން (اللَّه އަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ إبراهيم ގެފާނެވެ !ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. ހަމަކަށަވަރުން، މިއީ ފާޅުވެ ބަޔާންވެގެންވާ امتحان ކަން ކަށަވަރެވެ.  އަދި قدر ބޮޑުވެގެންވާ (ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ.[)) (الصافات : 102 - 107)

ޤުރްބާން ކުރުމުގެ ޙުކުމް

ﷲގެ ވަޖްހުފުޅު އަދައިގެން ޤުރްބާން ކަތިލުމަކީ އިސްލާމްދީނުގައި ޝަރްޢު ކުރައްވައިފައިވާ ކަމެކެވެ. މުސްލިމުން ބޮޑު ޢީދު ދުވަހު ( ޙައްޖު މަހުގެ 10 ވަނަ ދުވަހު) ކަތިލާ ޤުރްބާނީއަށް އިސްލާމްދީނުގައި އުޟްޙިޔާގެ ނަމުން ނަންދެވިފައިވެއެވެ. 

އުޟްޙިޔާ

އަޟްޙާ ޢީދުގެ  ދުވަސްތަކުގައި  ކަތިލެވޭ އެއްޗެއްސަށް އުޟްޙިޔާއޭ ކިޔެއެވެ. އުޟްޙިޔާ އައިސްފައި ވަނީ ޢަރަބި ބަހުގެ ضَحًّى  އިންނެވެ. ނުވަތަ تَضْحِيَة  އިންނެވެ. މާނައަކީ ޤުރްބާން ކުރުމެވެ. ފިދާވުމެވެ.

ޝަރްޢީ ގޮތުން ބަލާރު އުޟްޙިޔާއަކީ ﷲގެ ޙަޟްރަތާ ކުއްތަންވުމުގެ ނިޔަތުގައި ، ޚާއްޞަ ވަގުތެއްގައި،  ކަތިލެވޭ ޚާއްޞަ ބާވަތެއްގެ ޙައިވާނެކެވެ. ނުވަތަ އެއީ ނަޙްރުގެ ދުވަސްތަކުގައި ﷲގެ ޙަޟްރަތާ ކުއްތަން ވުމަށްޓަކައި ކަތިލެވޭ ނަޢަމު ސޫތްޕެކެވެ.

އުޟްޙިޔާ ޝަރްޢު ކުރެއްވުނީ ހިޖްރައިން ދެވަނަ އަހަރުގައެވެ. ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީ ކުރެއްވިއެވެ. "  فَصَلِّ لِرَبِّكَ وَانْحَرْ]  –([ ފަހެ، ކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ.") (الكوثر : 2)

ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ [ ما عملَ آدميٌّ من عملٍ يومَ النَّحرِ أحبُّ إلى اللهِ من إهراقِ الدَّمِ إنَّهُ ليأتي يومَ القيامةِ بقُرونها وأشعَارِها وأظلافِها وإنَّ الدَّمَ ليقعُ من اللهِ بمكانٍ قبلَ أن يقعَ من الأرضِ فطيبُوا بها نفساً ] - ([ނަޙްރުގެ ދުވަހުގައި ( އެބަހީ ބޮޑުޢީދު ދުވަހުގައި ) އާދަމުގެ ދަރިއާ ކުރާ ޢަމަލުތަކުގެ ތެރެއިން ، އުޟްޙިޔާ ކަތިލުމަށް ވުރެ ﷲގެ ޙަޟްރަތުގައި، ލޮބުވެތިކަން ބޮޑު އެހެންކަމެއް ނުކުރެތެވެ. ހަމަކަށަވަރުން އޭތި އޭގެ ދަޅުތަކާއި ކެހެރިތަކާއި މޮށްގަނޑުތަކާ އެކު ޤިޔާމަތް ދުވަހު އަންނާނެތެވެ. ހަމަކަށަވަރުން އޭތީގެ ލޭ ބިންމައްޗަށް އޮހުމުގެ ކުރިން ﷲގެ ޙަޟްރަތަށް ވާޞިލުވާނެތެވެ. ފަހެ ތިޔަބައިމީހުން މި ކަން ކޮށްގެން ތިޔަބައިމީހުންގެ ނަފްސު ބާއްޖަވެރިކުރާށެވެ!]) (أخرجه الترمذي 4/83 و ابن ماجه 2/1045 و الحاكم في مستدركه 4/246 و البيهقي في سننه 9/261)

އަނަސުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި " ކީރިތި ރަސޫލާ ނަޙްރުގެ ދުވަހުގައި ، ދަޅުހުރި ، ދޮންކުލައިގެ ފިރިހެން ދެ ކަންބަޅި ބަކަރި އުޟްޙިޔާގެ ގޮތުގައި ކަތިލެއްވިއެވެ. އެކަލޭގެގާނު އޭތި ކަތިލެއްވީ ބިސްމި ވިދާޅުވެ ތަކްބީރު ވިދާޅުވެ އޭތި ބިންމަތީ ބާއްވެވުމަށް ފަހު އޭތީގެ  އަރިމައްޗަށް ފައިންޕުޅު ލައްވަވައި ހުންނަވައެވެ." (رواه الجماعة ) 

އުޟްޙިޔާ ކަތިލުން ޝަރްޢު ކުރެއްވުމުގެ ޙިކްމަތް

މި ކަމުގެ ޙިކްމަތަކީ މާތްﷲގެ ނިޢުމަތްތަކަށް ޝުކްރު ދެންނެވުމާއި ، ﷲއަށް ކިޔަމަންގަތުމުގައި ކުރިއަށްދާނެ ކަމުގެ ޢަހްދު ކަށަވަރު އައުކުރުމާއި ، ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމާއި،  އެ ފާފަތައް ފުހެދުއްވުމަށް މާތް ﷲއަށް ދެންނެވުމެވެ.

އުޟްޙިޔާ ޝަރްޢު ކުރެއްވީ ﷲގެ ރަސޫލާ އިބްރާހީމުގެފާނަށާއި އެކަލެގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނަށް މާތްކޮށް ހިތުމަށް ޓަކައެވެ.އިބްރާހީމުގެފާނު މުސްކުޅިފުޅުވި ދުވަހު ލިބިވަޑައިގެންނެވި މި ދަރިކަލުން ﷲގެ ވަޖްހުފުޅަށް ޓަކައި  ޤުރްބާން ކުރެއްވުމަށް މާތް ﷲ އިބްރާހީމުގެފާނަށް އަމުރުކުރެއްވުމުން އެކަން ކުރައްވަން ނުކުމެވަޑައިގެން އެކަން ކުރައްވަން އުޅުއްވީތިއެވެ. މިކަމުގައި އެ ދަރިކަލުން އިސްމާޢީލުގެފާނު މާތް ﷲއަށާއި އެކަލޭގެފާނުގެ ބަފައިކަލުންނަށް  ކިޔަމަންވެވަޑައިގެންނެވި ފުރިހަމަކަމުގެ ޒިކްރާ ދެމެހެއްޓުން ހިމެނޭތީއެވެ. މާތް ﷲ އިސްމާޢީލުގެފާނު ޤުރްބާން ކުރެއްވުމުގެ ބަދަލުގައި ކަންބަޅި ބަކަރިއެއް ފޮނުއްވާ އޭތި ކަތިލެއްވުމަށް އިބްރާހީމުގެފާނަށް  އަމުރުކުރެއްވިއެވެ. 

އުޟްޙިޔާއަކީ އިސްލާމްދީނުގެ ޝިޢާރެކެވެ. ޤުރްއާނާއި ސުންނަތާއި އިޖްމާޢުން އެ ކަން ވަނީ ސާބިތުވެފައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [ وَٱلْبُدْنَ جَعَلْنَـٰهَا لَكُم مِّن شَعَـٰٓئِرِ ٱللَّـهِ لَكُمْ فِيهَا خَيْرٌ] - ([ތިޔަބައިމީހުންނަށްޓަކައި، ޖަމަލުވެސް اللَّه ގެ شعائر ތަކުގެ ތެރެއިން ތިމަންރަސްކަލާނގެ ލެއްވީމެވެ. އޭގައި ތިޔަބައިމީހުންނަށް ހެޔޮކަމެއްވެއެވެ.])  (الحج : 36) 

( ނުނިމޭ )

ހަމަމިގަލަމުން

އިދާރާ

ވާހަކަ