އަދުގެ ޚާއްސަ

Print

ރޯދަމަގުގެ ބަދިގެއިން: ހިމަގޮދަނު ސުރުވާ

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ސުފުރާ

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ރޯދަމަސް ނިމެމުންދާ އިރު ކާބޯއެއްޗަކުން ސުފުރާ ފަޅުފިލުވައިލާނެ ގޮތެއް މި ފަހަރު ނުގެނެސްދެވުނީތީ ކިޔުންތެރީންގެ އަރިހުން މަޢާފަށް އެދެމެވެ. ނަމަވެސް ތައްޔާރުކޮށްލައްވާން ވަރަށް ފަސޭހަ އެއްޗެއް ކިޔުންތެރީންނާ ހިއްސާކޮށްލާހިތްވީއެވެ. އަޅުގަނޑު އަމިއްލައަށް އަޖުމަބެލުމަށްފަހުގައެވެ.

ބޭނުންވާތަކެތި:

2 ސަމުސާ (މޭޒުމަތީ ސައިޒް) ހިމަ ގޮދަން (އޯޓްސް)

1 ފިޔާ (އާދައިގެ) ކުދިކޮށް ކޮށައިފައި

2 ލޮނުމެދު ފިޔަރި (ގާނައިފައި)

3 ފަތްކޯޅި ހިކަނދި ފަތް

1 ސައިސަމުސާ އަސޭމިރުސް (ހިމުންކޮށްފައި)

1 ޕެކެޓް މަމީ ނޫޑްލްސް ހަވާދު (ސޫޕް ޕެކެޓް)

1 ގިތެޔޮ މިރުސް (ދޮން ނުވާ)

2 ތޮޅި މިރުސް (ދޮން ނުވާ)

2/1 ދަޅު (ތެޔޮ މަސް)

ކުޑަ ހަންޑި ކުޑައެއް (މަޝްރޫމް). (ބޭނުންފުޅު ނަމަ)

ކުޑަ ބްރޮކޮލީ ކޮޅެއް (ބޭނުންފުޅު ނަމަ)

1 ކުކުޅު ބިސް 

4 ޖޯޑް ފެން

ހައްދަވާނެ ގޮތް:

ކޮއްޓަވައިފައި ހުރި ފިޔާކޮޅު މަސްދަޅުން ކުޑަ ތެޔޮފޮދެއް ޖަހައިގެން މީރުކޮށްލައްވާށެވެ! ފިޔައިކޮޅު މީރުކޮށްލެއްވުނީމާ އެޔާއެއްކޮށް މަސްކޮޅާއި ހިކަނދިފަތްކޮޅު އެއްކޮށް ކުޑަކޮށް މިލުވައިލައްވާށެވެ! ދެން ހަތަރު ޖޯޑު ފެން އަޅުއްވައިގެން ކައްކައިލާށެވެ! ދެން އުނދުންމަތީގައި ބަހައްޓަވައިގެން ލޮނުމެދުކޮޅު އަޅުއްވާށެވެ. ބޭނުންފުޅުނަމަ ކުދިކުދިކޮށް ކޮށްޓަވައިފައި ހަންޑިކުޑަ (މަޝްރޫމް) އަކާއި ބްރޮކޮލީކޮޅެއް ވެސް އެޅުއްވިދާނެއެވެ. އަދި ކޮއްޓެވި މިރުސްކޮޅު އެޔާއެއްކޮށަލައްވާށެވެ! ދެން ހިމަގޮދަންކޮޅު (އޯޓްސް) ފެންފޮދަކުން ކުޑަކޮށް ދޮވެލުމަށްފަހު ތެއްޔަޢް އަޅުއްވައި އެއްކޮށްލައްވާށެވެ! އެއަށްފަހު އަސޭމިރުސްކޮޅާއި ސޫޕް ޕެކެޓް އަޅުއްވައި އެއްކޮށްލައްވާށެވެ. ބިސް ކުޑަ ޖޯޑަކަށް އަޅުއްވައި ރަނގަޅަށް އެއްކޮށްލެއްވުމަށްފަހު، ތެއްޔަށް އަޅުއްވައިލައްވާށެވެ. ރަނގަޅަށް ކެކިގަތީމާ 3 މިނިޓް ވަންދެން ކައްކައިލެއްވުމަށްފަހު ބާލުއްވާށެވެ! ތަންކޮޅެއް އޮލަ ނަމަ، ކެކިކެކި ހުއްޓައި ކުޑަ ފެންފޮދެއް އަޅުއްވައި ހަލުއްވައިލައްވާށެވެ!

މުޅީން ހިހޫ ނުވަނީސް ހިއްޕަވާންވާނެއެވެ! "ކަރުފުޅު ކަނޑައިލިޔަސް އެނގިވަޑައިނުގަންނަވާހާ" މީރުފުޅުވާނެއެވެ. އަޅެ އަޖުމަބައްލަވައިލައްވާށެވެ!

__________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ