އަދުގެ ޚާއްސަ

Print

ގިގަޕީޑިޔާ އަކީ، މާސިންގާ ބިޔަ ކުތުބުޚާނާއެކެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން

ދިރާސީ އާ އަހަރު ފެށުމާއެކު، ދިވެހިރާއްޖޭގެ ލޮބުވެތި ކިޔަވާ ކުދިންނަށާއި ހިންމަތްތެރި މުދައްރިސުންނަށް، އާ އަހަރުގެ ތަހުނިޔާ ދަންނަވަމެވެ.

އެއަށްފަހު، ތިޔަބޭފުޅުންގެ އަރިހަށް ގިގަޕީޑިޔާ ހުށަހަޅަމެވެ. އެއީ ވަރަށް ބިޔަ ކުތުބުޚާނާއެކެވެ. 96000 (ނުވަދިހަ ހަ ހާސް) އަށްވުރެ ގިނަ ފޮތް އޭގައި ވެއެވެ. ޢިލްމާއި މަޢުރިފާގެ އެކިއެކި ދާއިރާތަކުގެ ފޮތްތައް އޭގައި ވެއެވެ. ބަސް، ސަގާފަތް، އައިޓީ، ފަލަކީ ޢިލްމު، ފިޒިކްސް، ކޮމްޕިއުޓަރ، އާކިޓެކްޗަރ، މެޑިސިން، އިންޖިނިއަރިންގ، ލޯ، މިފަދަ މިފަދަ އެތައް ދާއިރާތަކެއްގެ ފޮތްތަކެވެ. އަދި ބޮޑެތި އެކުމާފާނުތައް ވެސް އޭގައި ވެއެވެ.

ގިގަޕީޑިޔާ އަކީ، ކިޔަވާކުދިން މަޢުލޫމާތު ހޯދަން ބޭނުންކުރެވިދާނެ ކުތުބުޚާނާއެކެވެ. އަދި އެއީ، ތަޢުލީމުޔާފުތާއިން، މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކުރަން ހުޅުވާލެވިފައިވާ ބިޔަ އެކުމާފާނެކެވެ. ނަމަވެސް އެއިން ފޮތް ނެންގެވޭނީ ހަމައެކަނި މެންބަރުންނަށެވެ.


ކޮމްޕިއުޓަރާއި އިންޓަނެޓަށް އާ ކުދިންނަށް ބުނަމެވެ.
ގިގަޕީޑިޔާ އިން ފެންނަ ކޮންމެ އެއްޗަކަށް ކްލިކް ނުކުރާށެވެ. ކްލިކް ކުރާނީ ބޭނުން ފޮތެއް ހޯދައިގެން އެއަށެވެ. ގިގަޕީޑިޔާގެ ޞަފުޙާއެއްގައި، You have 1 message waiting for you މިފަދަ ޢިބާރާތެއް އޮވެދާނެއެވެ. އަދި THIS IS NOT A JOKE. Congratulations you WON! Click here to claim މިފަދަ ޢިބާރާތެއް ވެސް އޮވެދާނެއެވެ. ނުވަތަ މިނޫން އެއްޗެއް ވެސް އޮވެދާނެއެވެ. ނަމަވެސް އެއަށް ކްލިކްނުކުރާށެވެ. ކްލިކް ކުރާނީ ހަމައެކަނި ބޭނުން ފޮތެއް ހޯދައިގެން އެއަށް ވާސިލުވެވޭނެ ފާލަންތަކަށެވެ.

ގިގަޕީޑިޔާއަށް ވަޑައިގެންނެވުމަށްޓަކައި މިތަނަށް ކްލިކްކޮށްލައްވާށެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ